Category Archives: Others

އަސްލު ޔަހޫދީން!

އަސްލު ޔަހޫދީންނަކީ ސަމާވީދީނަށް އީމާންވި މީހުންނެވެ. ބަނީއިސްރާއީލު ދަރިކޮޅެވެ. ހަމަކަށަވަރުން އަސްލު ދީނަކީ އިސްލާމްދީނެވެ. ހުރިހާ ނަބީންނާއި ރަސޫލުން ގޮވާލެއްވީ ﷲގެ ދީނަށެވެ! ﷲ ލައުނަތްލެއްވި ފިރްއައުނަށް ކުރިމަތިވީ ހަމަ މިދީނެވެ. މިއަގީދާއެވެ. ފަހެ، ދަންނައެވެ! މޫސާގެފާނު ގައުމުމީހުންނަށް ވިދާޅުވިއެވެ! “އޭ!… Read more »

ވެދާވޯ

ކުރީގެ އިލްމުވެރިން “ފަހުޒަމާނުގެ ދައްޖާލު ފިތުނައިގެ ތެރެއިން ވާރޭވެއްސާނޭ” ވިދާޅުވުމުން މީހުން މަލާމާތްކޮށް ހީހެދިއެވެ. އެހެނަސް މިހާރު ވެދާ ވޯ WEARTHER WAR “މޫސުމުގެހަނގުރާމަ” ދުނިޔޭގައި ދަނީ، ބޮޑެތި ސިޓީތަކާއި ކުދި ޖަޒީރާ ތަކުގައި ދުނިޔޭގެ ސިއްރު ދައުލަތް އިސްވެ އޮވެގެން… Read more »

އެމެރިކާއިން ޕާކިސްތާނަށް ހަދަންބޭނުންވާ ގޮތް އިންޑިއާއިން ދިވެހިރާއްޖެއަށް ހަދަން ބޭނުންވެއެވެ!

ލޮބުވެތި ރައްޔިތުންނޭވެ!! ރަނގަޅަށް ދަންނާށެވެ. މިވާގޮތްތައް ދަސްކުރާށެވެ!! އެމެރިކާއިން ޕާކިސްތާނަށް ސިޔާސީއަވަ ލާފައި އޮންނަ ފަދައިން އިންޑިއާއިން ދިވެހިރާއްޖެއަށް ވަނީ ސިޔާސީއަވަ ލާފައެވެ!! ރައީސް ނާސިރު އިންޑިއާ ވޯރާވެރި ތާޖަރުންތައް ފަހާލި ހިސާބުން އިންޑިއާގެ ރޭވުންތައް އިސްލާހުކޮށް އާބަދަލު ތަކަކައި އެކު… Read more »

އެއްފަސްކުރުން

އެއްފަސްކުރުން. މިރިޕޯޓު ލިޔުނީ، 1 ޖެނުއަރީ 1999 ގައި، އަޅުގަނޑު އިލްޔާސް ހުސައިން އިބްރާހީމް، ޖަވާހިރުވާދީ މާލެ އެވެ. މި ރިޕޯޓަށް މައުލޫމާތު އެއްކުރެވިފައި ވަނީ، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ނާއި ސެލެކްޓަޑް އައިލެންޑްސް ޑިވެލޮޕްމަންޓް ޔުނިޓުންނާއި ރާއްޖޭގެ އަތޮޅުތަކުގެ… Read more »

ޖެޒްއޭޓުސް ޖަމާއަތަކީ ކޮބައިތޯ؟

ދެހާސް ތޭރައިގައި ރައީސް ނަޝީގު ޑެންމާކަށް ވަޑައިގެން، “ތެދުވެ ހަރަކާތްތެރި ވުމަށް” ގޮވާލެއްވި ޖެޒްއޭޓްސް (JESUITS) ޖަމާޢަތަކީ ކޮބައިތޯ؟ ރައީސް ނަޝީދު ދައްކަވާ މިބާވަތުގެ ވާހަކަފުޅު ތަކަކީ ދިވެހިން، އަދި ވަކިން ޚާއްސަކޮށް ދިވެހި ކިޔަވާކުދިން ވަރަށް ރަނގަޅަށް ދަނެދިރާސާ ކުރަންޖެހޭނެ… Read more »

