ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!!

ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!!

آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށެވެ! އެއީ، އެ ދެ ދަރިކަލުން، ކުރެން ކޮންމެ ދަރިކަލަކަށް، قربان އެއް ކުރިމަތިކުރެއްވި ހިނދު، ކަންހިނގި ގޮތުގެ ވާހަކަ އެވެ. ފިތުނައިގެ ފެށުމުގެ ވާހަކައެވެ!!

ފަހެ، އެ ހިނދު ހާބީލުގެ ހިތާއި ނިޔަތް ސާފުކަމުން، ﷲ އޭނާގެ ގުރްބާން ގަބޫލު ކުރައްވައި ފިއެވެ. ގާބީލު، ﷲގެ ހުކުމަށް ނުރުހިގެން ހުރީތީ އޭނާގެ ގުރްބާން، ﷲ، قبول އެއް ނުކުރެއްވިއެވެ. ދެން އެ ހިނދު ދަރިކަލުން ވިދާޅުވިއެވެ. ތިމަން، ކަށަވަރުން ވެސް ކަލޭ، قتل ކުރާ ހުށީމެވެ. އަނެއް ދަރިކަލުން ވިދާޅުވިއެވެ. اللَّه قبول ކުރައްވާކަން ކަށަވަރީ، تقوى ވެރިންގެ ކިބައިންނެވެ!!

އޭ! ދިވެހީންނެވެ! މިއީ ފިތުނައިގެ ފެށުމެވެ. އެހިނދު ޤާބީލު ހާބީލަށް ބުންޏެވެ. އަހުރެން ކަލޭ ޤަތުލުކޮށް ކަލޭގެ ފުށުން ސަލާމަތްވާ ހުށީމެވެ. ހާބީލު ޤާބީލަށް ބުންޏެވެ. އަހުރެން އެއްވެސް ކުށަކަށް އަރައި ނުގަންނަނީސް ކަލޭ އަހުރެން ޤަތުލު ކުރަނީ ކީއްވެ ހެއްޔެވެ؟؟ ޤާބީލު ބުންޏެވެ. ﷲ ކަލޭގެ ޤުރްބާން ޤަބޫލުކުރައްވައި އަހުރެންގެ ޤުރުބާން ޤަބޫލު ނުކުރެއްވީތީއެވެ. ޖަވާބުގައި ހާބީލު ބުންޏެވެ. މާތް ﷲ ޤަބޫލުކުރައްވާހުށީ، އެމީހެއްގެ ނިޔަތް ޚާލިޞްކޮށް، އެމީހެއްގެ ވެރި ރަސްކަލާނގެ އަށް ބިރުވެތިވެ، އެކަލާނގެ ޙުކުމަށް ދެކޮޅު ނުހެދި މީހެއްގެ ކިބައިންނެވެ!! ގާބީލުގެ ދައުރު މިފަހަރު ރާއްޖޭގައި ކުޅެފައި މިވަނީ ޕީއެންސީގެ އަދުރޭއެވެ. ގަސްތުގައި ފިތުނަ ޚިޔާރުކޮށް ގައުމު ފަސާދަ ކުރީއެވެ. އަބަދު ވެސް ފިތުނައެވެ. އެއީ ނިޔަތް ނުބައިވެ ހިތްކަޅު ވީމާ ވާ ގޮތެވެ! ފަހެ، ﷲގެ ބިމުގައި އީމާންތެރިކަމައި އިހްސާން ތެރިކަމާއި ރީތި ތެދު އަޚްލާގިއްޔާތު ދެމެހެއްޓީ ރައީސްޔާމީނު ފަރާތުން ތަގްވާވެރިވި މިހާރު ޕީއެންއެފް އުފައްދާ މީހުންނެވެ!!

އިންގިލާބީ ހަރަކާތުގެ އަޑު ރާއްޖޭގައި އުފުލާ ކުދިންގެ ވާހަކަތަކަށް އަޖައިބުވެ އަންތަރީސް ވާކަށް ނުޖެހެއެވެ. އަދި ދެރަވާކަށް ވެސް ނުޖެހެއެވެ. ހައްގަށް ލޯބި ކުރުމަކީ އިންސާފަށް ލޯބި ކުރުމެވެ! އިންގިލާބީ ހަރަކާތުން އެކުދިން އެކުރާކަމަކީ ދިވެހިރާއްޖެ އިންޑިއާގެ ނިއޯއިސްތުެުމާރުގެ ދަށުން ހަގީގީމިނިވަންކަން ހޯދުމަށް ކުރާ ޖިހާދުގެ މަސައްކަތެވެ!!

