Monthly Archives: ޑިސެމްބަރު 2009

ރައީސް މައުމޫނުގެ 29 ބޭކަލުން ބޮޑުމަޖިލީހުން ބޭރުކުރުން!

ފަހެ، ދަންނާށެވެ! ރައްޔިތުންގެ ޚާއްސަ މަޖިލިސް ކަމުގައިވާ ރައްޔިތުންގެ ބޮޑު މަޖިލީހުގައި ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލް ގައްޔޫމު އައްޔަން ކުރައްވާފައި ތިއްބަވާ، 29 އިއްޒަތްތެރި މެންބަރުން ތިއްބަވައެވެ. މިއީ މިހާރު އަމަލު ކުރަމުން ގެންދާ ގާނޫނު އަސާސީގައި މިކަން ލިޔެވިފައި އޮންނަގޮތެވެ. ބޮޑުމަޖިލިސް އެކުލެވިގެން ވާގޮތް ބަޔާންކުރަނީ، ގާނޫނު އަސާސީގެ 93 ވަނަ މާއްދާގައެވެ. އަސާސީގައި އެމާއްދާ ލިޔެފައި އޮންނަގޮތް އަކުރުން އަކުރަށް ދަންނަވާ ލާނަމެވެ.

“ރައްޔިތުންގެ ޚާއްސަ މަޖިލިސް އެކުލެވިގެން ވާނީ، ތިރީގައި މިދަންނަވާ މީސްމީހުންގެ މައްޗަށެވެ.

ދިވެހި ދައުލަތް ހިންގާނެ ނިޒާމެއް ފާހެއްނުވި!

ފަހެ، ދަންނާށެވެ! ރައްޔިތުންގެ ޚާއްސަ މަޖިލިސް (ބޮޑު މަޖިލިސް) ގެ 83 ވަނަ ޖަލްސާގައި ބަހުސްކުރަން ފެށުނު، ވެރިކަން ހިންގުމުގެ ނިޒާމާބެހޭ މައްސަލާގައި ވޯޓަށް އެއްސެވީ، 87 ވަނަ ޖަލްސާގައެވެ. ފަސްދުވަހުގެ ދިގު ބަހުސް ތަކަކަށް ފަހުގައެވެ. ދައުލަތާއި ވެރިކަން ހިންގުމަށް އެންމެ މަޝްހޫރު ތިންނިޒާމަށް ވަކިވަކިން ވޯޓަށް އައްސަވައިގެން މިއިން އެއްވެސް ވައްތަރެއް ފާހެއް ނުވިއެވެ. ދުނިޔޭގައި މިހާތަނަށް ތަޖްރިބާކުރެވިފައި ހުރިހުރިހާ ވެރިކަމުގެ ނިޒާމުތަކަކީ، މިތިންވައްތަރުން ބޭރު ވައްތަރު ތަކެއްނޫނެވެ. ތަޅުމުގައި ވޯޓަށް އެހުނުވައްތަރު ތަކުން ނެއްޓިގެންދާ ވައްތަރެއް އަދިއެއް ތައާރަފްވެފައެއް ނެތެވެ. ވީމާ ހަގީގަތުގައި ވެސް މިއީ، ދިވެހި ރައްޔިތުން ހިތާމަކޮށް ދެރަވާން ޖެހޭވަރުގެ ބޮޑުކަމެކެވެ. ރިޔާސީ ނިޒާމަށް ލިބުނީ އެންމެ، 16 ވޯޓެވެ. ބަރްލަމާނީ ނިޒާމަށް ލިބުނީ، 39 ވޯޓެވެ. އަދި ދެވައްތަރު އެއްވެގެން ނުކުމެގެން އުޅޭ، މިކްސް ހައިބްރީޑް ވައްތަރަށް ލިބުނީ، މާމަދުންނެވެ. މިނަތީޖާއަށް ބަލާލުމުން، ގިނައީ ވޯޓުނުދެއްވާ ހިމޭނުން ތިއްބެވި މެންބަރުން ނެވެ. ދިގު ބަހުސަކަށް ފަހު، ވޯޓުނުދެއްވީ ގަސްދުގައިކަން، އެއީ އޮޅުމެއް ނެތްކަމެކެވެ. ބޮޑު މަޖިލީހުގައި ހިމެނި، ތަޅުމުގައި ހާޒިރުވެ އިންނަވައި މިއީންގޮތަކަށް، ވޯޓުނުދެއްވި މެންބަރުންނަށް އެހެއްދެވުނީ ވަރަށްބޮޑު ގޯހެއްކަން ކަށަވަރެވެ.