އަދުގެ އިސްލާމީ ދުނިޔެ – ބާބު ދޭއް

ޢިބްރާނީންގެ ރަސްކަމުގެ ފަހުގެ ތާރީޚް:

ސުލައިމާނުގެފާނު އަވަހާރަ ވުމަށް ފަހު، 931 މކ. ބަނީ އިސްރާއީލުގެ ރަސްކަން ބައިވެ ދެބަޔަކަށް ބެހިގެން ދިޔައެވެ. އިސްރާއީލީ ދައްލަތުގެ އުތުރު ސަރަޙައްދު ވެގެން ދިޔައީ، ޢިބްރާނީ ރަސްކަމަށެވެ. އެއީ އިސްރާއީލެވެ. ދެވަނަ ބަޔަކީ، ދެކުނުގައި އޮތް ޖޫދާ ރަސްކަމެވެ. މިބައި ވުމުގެ މައިގަނޑު ސަބަބަކީ، ބަނީ އިސްރާއީލުގެ ބާރަ ދަރިކޮޅުގެ މެދުގައި އޮތް ޚިލާފުތަކެވެ. އޭގެތެރެއިން އެންމެބައިބޯ، އެންމެ ވަރުގަދަ ޤަބީލާ ކަމުގައިވާ، ޖޫދާ ޤަބީލާގެ މީހުންނައި އަނެއް، 11 ޖަމާޢަތާ ދެމެދުގައި އުފެދުނު ކޯޅުންތަކެވެ. ޢިބްރާނީ ދައްލަތް ދެބަޔަށް ބައިވެގެންދިޔަ ދިއުމުގައި ޖޫދާގެ ނަންދެވުނު ބަޔަކީ، ޖޫދާ ޤަބީލާ މީހުންގެ ބާރުއޮތް ސަރަޙައްދެވެ. އިސްރާއީލަކީ އަނެއް، 11 ދަރިކޮޅުގެ ނުފޫޒާއި ބާރު ބޮޑަށް އޮތް ސަރަޙައްދެވެ. އެއްބަޔަކު ބުނާ ގޮތުގައި މިބާރަ ދަރިކޮޅުގެ ތެރެއިން ޔަހޫޒާގެ ދަރިކޮޅައި ބިންޔާމީންގެ ދަރިކޮޅު ފިޔަވާ އަނެއް، 10 ދަރިކޮޅަކީ، އިސްރާއީ ދައްލަތް ކަމަށެވެ. ފަހެ، ދެކުނުގައި އުފެދުނީ، މުލޫކިއްޔަތުލް ޔަހޫޒާ (KINGDOM OF JUDAH) އެވެ. ޖެރޫސަލަމް (ޤުދުސް) އޮތީ މިބައިގައެވެ. މިބައިގެ އަހްލުވެރިންގެ ތެރޭގައި މައިގަނޑު ގޮތެއްގައި ތިބީ، ބަނީ އިސްރާއީލުގެ ނަގާކިޔާ ދަރިކޮޅުގެ ގޮތުގައި އޮތް، ޔަހޫޒާ ދަރިކޮޅާއި ބިންޔާމީން (BENJAMIN) ގެ ދަރިކޮޅެވެ. ޖޫދާ (JUDAH) އަކީ، ޔަޢްޤޫބްގެފާނުގެ ހަތަރުވަނަ ބޭފުޅާއެވެ. ބިންޔާމީން އަކީ، ފިރިހެންބޭފުޅުންގެ ތެރެއިން، ބާރަ ވަނަ އަދި އެންމެހަގު ބޭފުޅާއެވެ. އަނެއްބަޔަކީ، މުލޫކިއްޔަތުލް އިސްރާއީލް (KIGDOM OF ISRAEL) އެވެ. އަނެއް، 10 ދަރިކޮޅަކީ، އުތުރު ސަރަޙައްދުގެ އަހްލު ވެރިންނެވެ.

ޖަވާހިރުވާދީ އިލްޔާސް، ތިންވަނަފަހަރު ޖަލަށްލުން. ބާބުދޭއް.

