ޖަވާހިރުވާދީ އިލްޔާސްގެ ރަސްމީފޯނުއަޑުއެހުން

~އިލްޔާސް ހުސައިން އިބްރާހީމް~
މިއީވެސް ދިވެހިރާއްޖޭގައި ބަޔަކު ހިންގާފައިވާ ބޮޑުޖަރީމާ އެކެވެ.
 
ދެހާސް އެކެއް (2001) ވަނަ އަހަރުގައި ދިވެހިދައުލަތުގައި ރަސްމީކޮށް ވަޒީފާގެ ގޮތުން އަހުރެން ޚިދްމަތްކުރަމުން ގެންދިޔަ މޭޒުގައި ހުންނަ ފޯނުން ދައްކާވާހަކަތައް އަޑުއަހަމުން ގެންދިޔައެވެ. ސިޔާސީކަންކަމަށް ޝައުގުވެރިކަން ހުންނަ ކުދިން ވަގުތު ހޯދައިގެން މިފޯސްޓާއެކު މިހިމަނާ ލިޔުންތައް ކިޔާލުމުން އެކަން ހިނގާދިޔަގޮތް ވަރަށް ރަނގަޅަށް ސަފުވާނެއެވެ.
 

އެދުވަސް ވަރަކީ ރާއްޖޭގެ އިސްލާހީހަރަކާތް އެންމެ ފޯރީގައި ހިނަގަމުން ކުރިޔަށް ދިޔަ ދުވަސްވަރެވެ. އޭރު ވެސް އަބަދުވެސް އަހުރެންނަކީ ދައުލަތަށް ޚިދްމަތްކުރުމުގައި ސަރުކާރު އެތެރޭގައި ހުރެގެން އިސްލާހާއި އިންސާފަށް ކުޅެމުން ގެންދިޔަ ސިޔާސީމީހެކެވެ.

ފޯނުއަޑުއަހަން ބޭނުންކުރިޑިވައިސް

ޑިވައިސް

ފޯނުއަޑުއެހިޑިވައިސް

އެއްވެސް ކަމެއް ސިއްރު ނުކޮށް ފާޅުގައި ކަންކަން ހާމަކުރަމުން، އޮޅުވާލުންތަކެއް ނެތި ގައުމަށް ހެޔޮނިޔަތުގައި އިހްސާންތެރިކަމާއެކު ޚިދްމަތް ކުރީމެވެ. އެ ދިގުމުއްދަތުގައި އަހުރެންގެ ވެރިންނާއި ވަޒީރުންނަށް ތިއްބެވި ބޭފުޅުންނަށް އެކަން ސާފުކޮށް އެނގިލައްވާނެއެވެ. އަމިއްލަ ޚިޔާލު ވަރަށް ކެރިގެން ފާޅުކުރަމުން އެދިވަޑައި ގަންނަވާގޮތަށް ޚިދްމަތް ކުރަމުން ގެންދިޔައީމެވެ.
 
އަހުރެންގެ ރަސްމީފޯނު ލައިނުން ކުޑަކުޑަ ޑިވައިސް އެއް ފެނުމުން އެހިފައިގެން އަހުރެން ދިޔައީ މައިޒާން އަހުމަދޭ ކިބައިން އެދުރުވެފައި ހުރި، (ކުޑަހުސެއިން) އޭރު ދިވެހިރާއްޖޭގެނއަޑު ގައި ނޫނީ ޓީވީއެމްގައި މަސައްކަތްކުރާ ޓެކްނީޝަނެއްގެ ގާތަށެވެ. އެޑިވައިސް މަސައަކަތް ކުރާގޮތް ހޯދުމަށެވެ.
 
އޭނާގެ ގޭގައިހުރި އޭނާގެ ވޯކްޝޮޕްގައި އިން ފޯނުލައިނެއްގައި ގުޅައިގެން އެޑިވައިސް މަސައްކަތް ކުރާގޮތް ހޯދާއި އަހުރެންނަށް ކިޔައި ދެއްވިއެވެ.

ޑިވައިސް ބޭނުންކުރި ގޮތުގެބަޔާން

ދެވަނަސޮފުހާ

ތިންވަނަސޮފްހާ

ފޯނު ނަރުގެ ދެނަރުން އެއނަރު ކަނޑާލާފައި އެދެކޮޅުގައި މިޑިވައިސް ހަރުކުރުމުން އެފޯފުން ވާހަކަ ދައްކާ ވަގުތުތަކުގައިު އެފްއެމް ބޭންޑު ހުންނަ ކޮންމެ ރޯޑީއޯއަކުން ވަރަށް ސާފުކޮށް އަޑުއިވެއެވެ. ދެން ބޭނުންވާ ވާހަކަތަކެއް ރިކޯޑު ކުރަންވީއެވެ. މިޓެކްނީޝަނުގެ ގެ ހުންނަނީ މައްޗަންގޯޅި މާވެޔޮމަގު އެހިސާބުގައެވެ.
 
އޭނާގެއިން ފޯނު ގުޅައިގެން ހުއްޓާ ކުޑައެފްއެމް ރޭޑިއޯއަކުން އަހުރެން އަޑު އަހަމުން ހެންވޭރު ލޮނުޒިޔާރަތްކޮޅާ ހަމައަށް ދިޔަ އިރު ވެސް ކިޔާނުކިޔާއެއްޗެއް ސާފުވާ ވަރަށް ލިބެއެވެ. މިޓެކްނީޝަން ކައިރިއަށް ދިއުމަށް އަހުރެން މަގުފަހިކުރީ މަޝްހޫރު ޔޫސޭ، ޔޫސުފްރަފީއުގެ އެހީގައެވެ.

ރައީސަށް އެކަންއެންގުމަށް ލިޔުނުސިޓީ

ރައީސްދެއްވި ޖަވާބުގެޚުލާސާ

 
ރާއްޖޭގައި އެއްޕާޓީއަށް ވުރެ ގިނަސިޔާސީޕާޓީ ނިޒާމް ޅަފަތުގައި ޚަރާބުކޮށް ބަރުބާދުކޮށްލީ ބާރުގައި ތިބި ބަޔަކު ގަސްދުގައެވެ. ގާނޫނީ ފުރިހަމަ ބާރު ނުދީ އެބަޔަކު ބޭނުންގޮތަކަށް ބާރުގެ ބޭނުންކޮށް އެގޮތްމިގޮތް ހަދައިގެންނެވެ.
 
ވީމާ މިހާރު ރާއްޖެ މިއޮތީ ވަރަށް ގައުމަށް އިޚްލާސްތެރި ތެދުވެރި އިހްސާންތެރި ލީޑަރަކަށް ބޭނުންވެފައެވެ.
 
ދިވެހިރާއްޖެ….ދިރިދެމިއޮންނާނެ!!
 
🇲🇻⚔️🇲🇻

Leave a Reply

Your email address will not be published. Required fields are marked *