ބޮޑުދޮގުތިޔަރީ

ރައްޔިތުން ސަމާލުކަމަށް!!
ރައީސްނަޝީދުގެ ބޮޑުދޮގުތިޔަރީ!!
އާދެ ދުނިޔެއަށް ފަތުރާއި ތައާރުފް ކުރެވުނު، ބޮޑުދޮގުތިޔަރީ އަކީ، ހިޓްލަރުގެ ފުރަތަމަ ޕްރޮޕެގެންޑާ މިނިސްޓަރު ޕޯލް ޖޯސެފް ގެބްލްސް އުފެއްދެވި މިތިޔަރީއެވެ!!
އެއީ މަށް ބޮޑުދޮގެއްހަދާއި އެދޮގު ތަކުރާރުކޮށް ފަތުރަމުން ގޮސް މީސްތަކުންގެ ހިތްތަކުގައި އެއީ ތެދެއްކަމަށް ގަބޫލު ކުރެވެންދެން އެކަން ތަކުރާރުކޮށް ފެތުރުމެވެ. ހެސްކިޔާފައި ރިޕީޓު ކުރުމެވެ. ހަފްލާތަކާއި ޖަލްސާތަކުގައި ޒީނަތަކަށް ހެދުމެވެ.
ދެން ފަހެ، އެދޮގު މެދުވެރިކޮށް ވެރިކަމުގެބާރު ނުވަތަ ސިޔާސީބާރު ދިފާއުކުރުމަށް ސިޔާސީ ގޮތުންނާއި އިގުތިސާދީ ގޮތުންނާއި މިލިޓަރީގޮތުން ނަތީޖާނެރެ ފައިދާނަގާ ދިފާއީ އައްޑަނައަކަށް ލޮބުވެތި މައުސޫމު ރައްޔިތުން ހަދާލުމެވެ!!

މިހާތަނަށް އެމްޑީޕީން ހޯދި ކާމިޔާބީއެއް ހޯދާފައި ވަނީ ރައީސްނަޝީދު ތައާރުފު ކުރައްވާފައި ބޮޑުދޮގު ތިޔަރީ ބޭނުންކޮށް ގެންނެވެ. ރައްޔިތުންނަށް އޮޅުވާލައި ގެންނެވެ. ނާޖާއިޒު ފައިދާ ނަގައިގެންނެވެ. މިއީ ހެޓިލަރު ގޮތަށް އޭނާގެ ސިޔާސީ އެޖެންޑާ ފެތުރުމުގެ ތިޔަރީއެވެ. ބޮޑުންގެ އާއިލާތަކުންނާއި ތޫނުފިލިޒުވާން ކުދިން ސިޔާސަތަށް ނެރެގެން މިއެޖެންޑާ ފެތުރުމުގެ މެޝިނަކަށް ހަދާލައެވެ!!
ލޮބުވެތި ރައްޔިތުންނޭވެ!!
ސިޔާސީ ދޮގުވެރިންގެ މިފަދަ ދޮގުތިޔަރީ ތަކުގައި އިތުރަށް ނުޖެހޭށެވެ. ތެދަށް ނޫނީ ތަބާނުވާށެވެ. އަމިއްލަ ސިޔާސީ މަގުސަދުތައް ހާސިލުކުރުމަށް އެފަދަ ބޮޑުދޮގު ހަދާ ސިޔާސީޣައްދާރުންނަށް ކެރިގެން ފާޅުގައި ނޫނެކޭ ބުނާށެވެ. ފެންނަ ކޮންމެތާކުން ފަލީހަތް ކުރާށެވެ. ކުލަބަދަލުކޮށްލައިގެން އާފެށުމަކުން އަލުން ނުތުމަކީ މިތިޔަރީ ދިރުވުގައި ގެންގުޅޭ މޮޅު ވަށްތަރެކެވެ. މިހާރު މިކަން ގަބޫލު ކުރެވޭ ވަރަށް ތަޖުރިބާ ކުރެވިއްޖެ އެވެ!!
ހިތްވަރުގަދަ، #ދިވެހިތަކުރުން ނޭވެ!! #ހަގީގީމިނިވަންކަން ހޯދުމުގެ ޖިހާދަށް ތައްޔާރުވާށެވެ. ފޫގަޅާށެވެ!!
🇲🇻⚔️🇲🇻

Leave a Reply

Your email address will not be published. Required fields are marked *