އެކްސްޓުރީމިޒަމް ހަރުކަށިފިކުރު ކަމުގައި މުސްލިމް ގައުމުތަކުގައި ދިރުވުމަކީ ހުޅަގުން ހިންގި ޖަރީމާއެކެވެ!

އެކްސްޓުރީމިޒަމް ހަރުކަށިފިކުރު ކަމުގައި މުސްލިމް ގައުމުތަކުގައި ދިރުވުމަކީ ހުޅަގުން ހިންގި ޖަރީމާއެކެވެ!

ލިޔުނީ: އިލްޔާސް ހުސައިން އިބްރާހީމް

މިއަދު އަހަރެން އަލިއަޅުވާލަން ބޭނުންވަނީ އެމެރިކާއާއި އެމީހުންގެ ބައިވެރިންގެ ޖާސޫސީ އިދާރާތަކުން މުސްލިމް ގައުމުތަކުގައި ފަސާދަ އާއި ތަބާކުރުމާއި ބަރުބާދު ކުރުން ފަތުރަމުންދާ ގޮތާމެދުގައެވެ. އެމީހުންގެ ނުބާއިނުލަފާ އެމަގުސަދާ މެދުއެވެ. މަދުގައުމެއް މެނުވީ ގިނަގައުމު ތަކެއްގެ ވެރިކަން ވައްޓާލާއި އެމީހުން ރުހޭ މުފްސިދު ފަރާތްތައް ވެރިކަމަށް ގެނެސް ސަވާރުކޮށްފައި ވެއެވެ. އެމީހުންގެ ގޮނޑިކޮއްކޮ ސަރުކާރުރައް ވެރިކަމަށް އިމްޕޯޓު ކުރެއެވެ.

އަދި މިކަން ކުރުމުގައި ގިނަބަޔަކު ލާއިންސާނީ ގޮތްގޮތަށް މަރާފައިވެއެވެ. އޭގެ ތެރޭގައި ގަސްދުގައި މެރި މީހުންނާއި ހަނގުރާމައިގައި މަރުވެދިޔަ ގިނަބަޔަކު ހިމެނެއެވެ. އަދި ސިޔާސީ ބޭނުންތަކަށް މީހުންމަރާފައި ވެއެވެ. ރޭވުންތެރި ކަމާ އެކު އެކަން ކުރުވާފައި ވަނީ ހަމަ މުސްލިމުން ލައްވައެވެ. 

އެކިގޮތްގޮތުން ޒުވާން މުސްލިމުން ރުއްސާއި ބޮލަށް އެރިގެންނެވެ. ފައިސާ ދީގެންނެވެ. މީޑިއާގެ އެކި ވަސީލަތްތަކާއި އެކި އުކުޅުތައް ބޭނުންކޮށް ގެންނެވެ. ސަރުކާރުތަކުގައި ތިބޭ މުފްސިދު ވެރިންގެ ނާޖާއިޒު އެހީތެރިކަން ހޯދައިގެންނެވެ.

ނަތީޖާއަކީ މުސްލިމް ދައުލަތްތަކުގެ އެތައް ވެރިކަންތަކެއް ބަދަލުކޮށް ގައުމު ބަރުބާދު ކޮށްލުމެވެ. މުސްލިމުން ވެރިކަން ކުރާ ތަރައްގީވެފައި ހުރި ވެރިކަން ކުރާ ރަށްތައް ސުންނާފަތި ކޮށްލުމެވެ. ވީރާނާކޮށް ބަރުބާދުކޮށް ލުމެވެ. 

އަދި އެތަންމިތަނުން މުސްލިމް އަންހެން ކުދިންނާއި ފިރިހެން ކުދިން ހޯދައިގެން އެޒުވާނުންގެ ސިކުނޑިތައް ދޮވެލައިގެން ހަނގުރާމަތަކަށް ގެންގޮސް ގައުމުތައް ޚަރާބުކޮށް ސުންނާފަތިކޮށްލާހެން މުސްލިމް އާއިލާތައް ބަރުބާދު ކޮށް ނެތިކޮށްލުމެވެ.

