ބުމަރުން

ލޮބުވެތި ރައްޔިތުން ދަންނައެވެ!!
ރައްޔިތުންގެ މަޖިލިސް މިހާރުއޮތީ އެކުގައި އިންސާފުން ނެއްޓި ހައްގުން އެނބުރިގެންފައެވެ. އެނބުރޭ ބުމަރަކަށް ވެފައެވެ!!
ފަހެ، ހައްގާއި އިންސާފުން ނެއްޓި ޕާޓީވިޕްލައިނާ ޚިލާފުވެފައިވާ އެއްވެސް ބުމަރަކަށް އަނބުރާ ރައްޔިތުންގެ ވޯޓު ހައްގެއްނޫނެވެ. އެއީ ރައްޔިތުންނަށް ފުރަގަސްދީ އެނބުރިގެންފައިވާ މީހުންނެވެ. ބުމަރުންނެވެ. މުންހަރިފީންނެވެ. ހައްލަކީ އެއްވެސް ބުމަރަކަށް ވޯޓުނުދީ އެކަހެރިކުރުމެވެ. ބުމަރުންނަށް ރައްޔިތުންގެ ވޯޓުން ހޮވާ މަގާމުތައް ނުދިނުމެވެ!!

މުންކަރާތްތައް ދިފާއުކޮށް ގާނޫނުހަދުމަކީ އެންމެބޮޑު މުންކަރާތެވެ. މިފަދަ ބުމަރުންނަކީ މުޅިއުމުރަށް މަޖިލީހުގެ ތަޅުން ހަރާންކުރަން ޖެހޭ މީހުންނެވެ!!
ބުމަރުން މަޖިލީހުން ބޭރުކުރާށެވެ. ބުމަރުތަކަށް ނޫނެކޭ ބުނާށެވެ. މިނަން އެމީހުންނަށް ހަރުކުރާށެވެ. ބުމަރުންނަށް “ބުމަރޭ” ގޮވާށެވެ. ފެންނަތާކުން ފަލީހަތް ކުރާށެވެ!!
🇲🇻⚔️🇲🇻

Leave a Reply

Your email address will not be published. Required fields are marked *