Category Archives: ސިޔާސީ

ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!! ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!! آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށެވެ! އެއީ، އެ ދެ ދަރިކަލުން، ކުރެން ކޮންމެ ދަރިކަލަކަށް، قربان… Read more »

އަސްލު ޔަހޫދީން!

އަސްލު ޔަހޫދީންނަކީ ސަމާވީދީނަށް އީމާންވި މީހުންނެވެ. ބަނީއިސްރާއީލު ދަރިކޮޅެވެ. ހަމަކަށަވަރުން އަސްލު ދީނަކީ އިސްލާމްދީނެވެ. ހުރިހާ ނަބީންނާއި ރަސޫލުން ގޮވާލެއްވީ ﷲގެ ދީނަށެވެ! ﷲ ލައުނަތްލެއްވި ފިރްއައުނަށް ކުރިމަތިވީ ހަމަ މިދީނެވެ. މިއަގީދާއެވެ. ފަހެ، ދަންނައެވެ! މޫސާގެފާނު ގައުމުމީހުންނަށް ވިދާޅުވިއެވެ! “އޭ!… Read more »

ހަށިވިއްކުން ދިނިޔޭގެ އުފެދުނު ފުރަތަމަ ވަޒީފާ!

މަގޭގައުމުގެ ލޮބުވެތި އިއްޒަތްތެރި ރައްޔިތުންނޭވެ!! ލޮބުވެތި ގައުމު ބިދޭސީބާރުތަކުން މިނިވަން ކުރާށެވެ!! މިއަދަކީ ވެސް ވޯޓުގެ ދުވަހެކެވެ. މިބުނެދޭ ކަންކަމަށް ނަޒަރުކުރުން ހުއްޓެވެ. މުހިންމެވެ!! ދުނިޔޭގެ އެންމެބާރުގަދަ، އަދި އެންމެ މުއްސަނދި އެއްހާސް ކުންފުނީގެ ފަހަތުގައި އޮތީ، “ޑަބްލިއޫ އީ އެފް”… Read more »

ބޮޑުބަހާރަތު

މަގޭ ލޮބުވެތި ގައުމުގެ އިއްޒަތްތެރި ރައްޔިތުންނެވެ!! ދެކެ ދެނެތިބެ ވިސްނަވާށެވެ! އަމިއްލަ ލޮބުވެތި ފަސްގަނޑު ހިމާޔަތްކުރާށެވެ!! އެކަންކުރެވޭނީ ހައްގާއި އިންސާފަށް ވޯޓުދީގެންނެވެ! #ބޮޑުބަދަލު ގެނެސްގެންނެވެ!! #ބޮޑުބަދަލު ގެންނަންޖެހޭ ސަބަބަކީ، ހިންދުތުވާ އިންޑިއާއިން އެމްޑީޕީއަށް މަދަދުދީ ޚަރަދުކުރާތީއެވެ. ބޭނުމަކީ ރާއްޖެއަށް ވެރިވުމެވެ. އަޅުވެތި… Read more »

ގަބުޅިސަރުކާރު

ލޮބުވެތި އިއްޒަތްތެރި ރައްޔިތުންނެވެ!! ނިކަން ދެނެ ދެކެތިބެ ދަންނާށެވެ!! ދައުލަތުގެ އަމުމައުރޫފު އިންޑިއާގެ ދަށަށް މަޑުމަޑުން ގެންގޮސް ވައްޓާލުމަކީ، ގައުމުގެ ސިޔާދަތީބާރު ގެއްލުމެވެ. އަޅުވެތި ވުމެވެ. އެހިނދު ސަރުކާރު ވެގެންދާނީ، “ގަބުޅިސަރުކާރު” އަކަށެވެ! ބަލިކަށި މަގޫދަނޑި ސަރުކާރަކަށެވެ!! އެއީ މިޒަމާނުގައި އެކިޔާ”ބަނާނާގަވަރުމެންޓު”… Read more »

އެކްސްޓުރީމިޒަމް، ހަރުކަށިފިކުރު ގޮތުގައި މުސްލިމް ގައުމުތަކުގައި ދިރުވުމަކީ ހުޅަގުން ހިންގި ޖަރީމާއެކެވެ!