އާދެ! އެންމެ ކައިރިން މިފިތުނައަށް ބަލައިލާ އިރު ފެނިގެންދަނީދާޢިޝްކިޔާ ހަރުކަށި ފިކުރުގެ ޖަމާއަތެއް އުފައްދާއި ހަރަކާތަށް ގެނައުމެވެ. ދާޢިޝް މިއަދު ވެސް ޚުރާސާނަށް ނިސްބަތްކޮށް އެމީހުންގެ ބާބެއް ގޮތުގައި އަފުޣާނިސްތާނުގައި ދިރި އެބައޮތެވެ. 

މިހާރު ވެސް ހަރަކާތްތެރި ވަމުން އެބަ ދެއެވެ. އެފަދަ ޖަމާއަތްތަކުގެ ފަހަތުގައި ހަރަކާތްތެރި ކުރުވާން ތިބީ އެމެރިކާ އާއި އިސްރާއީލާއި އިންޑިއާއެވެ. އެމީހުންގެ އިޝާރާތަށް ފަސާދަ ފަތުރާއި ބިންތައް ބަރުބާދު ކުރަމުން ގެންދެއެވެ.

އާދެ، މިތާގައި އަޅުގަނޑު މިއުޅެނީ އަފުޣާނިސްތާނުގެ ވާހަކަ ދައްކާކަށް ނޫނެވެ. އަޅުގަނޑުމެން އެންމެން ވެސް ދަންނަހެން ދާއިޝް ދުނިޔެއަށް އުފަންވެގެން ދިޔައީ ރައީސް ސައްދާމުގެ ވެރިކަން އެމެރިކާ އިސްވެ އޮވެ ވައްޓާލުމަށް ފަހު އިރާގުގައެވެ. އިރާގުގައި ވަހުޝީ ބަރުބާދީއެއް އާންމުކޮށް ހިންގިއެވެ. އެތައް ބަޔަކު ރަހުމްކުޑަ ގޮތްގޮތަށް ކަތިލައި ހެދިއެވެ. 

ދުނިޔެ މަތީގައި ބަޔަކު ހިންގާނެ އެންމެ ބަރުބަރީ ވަހުޝަތު ބިމުގައި ފެތުރިއެވެ. އިންތިހާއަށް އަނިޔާވެރި ވިއެވެ. ޒުލުމް ފަތުރައި އާންމު ކުރިއެވެ. އަތުލެވޭ ކޮންމެ އިރާގު ސިފައިންގެ މީހެއްގެ ކަރު އަނިޔާވެރި ހުތުރު ގޮތްގޮތަށް ބުރިކޮށްލައެވެ. އަނިޔާކުރުމުގައި މިކަހަލަ އެތައް ބިރުދެއްކުމުގެ ޓެކްނިކުތައް ބޭނުން ކުރިއެވެ.

މިޖަމާއަތުގެ ވެރިއަކަށް ތައްޔާރުކޮށް އިސްކުރީ އަބޫބަކުރު އަލްބަޣުދާދީއެވެ. އެއީ އެމެރިކާ އާއި އިސްރާއީލުގެ އެޖެންޓެކެވެ. މީނާ އަކީ، ސައްދާމު ލަޝްކަރުގެ ސިފައިންގެ މީހުންގެ ތެރެއިން ހައްޔަރު ކުރެވި އެމެރިކާގެ ބެލުމުގެ ދަށުގައި ޖަލުގައި ހުރި މަތީފެންވަރުގެ އަސްކަރީ އޮފިސަރެކެވެ. ފެނުނީ ކުއްލިއަކަށް ޖަލުން ނުކުމެ މިފަދަ ބިޔަ ހަރަކާތެއް ހިންގާލިތަނެވެ. ލީޑަރަކަށްވި ތަނެވެ.

