ބޮޑުބަހާރަތު

މަގޭ ލޮބުވެތި ގައުމުގެ އިއްޒަތްތެރި ރައްޔިތުންނެވެ!!
ދެކެ ދެނެތިބެ ވިސްނަވާށެވެ! އަމިއްލަ ލޮބުވެތި ފަސްގަނޑު ހިމާޔަތްކުރާށެވެ!!
އެކަންކުރެވޭނީ ހައްގާއި އިންސާފަށް ވޯޓުދީގެންނެވެ! #ބޮޑުބަދަލު ގެނެސްގެންނެވެ!!
#ބޮޑުބަދަލު ގެންނަންޖެހޭ ސަބަބަކީ، ހިންދުތުވާ އިންޑިއާއިން އެމްޑީޕީއަށް މަދަދުދީ ޚަރަދުކުރާތީއެވެ. ބޭނުމަކީ ރާއްޖެއަށް ވެރިވުމެވެ. އަޅުވެތި ކުރުމެވެ. ބޮޑުބަހާރަތު ގައިމުކުރުމެވެ!!
ރާއްޖެއަކީ ލާދީނީސެކިއުލާ ދައުލަތަކަށް، ދުސްތޫރުން ހަމަޖައްސާއި އިންޑިއާގެ ބަޔަކަށް ދިވެހިރާއްޖެ ހަދާލުމެވެ! ބޮޑުބަހާރަތުގެ ޗާޓުގައި މިހާރުވެސް ދިވެހިރާއްޖެ ހިމެނެއެވެ!!
ސަހުޔޫނީޔަހޫދީން ގޮތަށް ހިންދުތުވާއަގީދާގައި ގައިމުވެ ތިބި ހިންދޫންގެ ތިޔޮރީއަކީ، ގައުމުތައް ފަތަހަކޮށް ބިންވެރިކުރުމެއް ނޫނެވެ!!
އެމީހުންގެ ގަދީމީ ފޮތާއިގޮތަކީ ކުޑަބައްރުގެ ހިންދޫޕާކިސްތާނު ހިމެނޭ ސަރަހައްދީ މައިދާނަކީ ހިންދުތުވާ ހިންދޫންގެ މުގައްދަސް ބިންތަކެވެ!!
ފަހެ، އެސަރަހައްދަކީ، ހިމާލިޔާފަރުބަދަތައް ހިމެނޭ މުޅި އެސަރަހައްދެވެ. ގަންގާ އާއި ޖަމްނާ އާއި ސިންދުކޯރު ބެހިބެހިއޮންނަ ފާގަތިފެހިބިމެވެ. އެކުގައި މުޅި އެސަރަހައްދަކީ، އެއީ ބޮޑުބަހާރަތެވެ!!
ބަހާރަތަކީ، ޕަރްވައްތާ ކަނލާގެއަށް މިލްކު ބިމެވެ. އަދި އެހެންދޭވަތާއިން ކަމުގައިވާ ސަރަސްވަތީ އާއި ލަކްޝްމީ ކަލާނގެއިންގެ މާތްވެގެންވާ މިލްކުވެރި ބިމެވެ. އެބިމުގައި ދިރިއުޅުމުގެ ހައްގުއޮންނާނީ ހަމައެކަނި ހިންދޫންނަށެވެ. އެހެންބަޔަކަށް ނޫނެވެ!!
އާދެ! ހިންދޫދަރިކޮޅަކީ އެމީހުންދެކޭ ގޮތުގައި އެންމެގަދީމީ އިރުންސުރެ އެމަުގައްދަސް ފަސްގަނޑުގެ އަހުލުވެރިންނެވެ. ވަޒަންވެރީންނެވެ!!
