Category Archives: Interviews

ޖަވާހިރުވާދީ އިލްޔާސްގެ ބަސްދީގަތުމެއް

  މިބަސްދީގަތުމަކީ، އެޑަމިންޓަން އޮންލައިނަށް ޑީއެމް (ޑައިރެކްޓް މެސެޖް) ކޮށް މެއިލް ސެޝަނަކުން، ނޮވެންބަރ 2016 ގައި އަޅުގަނޑު ދީފައިވާ ޖަވާބުތަކެކެވެ. އެއީ ކޮންފަރާތަކުން ކުރައްވާމަތިވެރި މަސައްކަތެއްކަމެއް، އަދިއެއް އަޅުގަނޑަށް ސައްހަ މައުލޫމާތު ލިބިފައެއްނެތެވެ. އެހެނަސް އެ އޮންލައިނަކީ، އަޅުގަނޑު އިންތިހާއަށް… Read more »

ދިވެހި އޮބްޒާވަރަށް ޖަވާހިރުވާދީ، އިލްޔާސް ހުސައިން އިބްރާހީމް ޖަލުގައި ހުންނަވައިގެން ދެއްވި ވަރަށް ޚާއްސަ އިންޓަރވިއޫއެއް:

ނޯޓް: މިއީ އަޅުގަނޑު ދޫނިދޫ ޖަލުގައި ފަސްވަނަ ފަހަރަށް ބަންދުކުރި ބުރުގައި، ބަރާބަރު 89 ދުވަހު ޖަލުގެ ކުޑަގޮޅީގެ އަނިޔާގައި ގެންގުޅުނުއިރު އަޅުގަނޑާ ދޭތެރޭގައި ސިފައިން ކަންތައް ކުރިގޮތުގެ މުހިންމު ތަފްސީލްހިމެނޭ އިންޓަރވިއޫ އެކެވެ. މިއިންޓަރވިއޫގެ ބައިތައް ސިއްރިއްޔާތުގައި އަޅުގަނޑާ އެކިގޮތްގޮތުން ގުޅައިގެން ހޯއްދެވީ، ދިވެހި އޮބްޒާވަރ “ޑޫ” އަށް ވަރަށްގިނަ ލިޔުންތައް ލިޔުއްވި ޒުވާން އިލްމުވެރި އެކެވެ. ދުނިޔޭގެ ތާރީޚުން ޑިގްރީއެއް ހާސިލް ކުރައްވާފައިވާ ކުޅަދާނަ ޓީޗަރެކެވެ. އުސްތާޒެކެވެ. ފުންނާބު އުސް ލިޔުންތެރި އެކެވެ. ލިޔުންތެރި ކަމުގެ ތޮށިގަނޑު ފަޅާލުމުގައި ހަރަކާތްތެރިވި، ބިރުކުޑަ އެޑިޓަރެކެވެ. އާދެ! އަޅުގަނޑު، ދޫނިދޫޖަލުގެ ކުޑަގޮޅީގައި ހުރިއިރު އެކި ހާދިސާތައް ހިނގި ދުވަސްތަކާއި ތާރީޚުތައް ހަނދާނުގައި ބެހެއްޓުމަކީ، ވަރަށް އުދަގޫކަމެކެވެ. ކޮންމެ ދުވަހަކުހެން އެކަމަށް މަސައްކަތް ކުރަންޖެހުނެވެ. މިޒިންމާ އަދާކުރަން ކުރި މަސައްކަތުގެ ތެރޭގައި އެންމެ އުނދަގު ކަމަކަށް ކުރަންޖެހުނު މަސައްކަތަކީ، ދަތްއުނގުޅުމަށް ދިން ބުރުހުގެ ފަހަތުކޮޅު ފަންސުރެއްހެން ތޫނުކޮށް ހަދާއި ތުނޑަކަށް ބަދަލުކުރުމެވެ.

Interview w/DO

Question: Would you give us a brief description of your life?

Since my graduation in 1984 to the present day, I have worked towards establishing
democracy and human rights in its best form in Maldives during my visits to all
inhabited islands of Maldives. I can say that I have friends in every inhabited island. My
friends vary from chiefs of the islands to the most common person are close friends. I
can discuss all kinds of matters with these friends. So people like me and support me.
Maldivians are always interested in listening to reform ideas.

އައްޝައިޚް އިލްޔާސްހުސައިން އިބްރާހީމްގެ ޚާއްސައިންޓަވިއު:

އިލްޔާސް ހުސައިން އިބްރާހީމަކީ، ރައްޔިތުންގެ ޚާއްސަމަޖިލީހުގައި ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރައްވާ ވަރަށް ތަފާތު ޝަހްސިއްޔަތެކެވެ. މަޖިލީހުގެ ގަވާއިދާއި ގާނޫނުއަސާސީއައި އެއްގޮތަށް ގާނޫނު އަސާސީ އިސްލާހުކުރެއްވުމުގެ މަސައްކަތްކުރުމަށް ތަކުރާރުކޮށް ޚާއްސަ މަޖިލީހުގެ ރިޔާސަތަށް އަންގަވާ އިލްޔާސަކީ، އދ.އަތޮޅުގެ ޚާއްސަމަޖިލީހުގެ މެންބަރެވެ. ކުރިން އެމްޑީޕީގައި އުޅުއްވި އިލްޔާސް މިހާރުހުންނެވީ އެޕާޓީން އިސްތިއުފާ ދެއްވައިގެންނެވެ.
އަށްޑުވަސް: މިހާރު ގާނޫނުއަސާސީ ކުރިޔަށްދާ ގޮތާމެދު ކީކޭތޯ ވިދާޅުވަނީ؟