ޚާއްސަކޮށް މިހަރަކާތް ފުޅާކުރުމަށް އިންޓާނެޓުގެ ވަސީލަތްތައް ބޭނުން ކޮށްގެން މުސްލިމް އެތައް ޒުވާން އަންހެނުންނާއި ފިރިހެނުން މިހަރަކާތައި ގުޅުވިއެވެ. އެކި އުކުޅުތަކުގެ ބޭނުން ހިފައިގެންނެވެ. އެމީހުންގެ ސިކުނޑިދޮވެލާއި ފައިސާއާއި މަތިވެރި އިލާހީޖިހާދުގެ ހިތްވަރު ދީގެން އެހަރަކާތުގެ އަމަލީ މަސައްކަތަށް ދަތުރު ކުރުވިއެވެ. މިމަސައްކަތުގައި އަމާޒަކަށް ހަދާފައި ވަނީ ކޮލެޖުތަކާއި ޔުނިވާސިޓީތަކުން ކިޔަވައިގެން ތިބި ތޫނުފިލި ޒުވާނުންނެވެ. އައިޓީއަށް މޮޅު ހުނަރުވެރި ޒުވާނުންނެވެ.

އެގޮރަުން ދިވެހިރާއްޖެއާއި ޕާކިސްތާނުންނާއި ބަނގުލަދޭޝްއިން ގިނައަދަދެއްގެ ޒުވާނުން މިދަލުގައި ޖައްސާއި ތުރުކީ މަގުން އިރާގާއި ސޫރިޔާއަށް އެތެރެ ކުރުވިއެވެ. އަދި މި ފަދަ ޒުވާނުންނަށް ފައިސާދީ ހަނގުރާމަމަތީ ތަމްރީނުތައް ދެވުނެވެ. ޒަމާނީ ހަތިޔާރަށް އަހުލުވެރި ކުރުވިއެވެ. 

މިހަރަކާތްތަކަށް، 25 ގައުމަށް ވުރެ ގިނަ ގައުމުން އަންހެންކުދިން އޮޅުވާލައި ގެން ގެންގޮސްފައި ވެއެވެ. އެއަށް ފަހު އަމަލީގޮތުން ހަނގުރާމާގައި ބައިވެރި ކުރިއެވެ. އަދި ޝާމުކަރައިން ބިންތައް އަމިއްލަކޮށް އެމީހުންގެ މުސްތަގިއްލު މިނިވަން ވެރިކަމެއް ގައިމުކުރިއެވެ. އަދި ހަރުކަށި ގޮތްތައް ވެރިކަމުގެ ނިޒާމުގެ ތެރޭގައި ތަންފީޒު ކުރަން ފެށިއެވެ.

މިކަން މިގޮތަށް ކުރުވުމަށް ފަހު، އަނެއްކޮޅުން އެމެރިކާއިން ގެންދިޔައީ ހަރުކަށި މުސްލިމުންގެ މިޖަމާއަތާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ. ގައުމުތަކުން އެކްސްޓުރީމިޒަމް (ހަރުކަށިފިކުރު) ނައްތާލާއި ސާފުކުރުމުގެ މަގުސަދުގައެވެ. އިރާގާއި ސީރިޔާގައި އެމެރިކާ ސިފައިން ހަރަކާތްތެރިވީ މުސްލިމް ހަރުކަށިފިކުރުގެ މީހުން ހިފާފައިވާ ބިންތަށް މިނިވަންކޮށް އިރާގައި ސީރިޔާގައި އިންސާނީ ހައްގުތަކާއި ޑިމޮކުރަސީ ވެރިކަމެއް ގައިމުކޮށް ދިނުމުގެ ނަމުގައި ބޮޑު އޮޅުވާލުމެއްގެ ދަށުންނެވެ. ހަރުކަށިފިކުރުގެ މުސްލިމުނާއި ދެކޮޅަށް ކުރާ ހަނގުރާމައެއް ގޮތުގައެވެ.

ހަމަ އެއާއެކު އަފުޣާނިސްތާނުގައި ތާލިބާނުންނައި ދެކޮޅަށް ހަނގުރާމަ ކުރަމުން ދިޔައިރު، ސީރިޔާގައި ރައީސްބައްޝާު އަސަދައި ދެކޮޅަށް ހަނގުރާމަ ކުރުވުމަށް ގެންގުޅުނީ ހަމަ ތާލިބާނުންނޭ ކިޔާޖަމާއަތެކެވެ. ފަރަގަކީ ފަހުން ޖަބްހަތުލްނަސްރާ އެޖަމާއަތަށް ކިޔުން އެކަންޏެވެ. ޖަބްހަތުލްނަސްރާއިން ޒަޚަމްވާ މީހުންނަށް ފަރުވާދެމުން ގެންދިޔައީ އިސްރާއީލުންނެވެ. 