ފަހެ، ހިންދުތުވާއިންގެ ނައުރާއަކީ، އަދި އެދުމާއި ގޮވާލުމަކީ، އަދި ރާޖްޕުތް ދަރިކޮޅާއި ޖާޓު ދަރިކޮޅައި ހިންދުތުވާ ސިދްޔާ ސަންގަޓަން ޖަމާއަތްތަކުގެ މަސައްކަތަކީ، މިފަދަ ހިންދޫދަރިކޮޅު ތަކުން މުސްލިމުންނާއި ކްރިޓިއަނުންނާއި އެހެންދީންތަކަށް ބަދަލުވެފައިވާ އެންމެން އަނބުރާ ހިންދުރުވާދީނަށް ގެނެސް ބަދަލު ކުރުމެވެ. އަކަންޑުބަހާރަތުގައި އެއެންމެން އަނބުރާ ވަޒަންވެރި ކުރުމެވެ!! އެއީ އަޒުމާއި ޓާގެޓެވެ!!
ދެންފަހެ އެއީ ހިންދުތުވާ މުގައްދަސް ބޮޑުބަހާރަތު އުފައްދުމެވެ. ސްރީލަންކާއާއި ދިވެހިރާއްޖެ އަކީ ވެސް އެދަރިކޮޅުގެ މީސްތަކުން ދިރިއުޅު އެމީހުންގެ މާތްވެގެންވާ މުގައްދަސް ބިމެވެ. ފަސްގަނޑެވެ!!
މުސްލިމުންގެ މިސްކިތްތަކާއި ކްރިސްޓިއަން ނަސާރާ ފައްޅިތަކާ އެހާދޯޅުވެގެން އެއުޅެނީ އެހެންވެއެވެ. ކުރީގެ ގަދީމީ ހިންދުތުވާ ފައްޅިތަކުގައި މިސްކިތްތަކާއި ނަސާރާފައްޅިތައް ހަދާފައި ހުއްޓަސް އެތަންތަނާއި އެފަސްގަނޑަކީ އެމީހުންގެ މާތްވެގެންވާ މުގައްދަސް ބިމެވެ! މިލްކުވެރީންނަކީ އެމީހުންނެވެ!!
ވީމާ އެސަރަހައްދުގެ ހުރިގާ ބިމަކީ ހިންދުތުވާއިން ދެކެގަބޫލުކުރާ ގޮތުގައި އެމީހުންގެ މުގައްދަސް ބިމެވެ. އަދި ވެރިކަން އޮންނަންޖެހޭނީ އެމީހުންގެއެވެ. އެހެންބައެއްގެ ވެރިކަން އޮވެގެން ނުވާނެއެވެ!!
އާދެ! ދަންނާށެވެ! އެއީ ހިންދުތުވާއިންގެ ބޮޑުބަހާރަތެވެ. އަކަންޑުބަހާރަތެވެ. އެމީހުންގެ ވަޒަނެވެ!!
މުޅިފަލަސްތީނަކީ ސަހުޔޫނީޔަހޫދީންގެ މަސީހުއްދައްޖާލު ވެރިކަންކުރާނެ އެމީހުންގެ ހައްގު މުގައްދަސް ބިންގޮތަށް އޭސިއާ ސަރަހައްދުގެ މިބިންތަކަކީ، ހިންދުތުވާއިންގެ މުގައްދަސް ބިމެވެ. ވެރިންނަކީ ހިންދުތުވާ ބަހާރަތެވެ!!
މުޖާހިދު، #ދިވެހިތަކުރުން ނޭވެ! ހޭލާށެވެ! #ހަގީގީމިނިވަންކަން ކަށަވަރު ކުރަންޖެހެނީ މިބުނެދޭ ސަބަބުތަކާ ހެދިއެވެ! ގަބޫލު ކުރާށެވެ! ކިޔައިދެވޭނީ މިވަރަށެވެ!!
އެމްޑީޕީން ދެގެރިން ނެރެގެން އެދައްކާ ކުލަވަރުތަކަށް ވަޖިދުވެ ނުނަށާށެވެ!! #ބޮޑުބަދަލު ގެނައުމަށް ތައްޔާރުވާށެވެ!!
ދިވެހިރާއްޖެ….ދިރިދެމިއޮންނާނެ!!
🇲🇻⚔️🇲🇻

Leave a Reply

Your email address will not be published. Required fields are marked *