ދުލުގެ މިނިވަންކަން!

ދަންނާށެވެ! ދުލަކީ، ﷲ ގެ ކުޅަދުންވަންތަ ކަމުގެ އަލާމާތެކެވެ. ވަރުގަދަ ހެއްކެކެވެ. ދުލަކީ، ﷲ ދެއްވި އެންމެމާތް އަދި އެންމެ މަތިވެރި ގުނަވަނެވެ. ދުލަކީ، ވަރަށް ޝަރަފުވެރި އަމިއްލަ ޒާތުގައި މުސްތަގިއްލު އެއްޗެކެވެ. ހަށިގަނޑުގައި އެކުލެވޭ، އެންމެ ވަރުގަދަ މާއްދާއިން އުފެދިފައިވާ ވަރުގަދަ ދަތްތަކުން ވަށާލެވިފައިވާ، ހަކަތަ ފާރެއްގެ ތެރޭގައި ޙިމާޔަތް ކުރެވި، ތެތްކަން ލިބިދޭ އަރާމުދާނެއްގައި އޮންނައިރު، ދުލުގެ އެންމެފުރިހަމަ ގޮތުގައި، އޭގެވަޒީފާ އަދާކުރަމުން ގެންދެއެވެ. އެއްގޮތަކަށް ވެސް އެވަޒީފާއިން، ފަސްޖެހި ފައެއް ނުވެއެވެ. ކަށްޓެއްނެތި، ހުސް މަސްކޮޅަކުން އުފެދިފައިވާ މަޑުއިރު އެހާމެމަޑެވެ. ހަރުއިރު ކަށްޓާއި މައުދަނަށް ވުރެ، ހަކަތަކަން ގަދައެވެ. އެހާމެ ވަރުގަދައެވެ. ދަތްޕިލައާއި ހަށިގަނޑު ނުބައި ނުލަފާ، ޖަރާސީމުތަކުން ދިފާޢުކޮށް ދިނުމަށް އަބަދުވެސް ފިދާވެއެވެ. ވަރުގަދަޔަށް ހަމަލާދީ މަސައްކަތް ކުރެއެވެ. ހަށިގަނޑަށް ބޭނުންވާ ހުރިހާ ރަހަތަކެއް މޮޅަށް ދަނެގަނެއެވެ. ބޭނުންނުވާ އެއްޗެއް އަވަހަށް ފެއަށް ލައްސާލައެވެ. ހަށިގަނޑަށް ބޭނުންވާހާ ހުރިހާ އަޑެއް، އެންމެފުރިހަމަ ގޮތުގައި ނެރެދެއެވެ. އެހެންމީހުންނާ ގުޅުވައިދީ، މުއާމަލާތު ކުރުވައެވެ. ހަށިގަނޑަށް ބޭނުންވާއެއްޗެއް ހަފާޗިސްކުރުމަށާއި ދިރުވާލުމަށް ނުހަނު އޯގާތެރި ކަމާއެކު، އެހީތެރިވެ ދެއެވެ. މަޑުންއޮންނަ ތަނެއް ނުފެނެއެވެ. ޒިންމާދާރުކޮށް، ވަޒީފާ އަދާކުރުމުގައި ދެވަނަ އެހެން އެއްވެސް މިސާލެއް ނެތެވެ.

ދިވެހިންގެ ފަތުރުވެރިކަން ތަރައްގީކުރުމަށް އުފެއްދި ކުންފުންޏަކީ، ހައެއްކަ މަހުޖަނުންގެ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަކަށް ހަދާލިޔަދީގެން ނުވާނެއެވެ.