ފަހެ ދަންނައެވެ! އިންގިލާބީ ހަރަކާތުގެ ބޭފުޅުންނާއި ޖަމީލާއި މަލީހު ނުކުންނަވައި ދޮގެއް ނުހައްދަވައެވެ. ކަނޑައެޅިގެން ދޮގު ހަދާއި ފިތުނަވެރިވެގަތީ އަދުރޭއެވެ. ރައީސް ޔާމީނަށާއި ދިވެހި ރައްޔިތުންނަށް ދޯކާ ދިނީ ސިދާ އަދުރޭއެވެ! މިއީ ވަރަށް ސާފު ވާހަކައެވެ!!

ރައީސް ޔާމީނު ޕީއެންސީ އުފައްދަވަން އަދުރޭ އަރިހުން އެދުނީ ޕީއެންސީން ރިޔާސީ ކުނޑިޑޭޓެއް ނުރުމުގެ މަދްސަދުގައެއް ނޫނެވެ. ދުރުރާސްތާގައި ޕީޕީއެމް އަށް ވެދާނެ ގޮތެއްގެ ބެކްއަޕް އެއްގެ ގޮތުގައި ކުޅޭށެވެ. ރައީސް ޔާމީނު ދެޕާޓީވެސް ގެންގުޅުއްވީ ޕީޕީއެމް/ޕީއެންސީގެ ކްޑީޑޭޓަކަށް ޚުދު އެމަނިކުފާނު ނުކުންނެވުމަށެވެ. އަދި އެއީ އެކަން ނިންމާފައި އޮތް ގޮތް ވެސް މެއެވެ!!

އެހެނަސް ވެރިކަމަށް ފެންބޮވައި ގެންފައި ހުރި މީހެއް ކަމުގައިވާ މިހާރުގެ ރައީސް މުއިއްޒު ހޯދާއި ނެރެ އަދުރޭ ލައްވާ މާފިއާ ބޮޑުންގެ ބަޔަކު ގެންދިޔައީ ދުރާލައި ކުޅުވަމުންނެވެ. އެރޭވުމަށް މުއިއްޒު ހުންނެވި އަތާއަޔް ޖޯޑުކޮށެވެ. އޭނާ އަދާ ކުރައްވަމުން ގެންދެވި މަގާމުތަކުގެ ނުފޫޒު ބޭނުންކޮށްގެން ޕީޕީއެމް/ޕީއެންސީ ތެރޭގައި ތިބި ޒުވާން ސިޔާސީ ކުދިން ވަނީ ގަނެލާއި ސެނެޓުން ޖާގަ ހޯދައި ދީފައެވެ!!

ދަނެ ދެކެ ތިބެ ދަންނާށެވެ! ހަގީގީ ފިތުނަ އަކީ މިއީއެވެ. އިންޑިއާ ޖާސޫސީ އިދާރާ އިސްކޮށް އޮވެ އިންޑިއާ ބޭންކުން ފިޔަފާރިވެރި މާފިއާ ލައްވާ، ރައީސްޔާމީނަށް ޖަލު ކުހުކުމެއް ގެނެސް ނުވީއްލާ ގޮތަށް ދިގުމުއްދަތަށް ހަމަޖެއްސުމުން ޕީޕީއެމް/ޕީއެންސީ އެކުގައި ރަހީނުކޮށް ޖަހައިގަތުމަށް ބާޒަކީ މުއިއްޒެވެ!!

އަދުރޭ އަކީ މިފިތުނަ އުފެއްދި މޭސްތިރިޔާއެވެ. އެހެންވެ މިއަދު ވެސް މުއިއްޒު އެހުންނެވީ އަދުރޭއަށް ކުރުނީސް ކުރަން މަޖްބުރުކޮށެވެ! ބޯލަނބަން ޖެހޭގޮތަށް މަޖްބޫރު ކޮށްފައެވެ! އާދެ! އަދުރޭ އަކީ ޕީޕީއެމް/ޕީއެންސީ މިހާދުވަހު ހިންގައިދީ ބެލެހެއްޓި މީހާއަށް ވުމުގެ ލަގަބު ދިނުން ހައްގު މީހެއްނޫނެވެ. ފަހެ، އަދުރޭއަށް ހައްގު ލަބަކީ، ސާހިބު މީހާއަށް އެންމެ ހިތްވަރާއި މަދަދުދީ ބަސްއަހާއި ކުރިޔަށް ދާންވީ ވަގުތު އެގުރްބާނީއަށް ފުރަގަސްދީ ފިތުނައަށް މަގުފަހި ކުރި އަމިއްލަ އެދުމުގެ ޖާހިލުވި މީހާއެވެ!!