ލިޔުނީ: އިލްޔާސް ހުސައިން އިބްރާހީމް. (ލިޔުނީ 2022 ގައި ) މިއަދު އަހަރެން އަލިއަޅުވާލަން ބޭނުންވަނީ އެމެރިކާއާއި އެމީހުންގެ ބައިވެރިންގެ ޖާސޫސީ އިދާރާތަކުން މުސްލިމް ގައުމުތަކުގައި ފަސާދަ އާއި ތަބާކުރުމާއި ބަރުބާދު ކުރުން ފަތުރަމުންދާ ގޮތާމެދުގައެވެ. އެމީހުންގެ ނުބާއިނުލަފާ އެމަގުސަދާ މެދުއެވެ…. Read more »

އެމެރިކާގެ ސިޔާސީ ކުޅިގަނޑުން ތަންކޮޅެއް!

ލޮބުވެތި ރައްޔިތުންގެ މުހިންމު ކަމަށް ގެންނަމެވެ!! ޣައްދާރުންނަށް ޚަބަރުދާރުވެ، ސަމާލުވެ ތިބުމަށް އަބަދުވެސް ދިވެހިރައްޔިތުން އަޑު އުފުލާނެއެވެ. އެއީ ރައްޔިތުން ކުރަން ޖެހޭ އެންމެ މުހިންމު ކަންތަކެވެ. އެހެންނޫނީ މިޒަމާނުގައި ގައުމު އަޅުވެތިކޮށް އަތްދަށު ލާނެއެވެ!! ދުނިޔޭގެ ސިޔާސީ ކަންކަން ދިރާސާކުރާ… Read more »

ބުމަރުކުރަސީ

ދަންނައެވެ!!   ދިވެހިރާއްޖޭގެ ދާޚިލީކަންތަކަށް ހިންދުތުވާ އިންަޑިއާއިން ސިއްރުއަތްބާނާއި ރިޖީމްބަދަލުކޮށް ވޯޓުތައް އަންދާލި މައްސަލައަކީ ބަލާއި ފިޔަވަޅު އަޅަންޖެހޭ ކަމެކެވެ. ރައްޔިތުން ދުވަހަކު ވެސް ހަނދާން ނައްތާލާނެ ކަމެއްނޫނެވެ!!   ބަރުލަމާނީ ނިޒާމަކީ މިކުޅިވަރުގެ އަސްލެވެ. ސިޔާސީމާފިއާ އިން ބަރުލަމާނީނިޒާމަށް ހުރިހާ… Read more »

ޒުވާން އެމްބީއެސް ގެ ކެރުމާއި ހިތްވަރު

ދުނިޔޭގެ އެންމެ ބާރުގަދަ ދާރާސިންގު ހެދިގެން އުޅުއްވާ ރައީސް ޖޯބައިޑަން އެމެރިކާ ބަނޑަށް ޖެހިދާނެ ކަމުގެ ބަރުން އަރައިގަތުމުގެ ރޭވުންތަކުގެ ތެރެއިން، ތެލަށް ސަލާންޖަހުމަށް މެހުމާނެއް ގޮތުގައި ސައުދީ އަރަބިއްޔާ އަށް ވަޑައިގެން، އެ މަމްލަކަތުގެ ޒުވާން ރަސްގެފާނު، MBS އަށް… Read more »

ގޮޓާބެ ފިލުވުން

ލޮބުވެތި ދިވެހި ރައްޔިތުންނޭވެ!!   ސަމާލު ވާށެވެ. ވިސްނަން މަޖުބޫރު ވެއްޖެއެވެ!!   ރައީސް ނަޝީދު އިސްވެ ހުންނަވައި ގޮތަބަޔާ ރާޖަޕަކްޝާ ރާއްޖެއަރުވާއި ލަންކާ ރައްޔިތުން ދިވެހިން ދެކެ ނަފުރަތު ކުރުވާއި ރުޅިއެރުވީ، ހިންދުތުވާ އިންޑިއާގެ ނުލަފާ ރޭވުމުގެ ދަށުންނެވެ. އަޑީގައި… Read more »