ސީރިޔާ ބޯޑަރު ކައިރީގައި މިކަމަށް ހަސްޕިތާލުތައް ގައިމުކޮށްފައި ހުއްޓެވެ. އެހެންގޮސް މިކަހަލަ އެތައް ޖަމާއަތެއް އެކިނަންނަމުގައި މުސްލިމް ގައުމުތަކުގައި އުފެއްދިއެވެ. މަދަދުދީ ހެދިއެވެ. ތަހުރީކެތާލިބާން އަކާއި އެތައް ނަމެއްގެ މައްޗަށެވެ. ރާއްޖޭގައި ވެސް ތުނބުޅި ބަހައްޓާފައި ތިބި ބަޔަކަށް އެމެރިކާ އެމްބަސީންނާއި އިންޑިއާގެ އެމްބަސީން މަދަދުދިނެވެ. 

ރާއްޖޭގައި މިކަން ވަނީ އެއަށް ވުރެ އެއްދަރަޖަ ފުޅާކޮށް ސިޔާސީޕާޓީތަކަށް ވައްދާފައެވެ. އަދާލަތުޕާޓީ އާއި އެމްޑީޕީ ތެރެއަށް މިކަންވަނީ އިންޑިއާގެ ސިއްރު މަދަދުތަކުން ރަނގަޅަށް ބުރުމާކޮށް ވައްދާފައެވެ. އެމަގުންލާފައި ރައްޔިތުންގެ ވޯޓާއި ކުޅެލާއި ވެރިކަމަށް ވަނީ އެމީހުންގެ ގޮނޑިކޮއްކޮ ސަރުކާރެއް، 2018 ގައި އިމްފޯޓުކޮށް ފައެވެ. މިއީ ހިންދުތުވާ އިންޑިއާއިން ރާއްޖޭގައި އެމީހުންގެ ޣައްދާރުން ލައްވާގެނައި ވޯޓުއިންގިލާބެކެވެ.

އާދޭހެވެ. މުޅިން ވެސް އެއީ ޓެރަރިސްޓު ޖަމާއަތްތަކެވެ. ކޮންމެނަމެއް ކިޔަސް ކުރާކަމަކީ ފަސާދައެވެ. އަސްލުގައި އެއީ ހަރުކަށިފިކުރުގެ އަހުލުވެރިންނެވެ. ހުޅަގުގެ ބަހުރުވައިން ނަމަ، އެއީ އެކްސްޓްރީމިސްޓުންނެވެ. ހަރުކަށިފިކުރުގެ މީހުންނެވެ. މިޖަމާއަތްތަކުގެ ފަހަތުގައި އެމެރިކާ އާއި އިސްރާއީލާއި އިންޑިއާ އޮތުމުން މިގުރޫޕުތަކަށް ދިރިދެމި އޮވެވެނީއެވެ. އަދި ކާމިޔާބު ކުރެވެނީއެވެ.

ލީބިޔާއަށް އަރާއި ލީބިޔާގައި އޮތް ރައީސް ގައްޒާފީގެ ވަރުގަދަ ވެރިކަން ވައްޓާލީ ޕެޓްރޯލުޑޮލަރު ދޫކޮށް ތެޔޮގަތުމަށް ރަންބޭނުން ކުރަން ފަށާފާނެކަމުގެ ބިރަށެވެ. ރައީސްގައްޒާފީ އެއްކޮށްފައި ހުރި ހުރިހާ ރަނެއް އެމެރިކާ އާއި ބައިވެރިން ވަގަށް ނަގައި ގެންދިޔައީއެވެ. މުޅި ގައުމު ސުންނާފަތި ކޮށްލީއެވެ. 