އާދެ! ޕީޕީއެމް/ޕީއެންސީ ސެނެޓުން ރައީސްޔާމީނުގެ ޕްލޭނާ އެއްގޮތަށް، ޕީޕީއެމް ކެޑނޑީޑޭޓެއް ނެރެން ނިންމި ނަމަ އެއްވެސް ފިތުނަ އަކަށް ނުގޮސް ރީތިކޮށް މިކަން ހައްލު ރައީސްޔާމީނު މިނިވަން ވެގެން ދިޔައިހެވެ. ތިރީގައި ލިންކު ދެވިފައިވާ މިމަޒްމޫނު އަދިވެސް ގައި ޝަބީބު ލިޔުއްވާފައި މިވަނީ އިންޑިއާ އެމްބަސީން ބަހާ ސިޓީއުރަ މަޒްމޫނެއްގެ ގޮތުގައި އަދުރޭ އުފެއްދި ފިތުނައިގެ ދިފާއުގައެވެ!!

މުއިއްޒަށް ކެންޑިންސީފޯމު ހުށަގެޅުއްވޭ ގޮތް މެދުރިވީ، ޝަބީބު އެލިޔުއްވާ ގޮތަށް ﷲ މެދުކުރެއްވީމަ އެއް ވުރެ ބޮޑަށް އަދުރޭ އިސްވެ ހުރެ ބަޔަކުމީހުން ގަސްދުގައި ތެދުވެރިކަމާއި އީމާނާއި އިހްސާން ތެރިކަމާއި ތަގްވާ އައި ދެކޮޅަށް ރާވައިގެން ހިންނި ބޮޑު ފިޔުނަ އަކުންނެވެ. ގަސްދުގައި ރައީސް ޔާމީނުގެ އަމުރާ ޚިލާވެ ކޮށްލި ސޮޔާސީ ގަތުލަކުންނެވެ!!

ރައީސް ޔާމީނު ކިބުރުވެރިވެ މުއިއްޒުއައި ޖެހިގަތީއޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތެވެ. ފާޅުގައި ނުރުހި ޣައްދާރުވީމާ އަދުރޭއަށް “ޣައްދާރެކޭ” ރައީސްޔާމީނަށް ވިދާޅުވެ ވޭނެއެވެ. ރައީސްޔާމީނު އިންތިޚާބު ބޮއިކޮޓް ކުރުމަށް އެންގެވީ އެހެންއެއްވެސް ގޮތެއް އަދުރޭގެ ނުކިޔަމަންތެރިކަމާ ހެދި ނެތުމުންނެވެ!! އެގޮތަށް އެކަން ހިންގުނު ނަމަ ބޭރު ދުނިޔެ ރަޝިޔާ، ޗައިނާ، އީރާން، އަދި ސައުދީ ފަދަ ގައުމުތަކަށް ފެނިގެން ދާނީ ރައީސް ސާލިހުގެ ސަރުކާރުން އިދިކޮޅުޕާޓީތައް ބައިވެރި ނުވާ އިންތިޚާބަކުން އިތުރު ދައުރަކަށް ރާއްޖޭވެރިކަން ހައިޖެކްކޮށް ދަމައިގަތީ ކަމަށެވެ!!

އާދެ! އިތުރަށް ވަރުގަދަކޮށް މިގަތް އިންޑިއާގެ ނިއޯއިސްތިރުމާރުގެ ބާރު ރައްޔިތުން ނުކުމެ ނައްތާލުމަށް އިދިކޮޅުން ބޮއިކޮޓް ކުރުން ވެގެންދާނީ ވަރުގަދަ ހަތިޔާރަކަށެވެ. #އިންޑިއާއައުޓު ކުރުން މާ ފަސޭހަވީއެވެ!! އެހެނަސް އަދުރޭގެ ފިތުނައިގެ ބާރުން ޕީއެންސީން މުއިއްޒު ވެރިކަމަށް ނެރުން ވެގެން ދިޔައީ، އިތުރަށް އިންޑިއާ އިން ރާވައި ދިން ސިޔާސީ މަޅިއެއްގައި ދިވެހިރާއްޖެ ދަށުލުމުގެ ސިލްސިލާގައި ގަތާލި މުޅިން އާބޮޅަކަށެވެ. ކުއާޑު ގައުމުތަކުން ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ރީތިކޮށް ވަނުމަށް ހުޅުވާލި އާ ދޮރާއްޓެކަށެވެ!!

