އަސްލު ޔަހޫދީން!

އަސްލު ޔަހޫދީންނަކީ ސަމާވީދީނަށް އީމާންވި މީހުންނެވެ. ބަނީއިސްރާއީލު ދަރިކޮޅެވެ. ހަމަކަށަވަރުން އަސްލު ދީނަކީ އިސްލާމްދީނެވެ. ހުރިހާ ނަބީންނާއި ރަސޫލުން ގޮވާލެއްވީ ﷲގެ ދީނަށެވެ! ﷲ ލައުނަތްލެއްވި ފިރްއައުނަށް ކުރިމަތިވީ ހަމަ މިދީނެވެ. މިއަގީދާއެވެ.

ފަހެ، ދަންނައެވެ! މޫސާގެފާނު ގައުމުމީހުންނަށް ވިދާޅުވިއެވެ! “އޭ! އަހުރެންގެ قوم ގެމީހުންނޭވެ! مقدّس ވެގެންވާ ބިމަށް، [ބައިތުލްމަގްދިސް] އަށް ތިޔަބައިމީހުން ވަންނާށެވެ! އެ ބިމަކީ ތިޔަބައިމީހުންނަށްޓަކައި اللَّه ކަނޑައަޅުއްވާފައިވާ މުގައްދަސް ބިމެވެ. އަދި ތިޔަބައިމީހުން ފުރަގަސްދީ، އެނބުރި ނުގަންނާށެވެ! އޭރުން ތިޔަބައިމީހުން ގެއްލެނިވެގެންވާ ބަޔަކުކަމުގައި ވެގެން ހިނގައިދާނެތެވެ!” އެހެނަސް އެބައިމީހުންގެ ބަލިކަށިކަމުގެ އުޒުރުދައްކައި، ގޮތް ދޫނުކޮށް ދެކޮޅު ހަދަމުން އެބައިމީހުން މޫސާގެފާނަށް ރައްދުދެއްވާއި ބުންޏެވެ. އެރަށުގައި ތިބީ ޖައްބާރުންގެ ބައެކެވެ. އަހަރުމެންނަށް އެބައިމީހުންނާ ކުރިމަތިލާން ނުކެރޭނެއެވެ.

އަދި އެބައިމީހުންނާ ހަނގުރާމަ ކުރާނެ ބާރެއް އަހަރުމެންގެ ނެތެވެ. އެބައިމީހުން އެރަށުން ނުކުމެ، ހަނގުރާމައަކާ ނުލައި އަހަރުމެންނަށް އެރަށް ދީފިނަމަ އަހަރުމެން އެރަށަށް ވަދެފާނަމެވެ. ފަހެ، ދަންނައެވެ! މިކަމުން ފެނިގެން މިދަނީ ޔަހޫދީންގެ ޠަބީޢަތެވެ. އެއީ ފިނޑިކަމާއި ބިރުގަތުމެވެ. އަދިވެސް އިތުރަށް އެމީހުން ދެންނެވޫއެވެ. އޭ! موسى ގެފާނެވެ! އެއުރެން އެރަށުގައި ދެމިތިބިހައިހިނދަކު އެއްގޮތަކަށްވެސް ތިމަންމެން އެރަށަކަށް ނުވަންނާނޫއެވެ. ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއާއި، ކަލޭގެފާނު ވަޑައިގެން އެއުރެންނާ ހަނގުރާމަ ކުރައްވާށެވެ! ތިމަންމެން މިތާނގައި ތިބޭނޫއެވެ. މިއީ ފެށުމުގައި ވެސް ހަނގުމައަށް ބިރުގަންނަ ބަލިކަށި ބައެކެވެ. މަރަށް ޖެހުލުންވާ ބައެކެވެ! ދެން މޫސާގެފާނު ވިދާޅުވިއެވެ!

މިއަޅާގެ ވެރިރަސްކަލާކޯއެވެ! މިއަޅާގެ އަޚް ހާރޫނުގެފާނު އާއި، މިއަޅާގެ އަމިއްލަ نفس މެނުވީ މިއަޅާޔަށް މިލްކުވެގެނެއް ނުވެއެވެ! ފަހެ، فاسق ވީ މީހުންނާއި އަޅަމެންނާ ދެމެދު ނިޔާއެއް ކުރައްވައިފާނދޭވެ! މިދުއާ މުސާގެފާނު ދެންނެވުމުން، ބަނީއިސްރާއީލު މީހުންގެ މައްޗަށް އެމުގައްދަސްބިން ސާޅީސް އަހަރު ވާންދެން ﷲ، ޙަރާމްކުރައްވައިފިއެވެ. ﷲ އެކަން ކުރެއްވީ އެމީހުންނަށް ދެވޭނުދެވޭ ތަނެއް ނޭނގި ﷲގެ ބިމުގައި ވިއްސިވިހާލިވެގެން އެބައިމީހުން ދިރި އުޅުމަށެވެ. ފަހެ، އެމުގައްދަސްބިން ރާއްޖެއެއް ގޮތުގައި އެމީހުންނަށް ދެއްވީ، ﷲ އާއި އެމީހުންނަށް މަގުދެއްކުމަށް ފޮނުއްވި ނަބީންނަށް ތަބާވެ ރީތިކޮށް އެބިމުގައި ދިރިއުޅުމަށެވެ. އެހެނަސް އެމީނުން ބޮޑާވެގަނެ އެމީހުންނަސް ފިނުއްވުނު ނަބީންގަތުލުކޮށް މަރާއި ސޮލީބަށްލައި ހެދުމުން އެމީހުން މިނިކަމެތި ހާލުގައި ވިސްސިވިހާލިވެގެން އުޅެންޖެހުނީއެވެ!