01 ޖެނުއަރީ 1992 ވީ ބުދަދުވަސް، ޖަލުގައި ހުންނަތާ، 374 ވަނަ ދުވަހެވެ. މިއަދުހެދުނު ސައިބޮއި ނިމިގެން ބަދަލެއް އަންނަނީކަމުގެ އުފަލުގައި ހުއްޓާ، މެންދުރު އެކެއްޖެހިއިރު އަޅުގަނޑުބަލާ ސިފައިން އަތުވެއްޖެއެވެ. މިޚަބަރު ލިބުނީއްސުރެ އެންމެ ކަންބޮޑުވަމުން ދިޔައީ ޖަލުގެގޮޅިތައް ބެލެހެއްޓުމަށް ފޯރިއަށް އައިސްއުޅޭ ސިފައިންގެ އޮފިސަރެއްލައްވާ، އަޅުގަނޑުގެ ގެއިން ގެނުވައިގެން އަޅުގަނޑު އަތުގައި ފޮރުވައިގެން ގެންގުޅޭ ޖަޕާން ސޮނީކުންފުނިން އުފައްދާފައިވާ ވަރަށްކުޑަކުޑަ ކޭޝްކާޑްސައިޒްގެ އެފްއެމް، އަދި އޭއެމްލިބޭ ރޭޑިޔޯއެއް އަޅުގަނޑު އަތުގާގޮޅީގައި އޮތީމާއެކަމާއެވެ. އެއްޖަލުން އަނެއްޖަލަށް ބަދަލުކޮށް އާޖަލަކަށް ވައްދާއިރު މާގަދަޔަށް ފާސްކޮށް ބަލާފާނެ ތީއެވެ. މިއީ އާންމުކޮށް އެހެން ގައުމުތަކުގައި ހިންގާކަމެކެވެ. އެހެންވެ ރާއްޖޭގައި ވެސް މިކަންމިގޮތަށް ހިންގަފާނެކަން އަޅުގަނޑަށް ލަފާކުރެވޭ ތީއެވެ. މިއަދު ކުރަންމިއުޅޭ ކަމަކީ ދޫނިދޫޖަލުން، ގާމާދޫޖަލަށް ބަދަލުކުރާށެވެ. މިއީ ކުޑަކުޑަ ޗާޖަރަކަށް ޖަހާލުމުން ޗާޖްވާގޮތަށް، އަދި ވަރަށްކުޑަކުޑަ އިއަރފޯނެއް ހިމަހިމަ ވާގަނޑެއް ބޭނުންކޮށްގެން އަޑުއެހޭގޮތަށް ހަދާފައި އޮންނަ، އެކުންފުނީގެ އެންމެކުދި ސައިޒުގެ ރޭޑިޔޯއެކެވެ. .ބޮޑުމިނަކީ ކޭޝްކާޑެއްގެ ސައިޒެވެ. ބޯމިނުގައި ދެސޫތުވަރު ހުންނާނެއެވެ

އަޟުހާ ޢީދުގެ ގުރުބާނީއަކަށް ވެގެންދިޔަ ޝަހީދު ސައްދާމް ޙުސައިންގެ ހަނދާނުގައި ދެތިން ޖުމްލައެއް!