މީގެ އަލިގަދަ ހެއްކަކީ އޮސްޓްރޭލިއާގައި ވަޒަންވެރިވެގެން އެގައުމުގެ ސަލާމަތީ ލަޝްކަރުގެ ކަންކަމުގައި ހުންނެވި ރާއްޖެއަށް ނިސްބަތްވާ އިސް އޮފިސަރަކު ރާއްޖެއަށް ގެނެސް ރާއްޖޭގެ ގައުމީ ސަލާމަތީކަންކަން ހިންގަން ރައީސް އޮފީހަށް ވައްދާއި ވަކި ޚާއްސަ ކޮޓަރިއެއްގައި މަރްކަޒު ކުރި ކުރުމެވެ!! މިއީ ހަމަ ސީދާ އެމެރިކާ، އިސްރާއީލު، އަދި އިންޑިއާގެ ދުރުރާސްތާގެ ރޭވުމުގެ އޮޅުމެއް ނެތް ވާގިއީ ހަގީގަތެކެވެ!!

ފަހެ، މިއީ އިތުރަށް އިންޑިއާގެ ދަށުވުން ނޫން ކޯޗެއް ތޯއެވެ؟؟ އަދުރޭގެ މިފިތުނަ އަކީ ރާއްޖެއަށް ދިން ތީރި ދޯކާއެއް ނޫން ކޯޗެއް ތޯއެވެ؟؟ އަދި ދުވާލު ހަތަރު ދަލައަށް ރައީސްޔާމީނުގެ ފޮޓޯޖަހައިގެން ހުސްގޮނޑި ބަހައްޓައި ގެން ރަށްރަށަސް އަރާއި ބޮޑު ސޮލަވާތް ކިޔަމުން ދުއްވި ދުއްވުމަކީ އާދަކާދައިގެ މަތިން ލެއްގި ކަމަކަށް ހެދުމަކީ ކިހާބޮޑު އޮޅުވާލުމެއް ނޫން ކޯޗެއް ތޯއެވެ؟؟

ރައީސްމުއިއްޒުގެ ސަރުކާރުން މިވީ ކުޑަ ދުވަސްކޮޅުގައި އިތުރަށް އިންޑިއާފެ ދަށުވުން ނޫންކަމެއް ކުރެވުނު ތަނެއް ފެނިފައެއް ނެތެވެ. އިތުރަށް ގެންދަނީ އިންޑިއާ އާ އެކު ހެދިފައި ހުރި ގިނަ އެއްބަސްވުންތައް ގަދަކޮށް ވަރުގަދަކޮށް ހިންގަމުންނެވެ. ތިބި ސިފައިންގެ އަދަދު ވެސް ހާމަ ކުރެވުނީ ކުރީ ސަރުކާރުން ޑިފެންސް މިނިސްޓްރީން ހާމަ ކުރި އަދަދަށެވެ!!

ވީމާ ދިވެހީންގެ މިނިވަންކަން ފެމެހެއްޓުމަށް އޮތް ހަމަ އެކަނި މަގަކީ ރައީސްޔާމީނު އަލަށް ހައްދަވާޕާޓީއަށް ވީހާ ނިގަ ދިވެހިން ސޮއި ކުރެއް ވުމެވެ. އަދި ޕީއެންސީ އަކީ އިންޑިއާ ޕްރޯ ގޮނޑިކޮއްކޮ ސަރުކާރެއެއް ކަމުގައި ދެކި ބަލައިގަނެ ހުރިހާ ގޮތަކުން ވެސް ބަލިކަށި ކުރުމެވެ. ރައްޔިތުންގެ ވޯޓުން ހޮވާ މަގާމުތައް ބްލޮކް ކުރުމެވެ!! ކުރިޔަށް!! ކުރިޔަށް!! ކުރިޔަށް!! ދިވެހިގައުމު!!

🇲🇻⚔️🇲🇻

Leave a Reply

Your email address will not be published. Required fields are marked *