ގާނޫނު ނަންބަރު: 96/10 ކުންފުންޏާބެހޭ ގާނޫނުގެދަށުން އުފައްދާފައިވާ، ދަރަންޏަށް ޒިންމާވާ، ރައްޔިތުންގެ ކުންފުންޏެއް ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވުމަކީ، އާކަމެއްނޫނެވެ. އެހެނަސް، 2006/280 / ސީ ނަންބަރު ކުންފުނި، 2006 އޭޕްރީލް 9 ގައި ރަޖިސްޓްރީ ކުރެވި، ސަތޭކަ ރުފިޔާއަށް ހިއްސާއެއްގެ މަގުން އެއްމިލިޔަން ރުފިޔާގެ އާންމުހިއްސާ، ދިވެހި ރައްޔިތުންނަށް ވިއްކުމަށް ނިންމުމަކީ، އުފަލެއް ކަމުގައިދުށް ދިވެހީން މަދެއްނޫނެވެ. ޚުދު އަޅުގަނޑުވެސް ދިވެހި ރައްޔިތުން ހިއްސާވާގޮތަށް ގައުމީ ފަތުރުވެރިކަމުގެ ކުންފުންޏެއް ވުޖޫދަށް ގެނައުމަށް މަރްހަބާ ކީމެވެ. ދިވެހި ރައްޔިތުންގެ ފަތުރުވެރިކަމުގެ ގައުމީ ކުންފުނި އުފެއްދުމުގެ މަގްސަދަކީ، ފަތުރުވެރިކަމުގެ ޞިނާޢަތުގައި އާންމު ރައްޔިތުންގެ ހިއްސާ އިތުރުކުރުމާއި ވީހާވެސްގިނަ ދިވެހި ރައްޔިތުންނަށް އެފުރުސަތު ހޯދައިދީ، ފަތުރުވެރި ކަމުގެ ސިނާއަތުގެ މާލީފައިދާ ކުންފުނީގެ ހިއްސާ ދާރުންނަށް ހޯދައިދިނުން ކަމުގައި ވާތީއެވެ.

އެންމެ މޮޅޫ ގޮތަކީ އިސްތިއުފާ ދެއްވުމަށް ވިސްނެވުމެވެ.

އަޅުގަނޑުގެ މިމަޒްމޫނަކީ، ވަރަށް ހެޔޮހިތުން ރައީސް މައުމޫނަށް އަރުވާ ނަސޭހަތެކެވެ. ޢުމުރުފުޅުގެ ކޮންމެވެސް ދުވަސްވަރެއްގައި މިމަޒްމޫނު ވިދާޅުވެލައްވާނެ ކަމުގެ އުންމީދުކުރަމެވެ.

ފަހެ، ދަންނާށެވެ! ސަރުކާރުން ގާނޫނު އަސާސީއަށް އިހްތިރާމް ނުކުރާހާ ހިނދަކު، ރައްޔިތުންގެ އިހްތިރާމެއް ނުހޯދޭނެއެވެ. ގާނޫނު އަސާސީއެއް ލިބިގަންނަން ޖެހެނީ، ރައްޔިތުންގެ ހައްގުތަކާއި ހުރިހާކަމެއް އިންސާފުވެރި ހަމަހަމަ ގޮތުގައި ދެމެހެއްޓުމަށެވެ. މުޖްތަމަޢުގެ ޢަދާލަތު ގައިމު ކުރުމަށެވެ. އިންސާނާ ކާމިޔާބާއި ފަލާހުގެ މަގުގައި ސާބިތުވެހުރެ ދެދުނިޔޭގެ ކާމިޔާބު ލިބިގަތުމަށެވެ. އަދި ނަރަކައިގެ ގިނި އަލިފާނުން ސަލާމަތް ވުމަށެވެ. އިލާހީ ދީންތަކުގައި ގާނޫނު އަސާސީއަކީ، އެދީނެއްގެ ޝަރީޢަތެވެ. ދުސްތޫރެވެ. ދީނާއި އަގީދާ ދުސްތޫރުން ވަތްކެއް ނުކުރެވޭނެއެވެ. އެދޭއްޗަކީ އެކައްޗެކެވެ. އެބައެއްގެ ދީނައި އެބައެއްގެ އަގީދާ ވަތްކެއް ނުކުރެވޭނެ އެވެ. ދިރިހުރުމާއި މަރުވުން ބިނާކުރަން ޖެހޭނީ، އެބިންގަލުގެ މައްޗަށެވެ. މިފަދަ އަސާސެއްނެތި، އެންމެންގެ ކަންތައްތައް ބަލަހައްޓައި އިންސާފު ހޯދައިދެވޭނެ ގޮތެއް ނެތެވެ. ރައްޔިތުންގެ ހުރިހާކަމެއް ބެލެހެއްޓެނީ، މިފަދަ އަސާސެއް އޮވެގެންނެވެ.

2008 ގެ ރިޔާސީ އިންތިޚާބުން ނުކުމެދާނެ ނަތީޖާއެއް.