ބުމަރުން

ލޮބުވެތި ރައްޔިތުން ދަންނައެވެ!! ރައްޔިތުންގެ މަޖިލިސް މިހާރުއޮތީ އެކުގައި އިންސާފުން ނެއްޓި ހައްގުން އެނބުރިގެންފައެވެ. އެނބުރޭ ބުމަރަކަށް ވެފައެވެ!! ފަހެ، ހައްގާއި އިންސާފުން ނެއްޓި ޕާޓީވިޕްލައިނާ ޚިލާފުވެފައިވާ އެއްވެސް ބުމަރަކަށް އަނބުރާ ރައްޔިތުންގެ ވޯޓު ހައްގެއްނޫނެވެ. އެއީ ރައްޔިތުންނަށް ފުރަގަސްދީ އެނބުރިގެންފައިވާ… Read more »

ބޮޑުދޮގުތިޔަރީ

ރައްޔިތުން ސަމާލުކަމަށް!! ރައީސްނަޝީދުގެ ބޮޑުދޮގުތިޔަރީ!! އާދެ ދުނިޔެއަށް ފަތުރާއި ތައާރުފް ކުރެވުނު، ބޮޑުދޮގުތިޔަރީ އަކީ، ހިޓްލަރުގެ ފުރަތަމަ ޕްރޮޕެގެންޑާ މިނިސްޓަރު ޕޯލް ޖޯސެފް ގެބްލްސް އުފެއްދެވި މިތިޔަރީއެވެ!! އެއީ މަށް ބޮޑުދޮގެއްހަދާއި އެދޮގު ތަކުރާރުކޮށް ފަތުރަމުން ގޮސް މީސްތަކުންގެ ހިތްތަކުގައި އެއީ… Read more »

އިންޑިއާއައުޓު ކުރުމުގެ ޖިހާދަކީ ކުރަންޖެހޭ ޖިހާދެކެވެ!

މެދުއިރުމައްޗަށް އެމެރިކާއިން ގެނައި ރަބީއުމޫސުމަށް ފަހު، އޭޝިއާ ގައުމުތަކަށް ސިޔާސީގަނޫރޯޅިއެއް ސިފައިގައި ގެންނަމުން މިދަނީ ނުވިސްނައި ތިބެގެން ވާނެ ޚަރާބުކުރުމުގެ މޫސުމެއް ނޫނެވެ!! އަޅުވެތިކަމުގެ އެންމެ ބޮޑު ފަސާދައެވެ. ހަންފެތުރުމުގެ ސިޔާސަތެވެ. ދިވެހިރާއްޖެއަށް ވަނީ އެފަސާދަ އަރާފައެވެ. އަބަދު ވެސް ރާއްޖެއަކީ… Read more »

އެމެރިކާއަށް ޗައިނާގެ ފުރަތަމަ އިންޒާރު!

ލިޔުނި 2021 ގައި އިލްޔާސް ހުސައިން އިބުރާހީމް އެމެރިކާގެ ސްޓޭޓުޑިޕާޓުމެންޓުގެ ސްޕޯކުސްޕާސަން ނެޑުޕުރައިސް ދެއްވި ބަޔާނަކުން ޗައިނާ ވަރަށް ހޫނު ޖަވާބެއް ރައްދުގައި ދީފިއެވެ. ނެޑުގެ ބުނެފައިވަނީ، ޗައިނާގެ ސިންޖިއާންގުގެ ޔުވީޣޫރު ދަރިކޮޅު މުސްލިމުންގެ ނަސްލުނައްތާލުމުގެ ޖަރީމާތައް ޗައިނާއިން ހިންގަމުންދާތީ، އިންސާނީ… Read more »

ޖަވާހިރުވާދީ އިލްޔާސްގެ ބަސްދީގަތުމެއް

  މިބަސްދީގަތުމަކީ، އެޑަމިންޓަން އޮންލައިނަށް ޑީއެމް (ޑައިރެކްޓް މެސެޖް) ކޮށް މެއިލް ސެޝަނަކުން، ނޮވެންބަރ 2016 ގައި އަޅުގަނޑު ދީފައިވާ ޖަވާބުތަކެކެވެ. އެއީ ކޮންފަރާތަކުން ކުރައްވާމަތިވެރި މަސައްކަތެއްކަމެއް، އަދިއެއް އަޅުގަނޑަށް ސައްހަ މައުލޫމާތު ލިބިފައެއްނެތެވެ. އެހެނަސް އެ އޮންލައިނަކީ، އަޅުގަނޑު އިންތިހާއަށް… Read more »

