Monthly Archives: ސެޕްޓެމްބަރު 2010

ޖަވާހިރުވާދީ އިލްޔާސް ދެވަނަފަހަރު ޖަލަށްލުން.

ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމް، ދެވަނަފަހަރު ދޫނިދޫ ޖަލަށް ލެވުނީ، 1990 ވަނަ އަހަރު ޖޫން މަހު، 01 ގައި ދިވެހި ސަރުކާރުގައި “ސިޔާސީ މަޖައްލާ” އެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްގެން ފުރަތަމަ ފަހަރަށް ރާއްޖޭގައި ސިޔާސީ މަޖައްލާއެއްގެ ނަމުގައި އަލަށް ނެރެވުނު ސިޔާސީ މަޖައްލާ ކަމުގައިވާ، “މަންތިރި” މަޖައްލާގެ މައްސަލާގައެވެ. މިއީ ސިޔާސީ މަޖައްލާއެއްގެ ގޮތުގައި އެނަމުގައި ރާއްޖޭގައި ރަޖިސްޓްރީ ކުރެވުނު ފުރަތަމަ މަޖައްލާއެވެ. ސިޔާސީ މަޖައްލާ އެއްގެ ނަމުގައި ރަޖިސްޓްރީކުރީ، ފައުޅުގައި ސިޔާސީ ކަންކަން ކުރުމުގެ މަގްސަދުގައެވެ. ސިޔާސީ ބިރުވެރިކަން މުޖަތަމަޢުން ކަނޑުވާލުމަށެވެ. އަދި ދިވެހި ރައްޔިތުން ރާއްޖޭގެ ސިޔާސަތުދެކެ ގަންނަބިރުން އެއްކިބާކޮށް، ސިޔާސީ ކަންކަމަށް ޒުވާނުން ހޭނުވުމުގެ މަގްސަދުގައެވެ.