ދިވެހިންގެ ލޮބުވެތި ދިވެހިރާއްޖޭގައި، ރިޔާސީ އާދައުރެއް ފެށުމަށް ދެންއޮތީ އެންމެ، 22 މަސްދުވަހެވެ. ބަދަލަކަށް ކާރިވަނީއެވެ. ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސަތުގެ ދައުރު ހަމަވާންއޮންނަ އެންމެފަހު، ފަސްދޮޅަސް ދުވަސް ފެށުމާއެކު، ރިޔާސަތުގެ އާދައުރަށް މީހަކު އިންތިޚާބުކޮށް ރިޔާސަތުގެ ދައުރު ހަމަވުމުގެ ހަތްދުވަސް ކުރިން އިންތިޚާބާ ބެހޭ ހުރިހާކަމެއް ނިންމަންވާނެ ކަމަށް އަސާސީއާއި ގާނޫނުތަކުގައި ބުނެއެވެ.

ފަހެ، ދަންނާށެވެ! ރައީސް މައުމޫނު ފުރަތަމަ ފަހަރަށް ދިވެހި ރާއްޖޭގެ ވެރިކަން، 1978 ވަނަ އަހަރުގައި ރައްޔިތުންގެ ކުލުނާއި ލޯތްބާއި ރުހުމާއެކު، ވަރަށްމަތީ އަޣްލަބިއްޔަތެއްގެ ދަށުން ކާމުޔާބު ކުރެއްވުމަށް ފަހު، އެންމެފުރަތަމަ ވެސް އެޅުއްވި ފިޔަވަޅަކީ، އޭރުއޮތް ގާނޫނު އަސާސީ، ރަނގަޅުނޫން ކަމަށް ވިދާޅުވެ، އިސްލާހުކުރުމުގެ ނަމުގައި އެއަސާސީ އެއްފަރާތް ކޮށްލެއްވުމެވެ. ފާޑަކަށް ސަސްޕެންޑް ކޮށްލެއްވީއެވެ. އޭރުން އެބަލައިގެން ހައްގުތައް ލިބިގަންނަން މަސައްކަތް ކުރާނެ ބަޔަކު ނުތިބޭނެއެވެ. އެދުވަސްވަރު އަސާސީ ބަލާލަން ލިބެނީވެސް ސަރުކާރުގެ މަތީފެންވަރުގެ ވަރަށް މަދުބަޔަކަށެވެ.

މިވަނީ ކިހިނެތްތޯއެވެ؟

ފަހެ، ދަންނާށެވެ! ދިވެހި ރައްޔިތުންތިބީ، ރައީސް މައުމޫނުގެ ވެރިކަމާ ވަރަށްބޮޑަށް ނުރުހިފައެވެ. ނަފްރަތުކަން އުފެދިފައެވެ. އެންމެބޮޑު ސަބަބަކީ، ވެރިކަމުގައި މާގިނަދުވަސް ވުމެވެ. މީސްތަކުން ހިތުގެއަޑިން ނަފްރަތު ކުރާލެއް ކުޑައެއްނޫނެވެ. މަޑުންތިއްބަސް ވަރަށް ބޮޑެވެ. އެހެނަސް އެކަން އަމަލުން ފާޅުކުރުމުގެ ހިތްވަރު އަދި ނެތީއެވެ. މާއްދީގޮތުން ލިބެމުންދާ ފައިދާތަކެއްގެ ސަބަބުން ދެއަތަށް ކިރިލަކިރިލާ ތިބެން ޖެހިފައިވާ ބަޔަކު އެބަތިއްބެވެ. ދިރިހުރުމަށް، އާންމުދަނީ ލިބޭނޭއެހެން ގޮތްތަކެއް ފެނިފައި ނެތުމުން މަޖްބޫރުވާ ބަޔަކުވެސް އެބަ ތިއްބެވެ. ފަހެ، ރައްޔިތުންނަށް މިވީ ތިރީސް އަހަރުދުވަހު ދަސްކޮށްދީ، ކަށީގައި ހިއްޕުވާފައިވަނީ، ގަނޑުވަރާއި ބޮޑުންގެގާތަށް ހިނގާއި ސަލާންޖަހާށެވެ. އާދޭސް ދަންނަވާށެވެ. އަމިއްލަ ހައްގުތަކެއް ވާކަން، ދަސްކޮށްދީފައެއް ނެތެވެ. މިއީ މިސްރުން ރައީސް މައުމޫނު ދަސްކުރައްވާ ފައިވާ ފިރްޢައުނީ ދަރުސެކެވެ. ފިލާވަޅެކެވެ. ފަހެ، މިއީ ދުރާލައިގެން ވަރަށްކުރީއްސުރެ ވިސްނާއި ހޭއަރާތިބެގެން، ވެރިކަމުގެ ފަރާތުން ސިއްރުގޮތެއްގައި ރާވައިގެން ކޮށްފައިވާ ކަމެކެވެ. ޑޮކްޓަރ ޒާހިރު ހުސައިނާއި އަލްއުސްތާޒު ފަތްހުއްﷲ ޖަމީލުގެ އެހީތެރިކަމުގައި ކޮށްފައިވާ ބޮޑު ޖަރީމާއެކެވެ. ތިންލައްކައިގެ ރައްޔިތަކަށް ދައްކާފައިވާ ގިލަންހުރި އަހުވައެކެވެ.