މިގޮތުން މުސްލިމުންގެ ކުރިއަރާފައި ހުރި ދައުލަތްތައް ބަރުބާދުކޮށް ފުނޑާލީއެވެ. ދެންހުރި އެހެން ގައުމުތައް ޒަމާނީއަޅުވެތި ކުރީއެވެ. އެމީހުންގެ އަމުރުމައުރޫފު ދުސްތޫރުން ހިންގާ ގޮތަށް އަޅުންނަށް ހެދީއެވެ. ފަހެ، މިއީ މިނިވަން މުސްތަގިއްލު ގައުމުތަކަށް އަރައިގަތުމެވެ. އަޅުވެތި ކުރުމެވެ. ކުރީގޮތަށް ނަމަ އިސްތިއުމާރު ކުރުމެވެ.

ރައީސް ގައްޒާފީ ހޯދާފައި ހުރި ޒަމާނީ ހަތިޔާރުތައް ދިނީ ޖަބްހަތުލްނަސްރާ ހަނގުރާމަ ވެރިން ރައީސް ބައްޝާރައި ދެކޮޅަށް ސީރިޔާގައި ހަނގުރާ ކުރުމަށެވެ. މިވެރިންގެ ނުލަފާ ރޭވުންހުރި ގޮތަކީ މިއީއެވެ. ސީރިޔާގައި ރައީސް ބައްޝާރައި ދެކޮޅަށް މިހަތިޔާރުތައް ބޭނުން ކުރަމުން ދިޔައެވެ. 

މުސްލިމުން ލައްވާ މުސްލިމް ދައުލަތްތަކުގައި ހުރި ހަތިޔާރުން މުސްލިމު ދައުލަތްތަކާ ދެކޮޅަށް ހަނގުރާމަ ކުރުވިއެވެ. މިއީ ދުނިޔެއަށް ވެރިވާން އުޅޭ ސިއްރު ދައުލަތުގެ ރޭވުންތައް ހުރި ގޮތެވެ. ވިސްނާލައްވާށެވެ. އަމިއްލަ ގައުމާ މެދު ނަޒަރު ކުރައްވާށެވެ!

މުސްލިމް ގައުމުތަކުގެ ސަރުކާރުތަކުން މިކަން ރަނގަޅަށް ދަނެއެވެ. އެހެނަސް މިކަމާ އެއްވެސް ފިޔަވަޅެއް އަޅާކަށް ނުކެރެއެވެ. ބޭނުމެއް ނުވެއެވެ. ގިނައިން ހުނަރުވެރި އަންހެންކުދިން މިގޮތަށް ބޭރުކުރުމުގައި ބޭނުންހިފާފައި ވަނީ ސަރުކާރުގެ މަތިފަޑީގައި އިސްކޮށް ތިބޭ ނުފޫޒުގަދަ ފަރާތްތަކުގެވެ. 

މިސާލަކަށް ރާއްޖެއިން އެހާ ގިނަ އަދަދަކަށް ކުދިންބޭރުވެގެން ދިޔަ އިރު ސަރުކާރުބޭނުން ނަމަ އެކަން ބަލާހުއްޓުވުނީހެވެ. އެހެނަސް ބާރުވެރިން އެކަން ހިންގީމާ އެކަން އެއޮތީ ވެފައެވެ. މިކަމުން އެމީހުންނަށް މަންފާލިބުނެވެ. ޖީބިތައް ބޮޑުކުރެވުނެވެ.

ދިވެހިރާއްޖެއިން މިގޮތަށް ގެންދެވު އަންހެން ކުއްޖެއްގެ މަންމަަ އަޅުގަނޑައި އެދުވަސްވަރު ބައްދަލު ކުރިއެވެ. ބޭހަށް ދިއުމަށޭ ބުނެ ރައްޓެހިބަޔަކާ އެކު ފުރައިގެން ދިޔަގޮތަށް ޚަބަރެއްވީ އެތައްދުވަހެއް ފަހުން ފޯނުންގުޅާފައި މިހުރީ ވަކިތާކުއޭ، މަންމަ ދެރަނުވާށޭ އުފާކުރާށޭ ބުނުމުންނެވެ. އެމަންމަ ހިތާމަ ފާޅުކޮށް އެކުއްޖާ ގެނެވޭނެ މަގުތައް ހޯދުމަށް މަސައްކަތްކޮށް ދިނުމަށް އާދޭސްކޮށް ރޮއިފައި އެދުނެވެ.

