Monthly Archives: އޮގަސްޓް 2010

ޖަވާހިރުވާދީ އިލްޔާސް ފުރަތަމަފަހަރު ޖަލަށްލުން.

ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމްގެ މުޅިހަޔާތުގައި ފުރަތަމަފަހަރު އަލަށް ޖަލަށްލެވުނީ، އެފްޕީއައިޑީގެ މަޝްހޫރު ބޮޑުޚިޔާނާތާ ގުޅިގެން، އަލްފާޟިލް މާކުން އަބްދުއް ސައްތާރު (ސަޓޯ) ކ.ދޫނިދޫ ޖަލުގެ ކުޑަގޮޅީގައި މިނިސްޓްރީ އޮފް ޑިފެންސުން ތަހްގީގަށް ބަންދުކުރެވިފައި ވަނިކޮށް، ސިފައިންގެ ވެރިޔާގެ ނައިބު، އަދި މިނިސްޓަރ އޮފް ޑިފެންސްގެ އޭރުގެނައިބު އަލްފާޟިލް އެންދެރިމާގޭ އިލްޔާސް އިބްރާހީމް، ސަޓޯއައި ކޯޑްލެސްފޯނަކުން ސިއްރުގޮތަކަށް ދެއްކެވި، ތަހްގީގާގުޅުންހުރި ވާހަކަތައް ރެކޯޑް ކޮށްފައިވާ ކެސެޓްރޯލް އާންމުކޮށް ފަޅާއަރުވާލި މައްސަލާގައެވެ. ހަގީގަތުގައި މިއީ އިލްޔާސާއި ސަޓޯއާ ދެމީހުންވެގެން ރާވަމުން ގެންދެވި ޣައިރުގާނޫނީ ރޭވުންގަނޑެކެވެ. ދައުލަތުން ކުރައްވަމުން ގެންދެވި ބޮޑުތަހްގީގަކަށް އެޅުއްވި ހުރަހެކެވެ. އިލްޔާސް ފަދަ ދިވެހި ސަރުކާރުގެ އެހާމަތީ ފެންވަރުގެ ވެރިއަކު އެފަދަކުށެއް ކޮށްފާނެކަމަށް އެއްގޮތަކަށް ވެސް އަޅުގަނޑުގެ ހިތަކަށް ނާރައެވެ.