ދެން އައީ މުއުޖިޒާތެއްގެ ގޮތުގައި މުއުޖިޒާތްތަކަކާ އެކު އީސާގެފާނު  ބައްޕާފުޅަކައި ނުލާ މަރިޔަމްގެފާނުގެ ދަރިކަލެއްގެ ގޮތުގައި ނަބީބޭކަލެއް ގޮތުގައި ޢީސާގެފާނު ފޮނުއްވުމެވެ. އެކަލޭގެފާނުބޮޑުފުޅު ވުމަށް ފަހު، އަރިސްބޭކަލުން ކަމުގައިވާ ޙަވާރީންނަށް ވިދާޅުވިއެވެ! ﷲގެ ދަޢުވަތު އިއްވުމުގައްޔާއި، ﷲގެ ދީނަށް ނަޞްރުދިނުމުގައި ތިމަންކަލޭގެފާނަށް ޙިމާޔަތްދީ ތިމަންކަލޭގެފާނަށް އެހީތެރިވާނީ ކާކުހެއްޔެވެ؟ ޙަވާރީން ދެންނެވިއެވެ. ތިމަންމެނީ، ﷲގެ ދީނަށް ނަޞްރުދޭ މީހުންނެވެ.

ދެން ބަނީ އިސްރާއީލު މީހުން ދެބަޔަކަށް ބެހި ބައިވިއެވެ. އެއްބަޔަކީ އެކަލޭގެފާނަށް އީމާންވީ މީހުންނެވެ. އެއީ ޙަވާރީންނާއި އެކަލޭގެފާނަށް ތަބަޢަވީ މީހުންނެވެ. އަނެއް ބަޔަކީ އެކަލޭގެފާނަށް ކާފިރުވީ މީހުންނެވެ. އެއީ ލަޢުނަތްލެއްވި ޔަހޫދީންނެވެ. މިދެބައި މީހުން ބެހުނު ދެބަޔަށް ކިޔުނީ ނަސާރާއިންނާއި ޔަހޫދީންނެވެ! މިދެ ޖަމާއަތަކީ ވެސް އަހްލުކިތާބީންނެވެ! ސަމާވީ ފޮތުގެ އަހްލުވެރީންނެވެ! އީސާގެފާނު ދީނަށް ގޮވާލައްވާއި ރިބާ އެކުގައި ހުއްޓާލުމަށް ގޮވާލެއްވުމުން ފާޅުގައި ދެކޮޅުވެރިވެ ގަތްލުކޮށްލުމަށް ސޮލީބަށް ނެގުމުން ދެރަވެ ރޮއި ލޮލުން ކަރުނަ ފޭބި މީހުންނަކީ ނަސާރާއިންނެވެ. އީސާގެފާނު ސަލީބަށްލާއި އެއީ ނަބީއެއް ނޫންކަމަށް ދޮގުކުރި މީހުންނަކީ ޔަހޫދީނެވެ. މީގެ ފަހުން ގުރްއާނުގައި މިދެބައި މީހުންނަށް ދެވިފައި ވަނީ ޔަހޫދް އާއި ނަސާރާ މިގޮތަށް މިނަމެވެ. އިސްރާއީލުގެ ދަރިކޮޅު މީހުންނެކޭ އައިސްފައި ނުވެއެވެ!!

އާދެ! އާދަމްގެފާނުން ފެށިގެން ގުރްއާން ބާއްވާލައްވަންދެންވެސް އަދި އޭގެ ފަހުން މިއަދާ ހަމައަށް ވެސް، ﷲގެ ބިމުގައި އޮތްތެދުދީނަކީ އިސްލާމްދީނެވެ. އެހެން ހުރިހާ ދީނަކީ ގުރްއާނުގެ ކުރީގެ ސަމާވީފޮތްތައް ބަދަލުކޮށް އަމިއްލައަށް އުނިއިތުރުކޮށް ލިޔެގެން އުފައްދާފައިވާ ދީންތަކެވެ. ނުލަފާވެ، މަގުފުރެދިގެން ގޮސްފައިވާ ޔަހޫދީން ގަބޫލު ކުރާ މަސީހާ [ނަބީ] މަސީހުއްދައްޖާލު ގެންނަން މިއުޅެނީ މިއުޅޭ ކާފަރުވީ ސަހްޔޫނީ ޔަހޫދީންނެވެ. އެއީ ސަމާވީ އަސްލުފޮތައް ކަމުގައިވާ ތައުރާތާއި އިންޖީލާއި ޒަބޫރަށް އީމާންވާ ބައިގަނޑެއް ނޫނެވެ! ފަހެ، އެއީ ސެންޓާކުލައުސްއަށް އީމާންވާ އޭނާގެ ބައިގަނޑެވެ. އެފަހުލަވާނުންނެވެ. ދުނިޔެއަށް ވެރިވާން ބޭނުންވާ  ގުރޫޕެވެ. އެ މީހުންނަކީ އެމީހުން ބުނާ އަދި ގަބޫލުކުރާ ގޮތުގައި އަނެއްރާއްޖޭގެ މުގައްދަސް ބިމުގެ މިލްކުވެރިންނޯލައެވެ.