އަދުގެ އިސްލާމީ ދުނިޔެ. (ފުރަތަމަބައި)

މުސްލިމުން، 2014 ވަނަ އަހަރު ހޭދަކުރަމުން ދާއިރު، އަދުގެ އިސްލާމީ ދުނިޔެ ދެނެގަތުމަށް ޓަކައި އެނބުރިލާން ޖެހެނީ، މީގެ ސަތޭކަ އަހަރު ކުރިޔަށެވެ. 1914 ވަނަ އަހަރުގެ ތެރެއަށެވެ. 1914 ވަނަ އަހަރަކީ، މުސްލިމުން ވަރަށް ޚާއްޞަކަމެއް ދޭންހެޖޭ ސީރިއަސް ބަދަލުތަކެއް ޔޫރަޕަށާއި މެދުއިރުމައްޗަށް (MIDDLE EAST) އަންނަން ފެށި އަހަރެކެވެ. އެދުވަސް ވަރަކީ، ދުނިޔޭގެ ހަތަރުބިތުން އެއްފަޅިއަށް އެކުގައި އިނގިރޭސި ރަސްކަމުން ވެރިވެގެންތިބެ ބާރުހިންގަމުން ދިޔަ ދުވަސްވަރެވެ. އެބިންތަކުގައި ހިމެނޭ އިނގިރޭސި ދައުލަތްތަކަށާއި އިނގިރޭސިންގެ ދިދައަށް އިރުއޮއްސުމެއް އެއްގޮތަކަށް ވެސް ނާދެއޭ ބުނަމުން ގެންދިޔަ ދުވަސްވަރެވެ. އަބަދުވެސް އިނގިރޭސި ދިދައަށް އިރުގެ އަލިކަން ހުރެއެވެ. އިނގިރޭސިންގެ އެންމެ ރަން ޒަމާނެވެ. ދުނިޔޭގެ ވެރިކަން ކުރިދުވަސް ވަރެވެ.

ނިއު އެމްޑީޕީ ވުޖޫދަށް އައުމުގެ ވަޤުތު ޖެހިއްޖެއެވެ.

އެމްޑީޕީ ޙަރަކާތަކީ، 1994 ވަނަ އަހަރުން ފެށިގެން ހިންގަންފެށުނު ސިޔާސީ ޙަރަކާތެކެވެ. ވަރަށްމާތް މަގްސަދެއްގައި ފެށުނު އިސްލާހީ ޙަރަކާތެކެވެ. ފުރަތަމަ ފެށުނީ، ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީ (ޕީޑީޕީ) ނަމުގައި، ގ.ކެނެރީގޭގައި އިދާރާ ހުންނަގޮތަށް ރާއްޖޭގައި ސިޔާސީ ޕާޓީއެއް ވުޖޫދަށް ގެނައުމުގެ މޫރިތި މަސައްކަތުގެ ތެރެއިންނެވެ. އެދުވަސްވަރު ކުރެވުނު އަގުހުރި މިމަސައްކަތަށް އޭރުގެ ސަރުކާރުން އަޅުގަނޑު މެންނަށް ދިން ޖަވާބަކީ، މިއެވެ. “ސިޔާސީޕާޓީ ރަޖިސްޓްރީ ކޮށްދިނުމަކީ، އަލަށް ފަށަންޖެހޭ ކަމަކަށްވާތީ، ސަރުކާރުން އެކަން ނިންމާނީ، ބަލަންޖެހޭ ހުރިހާކަމަކަށް ބެލުމަށްފަހު، ޤައުމަށް އެންމެ ފައިދާހުރި ގޮތަށެވެ.” ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ، އަމިއްލަ މީހުންނަށް ފޮނިވާސިޓީގެ ޖަވާބު ނަންބަރު: 94/ 2737 އޭ (22 އޮކްޓޯބަރ 1994) ރައީސް މައުމޫނު ދެއްވި މިޖަވާބަކީ މާގޯސް ޖަވާބެއް ނޫނެވެ. އާކަމަކަށް ވާތީ، ސަރުކާރުން އެކަން ނިންމާގެ ގޮތްލިބުމުން އިތުރު ހިތްވަރެއް މިޙަރަކާތަށް އައެވެ. މިމަސައްކަތުން ދިވެހި ޤައުމަށް އެންމެ ފައިދާހުރި ގޮތްހެދުމުގެ ހިތްވަރުގަވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުން، ޓެރަރައިޒްކޮށް، އެމްޑީޕީ މެންބަރުންގެ ބާރުގެ ދަށަށް ގެނައުން.