އާދެ! ޝަހީދު ސައްދާމް ޙުސައިން ޢަބްދުލް މަޖީދު އަލްތިކްރީތީއަކީ، ގައުމިއްޔަތުގެ ކުލުނުނާއި ލޯބި އޭނާގެ ހިތާއި ސިކުނޑީގައި އަށަގެންފައިވާ ގައުމީ ބަޠަލެއްކަން ހައްގުގޮތުގައި ސާބިތުކޮށްދީފިއެވެ. އިރާގުގެ ލޮބުވެތި ރައްޔިތުންނަށާއި މުޅި ދުނިޔެއަށެވެ. އޭނާގެ ލޮބުވެތި ހަށިގަނޑު އަމިއްލަފުޅަށް، ހަލާކުކޮށްލެއްވުމުގެ އެތައް ފުރުޞަތެއް ކުރިމަތީގައި އޮތްއިރުވެސް އެފަދަ ބޭކާރު ޢަމަލެއް ނުކުރައްވައި ސާބިތުކަންމަތީގައި ގައިމުވެ ހުންނެވީ، ވަރުގަދަ އަގީދާއެއްގެ ސަބަބުންނެވެ. ފަހެ، އޭނާގެ ލޭފޮދު ގުރުބާންވެ، ހަދިޔާ ވެގެންދިޔައީ، އެތައް ހާސް މުސްލިމުންނެއް، އަރަފާތުގެ ބިމުން ހައްޖުވެ އެނބުރި މިނާއަށް އައިސް ހަދުޔު ކަތިލައި ﷲއަށް، ސާފުލެއިން ހަދިޔާކޮށް އެކަލާގެ ކުޅަދުން ވަންތަކަމުގެ މަތިވެރިކަން ހަނދާން ކުރަމުން ގެންދާ ބަރަކާތް ތެރި ދުވަހެއްގައެވެ. މިވަގުތު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ބާރުގެ އިސްތިޢުމާރުގެ ދަށުވެ ހުންނަވައިގެން، ކިޔަމަންތެރިކަމާ އެކު ﷲއަށް ގުރުބާން ވުމަށްޓަކައި ދަތްދޮޅި ހިއްލާލައްވައި ރީތިކޮށް ކަރުދިއްކޮށް ލައްވަމުންނެވެ. ހިތްވަރުގަދަ ސައްދާމުގެ މައްޗަށް ސަލާމް ހުއްޓެވެ! ހެޔޮދުޢާ ކުރަމެވެ! ސުވަރުގެ ދެއްވާށިއެވެ! މިއީ ސާބިތުކަމާއި ހިތްވަރު ގަދަކަމުގެ އިންތިހާ ދަރަޖައެވެ. އިސްމާއީލްގެ ފާނު ދެއްކެވި ރީތި ނަމޫނާގެ ހަނދާންތައް ތާޒާކޮށް އާކޮށްދިނުމެވެ. ސާބިތުކަމާއެކު މިދައްކުވައިދިނީ، ޝަހީދު ސައްދާމުގެ އަގީދާގެ ވަރުގަދަކަމެވެ. އޭނާގެ ޒަޢާމަތުގެ ހަރުދަނާ ކަމެވެ. އިސްލާމީ ރޫޙެވެ.

ޔާމީނުގެ އެނބުރިއައުން.

އޮނަރަބްލް ޔާމީންއަބްދުލް ގައްޔޫމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލްއެވީއޭޝަން، އާދެ! ފަތުރުވެރިކަމުގެ މިނިސްޓްރީ، (ރާއްޖޭގެ އިގްތިސާދުގެ މައިނާރު) އެއްޕާޓީއަށް ވުރެގިނަޕާޓީ އެކުލެވިގެން ބާއްވާއިންތިޚާބު، 2008 އޮކްޓޯބަރ 8 (ބުދަ) ދުވަހު، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުމަށް ތައްޔާރު ވެފައިވަނިކޮށް، މިފަދަނާޒުކު ދަނޑިވަޅެއްގައި ހަވާލުކުރެއްވުމުގެ ފަހަތުގައި ބޮޑެތި ސިއްރުތަކެއް ފޮރުވިފައި ވާނެކަން ޔަގީނެވެ. މިއީވަރަށްގިނަ ސައްލާތަކަކަށްފަހު، ބޮޑުރޭވުމެއްގެދަށުން އެޅުނުސިޔާސީ ފިޔަވަޅެކެވެ. ޔާމީނު ސިޔާސީޕާޓީއެއް ހައްދަވައިގެން ސިޔާސީ މައިދާނަށް ނުކުންނެވީ، ރައްޔިތުންގެ ބޮޑުތާއީދެއް މިލްކުކޮށް، ހޯދައި ގަނެވޭނެ ކަމަށެވެ. ސަރުކާރުން އިސްތިއުފާ ދެއްވައި ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ފާޑުވިދާޅުވަން ފެއްޓެވީ، މިމަގްސަދުގައެވެ. އޮނަރަބްލް ގާސިމް އިބްރާހީމަށްވުރެ ކުރިން ރައީސް މައުމޫނު، މިޗާންސް ޔާމީނަށް ދެއްވީ އެމަގްސަދުގައެވެ. ހަމައެބޭނުމުގައެވެ. އެހެނަސް ގާސިމު، ޚާއްސަމަޖިލީހުގައި ކުޅެމުންގެންދިޔަ ރޯލުތަކުގެ ސަބަބުން، ޔާމީނަށްވުރެ ކުރިހޯދީއެވެ.