މިގޮތަށް ގެންދެވުނު ބަނގުލަދޭޝް އަންހެން ކުއްޖެއްގެ ވާހަކަ މަޝްހޫރު ލިޔުންތެރިއަކު އޭނާ އަލަށްނެރުނު ފޮތުގައި ހާމަކޮށްފައި އެބަ އޮތެވެ. ލިޔުންތެރިއާ އަކީ މިކަހަލަ ކަންތަކުގައި ފުންނާބު އުސް، އަދި ދިރާސާކޮށް ހަދާ ކުޅަދާނަ މާހިރެކެވެ. އަދި ޖާސޫސީ އިދާރާތަކުގައި މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރެކެވެ. މިފޮތުގައި އެކުއްޖާ ގެންދެވުނު ގޮތާއި އެކަން ހިނގާދިޔަ ގޮތް ތަފުސީލުކޮށް އޭނާލިޔުއްވާފައި ވެއެވެ. 

އާދެ، މިކުއްޖާގެ ނަމަކީ ޝަމީމާބޭގަމްއެވެ. ބަނގުލަދޭޝް ރަނގަޅު އާއިލާއެއްގެ ކުއްޖަކަށް ވާތީ މީނާއަތުގައި އިނގިރޭސި ޕާސްޕޯޓެއް އޮތެވެ. އާއިލާ ދިރިއުޅެމުން ދިޔައީ އިނގިރޭސި ވިލާތުގައެވެ. އެހެނަސް އޭނާ އަނބުރާ އިނގިރޭސި ވިލާތަށް އަޔަ ނުދިނުމުގެ ގޮތުން އޭނާގެ އިނގިރޭސިވިލާތު ރައްޔިތުކަން ވަނީ އެސަރުކާރުން ކެންސަލްކޮށްފައެވެ. 

މިކުއްޖާ ދާއިޝްގެ ހަރުކަށި ހަރަކާތްތަކަށް ގެންދެވުނު އުމުރަކީ، އެންމެ 15 އަހަރެވެ. މިގޮތަށް ގެންދެވުނު ކުދިންގެ ތެރެއިން ހަނގުރާމާގައި މަރުނުވެ ދިރިތިބި ގިނަކުދިން މިހާރު ތިބީ އެކިއެކި ހަނގުރާމަ ވެރިންގެ ކޭންޕުތަކުގައެވެ. ގިނައީ ފިރިން މަރުވެފައިވާ ހުވަފަތް އަންހެން ކުދިންނެވެ. 

ބައެއް ދަރިން މަރުވެ އަނެއްބައި ޅަކުދިން ދަތިހާލުގައި އެމައިންނާ އެކު ފޭލިގެތަކުގައި ދިރިއުޅެމުން ދެއެވެ. މިފަދަ ހާލުގައި ޖެހިފައި ތިބި މައިންނާއި މިމީހުންގެ ރަށްފުށުގައި ތިބި މައިންބަފައިންނާ އެއްވެސް ގުޅުމެއް ނެތެވެ. އަދި އެކުދިންގެ ސަރުކާރުތަކުން އެކުދިންނާ އަޅާލަނީކީ ނޫނެވެ. 

ރާއްޖޭގެ ދިވެހިދަރިންތައް ވެސް މިހާލުގައި ޖެހިފައި ޝާމްކަރައިގެ ފޭލިގެތަކުގައި އެބަތިއްބެވެ. ދިވެހި ސަރުކާރުންނާއި ބޭރު ގައުމުތަކުގައި ތިއްބަވާ ރައްޔިތުންގެ ފައިސާއިން ބޮޑުމުސާރަ ނަންގަވާ ގިނަ އަދަދެއްގެ ޑިޕްލޮމޭޓުންގެ ތެރެއިން އެއްވެސް ބޭފުޅެއްގެ އަޅާލުމެއް ކަހާލުމެއް ވާތަނެއް ނުފެނެއެވެ.