ރައްޔިތުން ބައިބައިކޮށްގެން ވެރިކަން ހިންގުމުގެ ސިޔާސަތު.

ދިވެހިރާއްޖޭން މިފެންނަނީ، ދުނިޔެމަތީގެ އެންމެ ގަދީމީ ދުވަސްވަރަށް ވާރުތަކުރާ، ވަރަށް ޖާހިލުކަން ބޮޑު، ވެރިކަން ކުރުމުގެ ވަށްތަރެކެވެ. ޖާހިލިއްޔަތާ ސީދާކޮށް ގުޅުންހުރި ރައްޔިތުން ބައިބަޔަށް ބައިތިއްބައި ގެން ވެރިކަން ހިންގުމުގެ ނިޒާމު ދިވެހި ރާއްޖެއަށް، ވާރުތަކޮށް ފައިވަނީ، މިޞްރުންނެވެ. މިއީ ވަރަށް ގަދީމީ އަދި އަނިޔާވެރިކޮށް ވެރިކަންކުރުމުގެ ސަގާފަތެކެވެ. އަޒްހަރު ޔުނިވަރސިޓީގެ ޢިލްމުވެރިންގެ އަތްމައްޗަށް ރާއްޖޭގެ ވެރިކަން، ދިވެހި ރައްޔިތުން ދޫކޮށްލީ، ވަރަށް އުފަލާއެކު ހިތްހަމަޖެހިގެން ތިބެއެވެ. ޢިލްމުވެރި ދަންނަބޭކަލުން ތަކަކަށް ވާތީއެވެ. ބަނގުރާ ބޯމީހާއާއި ވިއްކާމީހާއާ ގުދަންކޮށް ގެންގުޅޭ މީހާއާ އެއްވަރުކަމަށް ފަތްވާދެއްވާފައި ވާތީއެވެ. ރައީސް މައުމޫނުފަދަ ދަންނަބޭކަލެއް ވެރިކަމަށް ގެނެސްގެން، ފޮނިފޮނި އުންމީދުތަކެއް ހާސިލު ކުރުމުގެ ބޭނުމުގައެވެ. ރާއްޖޭގެ ވެރިކަމުގައި އޮތް، އިސްލާމް ދީނާދުރު އަނދިރި ކަމަކުން، ގަދަ އަލިކަމަކަށް ބަދަލުކޮށް ލުމުގެ ބޭނުމުގައެވެ. އަޒުހަރު ޔުނިވަރސިޓީން އިސްލާމީ ޝަރީޢަތް އަރަބިބަހުން، އުގެނިގެން ތިއްބެވި ބޭފުޅުން ކޮޅެއްގެ އަތްމަތިން ފެނިގެންދާނެ ތަހުޒީބީ ވެރިކަމުގެ ނިޒާމެއް، ބޭނުންތެރި ވިލެއް ބޮޑު ކަމުންނެވެ. ލާމަރްކަޒީ އުސޫލުން ބާރުތައް ބަހާލައިގެން، އެއްބައެއް ވަންތަކަމުގެ ހަރުދަނާ އުޚުއްވަތްތެރި ނިޒާމެއް ހިންގާނެ ވެރިކަމުގެ ސިޔާސަތެއްގެ ބޭނުމުގައެވެ. ފަހެ، މިއީ ހަގީގަތެވެ. އޭރު ދިވެހި ރައްޔިތުން، ރައީސް މައުމޫނު ބަލައިގަތް ގޮތެވެ. ކަންތައް މިހެންއޮތަސް، ވެރިކަމުގެ ބާރުގައި 28 އަހަރުވީ އިރުވެސް އަޒުހަރުގެ ގްރެޖުއޭޓުންނަށް ދެއްކިފައިވަނީ، ރައްޔިތުން ބައިބަޔަށް، އަޅާއި ބަހާލައިގެން ވެރިކަން ކުރުމުގެ އެންމެ ޖާހިލީ ވަށްތަރެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހަށް ވާންމިއުޅެނީ ކިހިނެއްތޯއެވެ؟