7 ފެބްރުއަރީ 2012 ވީއަނގާރަ ދުވަހު، ދިވެހިންނަށާއި މުޅިދުނިޔެއަށް، ﷲ ދެއްކެވި ކުޅަދުންވަންތަ ކަމުގެތެރެއިން ވުޖޫދަށްއައި ހަމަހިމޭން ސަރުކާރުން އަދާކުރަންޖެހޭ ދުސްތޫރީ ވާޖިބެއް ކަމުގައިވާ ރިޔާސީ ބަޔާން ރައްޔިތުންނަށް އިއްވުމަށް މަޖިލީހުގެ ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން، މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދު އެކަން ބޭއްވެވުމަށް އިއުލާނު ކުރެއްވީ، 1 މާޗް 2012 ވީބުރާސްފަތި ދުވަހުގެ، ދިހައެއް ޖަހާއިރަށެވެ. ގާނޫނު އަސާސީގެ، 84 އާއި 83 ވަނަ މާއްދާގެ ދަށުން، މިކަން އޮންނަނީ މިގޮތަށް ހަމަޖެހިފައެވެ. އަދި ގާނޫނު އަސާސީގެ މިދެންނެވި މާއްދާތަކުގެ ދަށުން ހެދިފައިވާ މަޖިލީހުގެ ގަވާއިދުގެ، ހަވަނަ ބާބު، ދައުރާއި ޗުއްޓީގެ، 16 ވަނަ މާއްދާއާއި ދިހަވަނަ ބާބު، ރިޔާސީ ބަޔާންގެ، 25 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ލިޔެވި ކަނޑައެޅިފައި އޮންނަގޮތަކީ މިއެވެ.

ޖަވާހިރުވާދީ އިލްޔާސް، ފަސްވަނަ ފަހަރު ޖަލަށްލުން.

ފަސްވަނަ ފަހަރުގެ ޖަލުހަދާން ފެށުމަށް، އަޅުގަނޑު ގަސްދުކުރަނީ ކުޑަމުޤައްދިމާއަކާ އެކުގައެވެ. މިއީ، 4 ވަނަ ފަހަރާއި، 5 ވަނަ ފަހަރާދެމެދު ރާއްޖޭގެ ސިޔާސީ މަސްރަޙަށް އަންނަމުންދިޔަ ފާހަގަ ކޮށްލެވޭ ބޮޑެތި ބަދަލުތަކެވެ. 2003 ސެޕްޓެމްބަރ 19-20 ގެޙާދިޘާއަށް ފަހު، ރާއްޖޭގައި ފެށިފައިއޮތް އިސްލާހީ ހަރަކާތް ކުރިޔަށް ގެންދެވުނީ ރާއްޖެއިން ބޭރުގައި މަރްކަޒު ކުރެވިގެންނެވެ. އެމަސައްކަތް ކުރާނެ މަރްކަޒީ އިދާރާތަކެއް ގައިމު ކުރެވިގެންނެވެ. ސްރީލަންކާއާއި އިނގިރޭސި ވިލާތުގައެވެ. އެމެރިކާގައާއި ސްވިޓްޒަލޭންޑްގެ ބާސްލޭގައި ވެސް މަސައްކަތް ކުރެވުނެވެ. ބޭރުދުނިޔޭގެ ތާއީދާއި އެހީތައް ލިބިގެންނެވެ. ޚާއްސަކޮށް އިނގިރޭސިންގެ ފުރިހަމަ ޙިމާޔަތް ލިބިފައި އޮވެގެންނެވެ.