އަލަށް ނުކުތް މިފޮތުން އެނގޭ ގޮތުގައި، 15 އަހަރުގެ ޝަމީމާބޭގަމް ބޮލަށް އެރި ސިކުނޑި ދޮވެލައިގެން ގެންދާން މެދުވެރިވީ ކެނެޑާއަށް ނިސްބަތްވާ އެޖެންޓެކެވެ. އިންޓާނެޓުން މިކުއްޖާއާއި ވާހަކަދައްކާއި އެކިފަހަރު މަތިން ގުޅަމުން ގޮސް މިކުއްޖާ ހިތަށް މިކަން ވައްދައިދީގެން ދަތުރު ކުރާ ހިސާބަށް ކަންކަން ދިޔައީއެވެ. ކެނެޑާގެ މިއެޖެންޓަކީ ޑަބަލްއެޖެންޓެކެވެ. ކެނެޑާއަށާއި ދާއިޝްއަށް މަސައްކަތްކޮށްދޭ ޖާސޫސެކެވެ.

ފަހުގެދުވަސް ވަރެއްގައި ތުރުކީން މީނާ އަތުލައިގަނެ ހައްޔަރުކޮށް ތުރުކީ ސިފައިންނަށް މީނާއަތުން ފެނުނު ލިޔުންތަކާއި ފޮޓޯތަކުގެ މައުލޫމާތުތައް އިނގިރޭސި ވިލާތަށާއި އެހެންބައެއް ގައުމުތަކައި ހިއްސާކުރިއެވެ. އެހެނަސް މިކަމުގައި އެއްވެސް ސަރުކާރަކުން އަޅާލާކަށް ބޭނުމެއްނުވިއެވެ. އެކަން ތަހުގީގުކޮށް ބަލަން ފަސްޖެހުނީއެވެ.

އާދެ، މިފޮތް The Secret History of The Five Eyes “ދަ ސީކުރެޓް ހިސްޓްރީ އޮފް ދަ ފައިވް އައިސްއިނގިރޭސިވިލާތުގައި ޗާޕުކުރެވުމުން، މިހަގީގަތްތައް އާންމުންނަށް ސާފުވެގެން ހިނގައްޖެއެވެ. ފޮތުގެ މުސަންނިފަކީ ރިޗާޑް ކޭބާޖް އެވެ. މީނާއަކީ އިނގިރޭސިވިލާތުގެ މަޝްހޫރު ނޫސް ދަސަންޑޭޓައިމްސް އަށް ލިޔެދޭ ޖާސޫސީ ކަންކަމުގެ ލިޔުންތެރިއެކެވެ.

ސިޔާސީ ކަންކަމުގައި އުޅުއްވާ އަދި ސިޔާސީކަންކަމަށް ޝައުގުވެރިކަން ހުންނަ ޒުވާނުން މިފޮތް ކިޔާލުން ވަރަށް ރަނގަޅެވެ. މުސްލިމުން ބޮލުގައި އެކްސްޓުރިޒަމް، އާދެ ހަރުކަށިފިކުރު މިނަން އަޅުވާއި މުސްލިމުން ބަދުނާމުކުރުމަށް ދުނިޔޭގެ ސިއްރުދައުލަތުން ހިންގާކަންކަން ސާފުވެގެން ދާނެއެވެ. 

މިއީ ހުޅަގުން އުފައްދާއިގެން މުސްލިމުން ބަދުނާމުކުރުމަށް ހިންގަމުންދާ ބޮޑުޖަރީމާ އެކެވެ. ރާއްޖޭގައި މިކަން ހިންގަނީ ހިންދުތުވާ އިންޑިއާއިންނެވެ. އަޑީގައި އޮތީ މިހާރުގެ ޣައްދާރު ސަރުކާރެވެ. ރައީސް ސާލިހުގެ ވެރިކަމެވެ.

ވީމާ #ދިވެހިތަކުރުން ނުކުމެ ރާއްޖޭގެ ހުރިހާރަށްތަކުން #އިންޑިއާއައުޓު ކޮށް ދިވެހިރާއްޖެ އާއި ދިވެހިންނަށް #ހަގީގީމިނިވަންކަން ހޯދައިދޭށެވެ. އާމީން!