ދެހާސް އަހަރު ވަންދެން ބިންމަތީގައި އެތަންމިތާ ވިސްލިވިހާލިވެ އުޅެފައި ނުކުމެ  ބައިތުލްމަގްދިސް އަކީ އެމީހުންގެ ބިންކަމަށް ދައުވާކޮށް ވެރިވެގަންނަން ހަނގުރާމަ ކުރަމުން މިގެންދަނީ މިބައިގަނޑެވެ! އެއްޖިންސުން ކައިވެނިކޮށް ރަސްމީސެޓިފިކެޓް ހަދައިދީ މިނިވަން ޑެމޮކްރަސީއަށް ގޮވާ، އަދި ފަތުރަމުންދާ ބައިގަނޑަކީ މިއީއެވެ! މިގުރޫޕަކީ އިސްރާއީލު އެމެރިކާ އާއި ބައިވެރިންނެވެ. އީސާގެފާނު އެނބުރި ދުނިޔެއަށް ވަޑައިގެން މަހްދީގެފާނު އިސްވެ މުސްލިމުންނާ އެކު ޖަމާއަތުގައި ނަމާދުކުރައްވާއި އެއްލޮލުގެ އަހުލުވެރި ދައްޖާލާއި ލައުނަތް ލެއްވުނު ޔަހޫދީންތައް މަރާލައްވާއި ސުލްހަވެރި ދުވަސްތަކެއް ދުނިޔެ ދެކޭނެ ކަމަށް ގަބޫކުރާ ފަޅީގައި ތިބީ ރަޝިޔާއާއި ބައިވެރިންނެވެ!!

ފަހެ، ﷲގެ ބަސްފުޅަކީ: ފަހެ، إيمان ވި މީހުންނަށް އެއުރެންގެ عدوّ ންގެ މައްޗަށް ތިމަން، ﷲގެ ގަދަކަން ދެއްވީމެވެ. ފަހެ، އެއުރެންވީ، ބާރުލިބި، މަތިވެރިވެގެންވާ ބަޔަކު ކަމުގައެވެ! އާދެ! ކާފިރުވީ މީހުންގެ މައްޗަށް މުއުމިނުންނަށް ނަޞްރުދެއްވީމެވެ! ފަހެ، އީމާންވެ މުސްލިމްވީ އެބައިމީހުންވީ ގަދަކަން ލިބިގެންވާ މަތިވެރި، ﷲގެ އަޅުންކަމުގައެވެ! އަބަދުވެސް ކާމިޔާބު ލިބި ގަދަކަން ލިބި ނަޞްރުލިބެނީ ޙައްޤުމަގުގައި ދެމި ތިބޭ މީހުންނަށެވެ! ﷲ ވަހީ ކުރައްވާފައިވަނީ: وَإِنْ عُدتُّمْ عُدْنَا ۘ[އަދި ތިޔަބައިމީހުން (ފަސާދަކުރުމަށް) އެނބުރި އަތުވެއްޖެނަމަ، ތިމަންރަސްކަލާނގެ (عقوبات ދެއްވުމަށް) އެނބުރި ވޮޑިގެންވާ ހުރީމެވެ. އަދި كافر ންނަށް ހުރަގެއެއް ކަމުގައި، ތިމަންރަސްކަލާނގެ ނަރަކަ ލެއްވީމެވެ!]

ވީމާ ބައިތުލްމަގްދިސް އަކީ ކާފިރުވީ ލައުނަތްލެއްވި ސަހްޔޫނީ ޔަހޫދީންގެ ބިމެއްނޫނެވެ. އީމާންވީ މުސްލިމް މުއުމިނުންނަށް ބަރަކާތްލެއްވި ބިމެވެ! އޭ! އަޅަމެންގެ ވެރި، ﷲ އެވެ!! ﷲގެ ދީނަށާއި، ފޮތަށާއި، ހެޔޮލަފާ އަޅުންނަށް ނަޞްރުދެއްވާނދޭވެ! އާމީން!!!

Leave a Reply

Your email address will not be published. Required fields are marked *