ހަށިވިއްކުން ދިނިޔޭގެ އުފެދުނު ފުރަތަމަ ވަޒީފާ!

މަގޭގައުމުގެ ލޮބުވެތި އިއްޒަތްތެރި ރައްޔިތުންނޭވެ!!
ލޮބުވެތި ގައުމު ބިދޭސީބާރުތަކުން މިނިވަން ކުރާށެވެ!!
މިއަދަކީ ވެސް ވޯޓުގެ ދުވަހެކެވެ. މިބުނެދޭ ކަންކަމަށް ނަޒަރުކުރުން ހުއްޓެވެ. މުހިންމެވެ!!
ދުނިޔޭގެ އެންމެބާރުގަދަ، އަދި އެންމެ މުއްސަނދި އެއްހާސް ކުންފުނީގެ ފަހަތުގައި އޮތީ، “ޑަބްލިއޫ އީ އެފް” ވޯލްޑުއިކޮނޮމިކްފޯރަމް އެވެ. ދުނިޔޭގައި ހުރިހާނުބަޔަކާއި އަދި މަދުރަނގަޅެއް ވިޔަސް ރާވާއި ހިންގަނީ މިޖަމާއަތުންނެވެ!!
އަދި ނުފޫޒާއި ބާރުފޯރުވަން ބޭނުންވާ ދުނިޔޭގެ ހުރިހާ އިންތިޚާބަކަށް ފައިސާއަޅާ މެޝިނަކީ މިގުރޫޕުގެ ފޮރުވިފައި އޮންނަ މުގުލެވެ! ބޭނުމަކީ، ﷲ ގެ ދީން، އިސްލާމްދީން ނިކަމެތިކޮށް ފުނޑާލުމެވެ!!
ފަހެ، ދަންނައެވެ!!
ރާއްޖޭގައި އެމްޑީޕީ ދިރުވަނީ މިމީހުންނެވެ. އަދި އެމެރިކާ، ފްރާންސް، އިންޑިއާ ފަދަ ބޮޑު ޑިމޮކްރަސީގެ ނަމުގައި ގެންގުޅޭ މީސްތަކުންގިނަ ގައުމުތަކުގެ ރިޔާސީ އިންތިޚަބީ ލީޑަރުންނަށް މަދަދުދެނީ މިމީހުންނެވެ. އިސްލާމްދީނާދެކޮޅަށް ބޭނުންހިފާ ނުރައްތެރި ހަތިޔާރެއްގެ ގޮތުގައެވެވެ!!

ވީމާ މިފަދަ ލީޑަރުންނަށް، އަދި ލިބަރަލް، ސެކިއުލާލާދީނީ ސިޔާސީޕާޓީތަކަށް ވޯޓު ނުދޭށެވެ! ކެރޭވަރަކުން ފަހަތަށް ޖެހި ނަފުރަތު ކުރާށެވެ! ފާޅުގައި ވޯޓުން ނޫނެކޭ ބުނާށެވެ!!
އަހަރަކު އެއްފަހަރު މިމީހުން، ރީތި ނަމެއްގެ އެޖެންޑާއެއްގެ ދަށުން އެއްވެއެވެ. ފަހެ، މިޖެނުއަރީ މަހުގެ ކުރީކޮޅުގައި އެވެރިންގެ ބައްދަލުވުމެއް، ސްވިޓްޒަލެންޑުގެ ދަވޯސް ގައި ބޭއްވުނެވެ. ހުރިހާ ނުބައެއް ހިންގަނީ މިބައްދަލުވުމުގެ ފަހަތުގައި ފޮރުވައިގެން ސިއްރުކޮށެވެ!!
މިފަހަރުގެ ބައްދަލުވުގެ ފަހަތުގައި އެއްކުރީ ދުނިޔޭގައި ފައިސާލިބޭވަޒީފާއެއް، ޕްރޮފެޝަނެއްގެ ގޮތުގައި ބެލެވިފައިވާ، ޕްރޮސްޓިޓިއުޝަން “ހަށިވިއްކުން” މިވަޒީފާގައި އުޅޭ އެންމެ އިސްމީހުންނެވެ!!
މިމީހުންނަކީ ނަވާރަސަތޭގައިގެ ކުރީކޮޅު އަހަރުތަކުގައި އަންހެނުންގެ އަނގައިގައި ސިގިރޭޓު ޖައްސާފައި އެމެރިކާގެ މަޝްހޫރު ގޮނޑުދޮށެއްގައި ތީރީގެ މުބާރާތް ފެއްޓި މީހުންނެވެ. އަދި ދެންއައި އަހަރު އެމުބާރާތް ކުޑަދެފޮތިކޮޅެއްގެ “ބިކިނީ” ފޭރާމަށް ޒީނަތްތެރި ކުރުވީ ސައުދާގަރުންނެވެ! އެކަނބަލުން އަޅުވެތި ކުރި މަހުޖަނުންނެވެ!!
ތިރީގައި މިގެންނަ ލިންކުން ދަވޯސް ގައި އޮތް ބައްދަލުވުގެ ފަހަތުގައިވާ ހިންގުނު ސިއްރު ކަންތަކުގެ ވާހަކަތައް ކިޔާލެއްވުމަށް ގެންނާނަމެވެ!!
އާދެ! ދުނިޔޭގެ ގައުމުތަކުގެ ވެރިކަންތައް ބަދަލުކުރުމަށް ފައިސާއަޅާއި މުޅިދުނިޔެއަށް ވެރިވާންވެގެން އެމީހުންގެ ގޮނޑިކޮއްކޮ ސަރުކާރުތަކަށް ދައުލަތްތައް ހަދާލާ ބިރުވެރި ސިއްރު ޖަމާއަތެވެ! ބޮޑު ވިހަ ހަރުފައެވެ! ކުލަބަދަލު ކުރާ ބޯވައެވެ!!
ވީމާ ގައުމެއް އިސްލާހު ކުރެވޭނީ ސިއްރު މިނުފޫޒުތަކަށް ނޫނެކޭ ބުނަންކެރޭ، #ބޮޑުބަދަލު ގެންނަން ކެރޭ ވަރުގެ ލީޑަރަކަށެވެ! ރައްޔިތުން އޭގެ ކެރޭ ލީޑަރުން ހޯދާނެއެވެ!!
އޭ! ކެރޭ މުޖާހިދު، #ދިވެހިތަކުރުން ނޭވެ! #ހަގީގީމިނިވަންކަން ރާއްޖެއަށް ގެނައުމަށް މިހާރު މިފެންނަ އެކިކުލަތައް ދައްކައިގެން ރައްޔިތުންނަށް ބޮޑުމަޖަލާއި ހައިޖާނުގެ ތެރެއިން އޮޅުވާލަމުންދާ، އަދި ރައްޔިތުންގެ މުދާތައް ފޭރިގަނެ މަދުބަޔަކަށް ބައިއަޅައިގެން ކަމުންދާ ޣައްދާރު ލީޑަރުންތަކަށް ވޯޓުން ފާޅުގައި ނޫނެކޭ ބުނާށެވެ!!
ދިވެހިރާއްޖެ….ދިރިދެމިއޮންނާނެ!!
🇲🇻⚔️🇲🇻

Leave a Reply

Your email address will not be published. Required fields are marked *