ފަހެ ދަންނާށެވެ! ދިވެހި ރާއްޖޭގެ ސިޔާސީ މުފައްކިރުންގެ ވިސްނުން މިދުވަސްވަރުގައި ހުއްޓިފައިވަނީ، އެއް އަމާޒަކަށެވެ. އެއް ޓާގެޓަކަށެވެ. ގާނޫނު އަސާސީގައި ލިޔުމަށް ނިންމާފައިވާ އިންތިގާލީ މަރްހަލާ، ނުވަތަ “އިންތިގާލީ ބާބު” އަސާސީގައި ލިޔެވިގެންދާނެ ގޮތަކާމެދުގައެވެ. 2008 ފެބްރުއަރީ 14 ވި ބުރާސްފަތި ދުވަހުއޮތް ބޮޑުމަޖިލީހުގެ 253 ވަނަ ޖަލްސާގައި ނެގުނު ވޯޓަކީ، ރާއްޖޭގެ ސިޔާސީ މަސްރަހަށް ވިސްނާކޮންމެ ދިވެހި ދަރިއަކު މުތޯލިއާކުރުން ލާޒިމުނަތީޖާ އެކެވެ. ދުވަހު ނޫސްތަކުން، ޚާއްސަކޮށް މިނިވަން ނޫހުން މިމައުލޫމާތުތައް ފުރިހަމަކޮށް ލިބޭނެކަމުގެ އުންމީދު ކުރަމެވެ. ހަމައިން ނެއްޓޭފަހަރު އަޔަސް، ގިނަފަހަރު އެނޫހަކީ، ރަނގަޅު އެއްޗެކެވެ. ގާނޫނު އަސާސީގެ “ރައީސުލް ޖުމްހޫރިއްޔާގެ ބާބު” ގެ 10 ވަނަ މާއްދާގެ (ދ) ބޭރުގައުމު ތަކަށާއި ބައިނަލް އަގްވާމީ ޖަމާއަތްތަކަށް، ސަފީރުން އައްޔަންކުރުމުގެ ބާރު، ރައީސުލް ޖުމްހޫރިއްޔާއަށް ޚާއްސަކޮށްފައި ބޭއްވުމުގެ މަގްސަދުގައި އެމާއްދާ ޑްރާފްޓް ކުރެވިފައި އޮތްގޮތްވަނީ ފެއިލްކޮށް ލާފައެވެ. މިއީ މިހާރުމިއޮތް ސަރުކާރު ރައީސް މައުމޫނުގެ އުމުރަށް ދެމެހެއްޓުމަށް ބޮޑުމަޖިލީހުގައި ސިޔާސީ އޮއިވަރު އޮތްގޮތެވެ. މިއަހަރުގެ ފަހުކޮޅުގައި އޮންނަރިޔާސީ އިންތިޚާބުގައި ބަދަލެއް ނާންނާނެކަމުގެ ޔަގީންކަން އެބޭފުޅުންގެ ހިތްތަކުގައި ވަޅުޖަހާފައި އޮތްވަރު މިއިނގެނީއެވެ. ބޭރުގައުމުތަކަށް ސަފީރުން އައްޔަން ކުރުމަކީ، ވަރަށް ބޮޑުގައުމީ މައްސަލައެކެވެ. މުޅި ރައްޔިތުންނާގުޅި، ލާމެހިފައިވާ، ރައްޔިތުންގެ މަސްލަހަތާ ސީދާކޮށް ގުޅިފައި އޮންނަ، ޢަމުދުން ދައުލަތަށް ޚާއްސަ ކުރެވިފައި އޮންނަން ޖެހޭނެ ވަރަށް މުހިންމު ކަމެކެވެ. ހަމައެކަނި ސަރުކާރާހަމައިން، ހުއްދަދެވޭ ވަރަށްވުރެ މާފުޅާކޮށް އޮންނަންޖެހޭ ކަމެކެވެ.