ޒުވާން އެމްބީއެސް ގެ ކެރުމާއި ހިތްވަރު

ދުނިޔޭގެ އެންމެ ބާރުގަދަ ދާރާސިންގު ހެދިގެން އުޅުއްވާ ރައީސް ޖޯބައިޑަން އެމެރިކާ ބަނޑަށް ޖެހިދާނެ ކަމުގެ ބަރުން އަރައިގަތުމުގެ ރޭވުންތަކުގެ ތެރެއިން، ތެލަށް ސަލާންޖަހުމަށް މެހުމާނެއް ގޮތުގައި ސައުދީ އަރަބިއްޔާ އަށް ވަޑައިގެން، އެ މަމްލަކަތުގެ ޒުވާން ރަސްގެފާނު، MBS އަށް މޮއްގަނޑު ދައްކާއި ސަލާންގަލާން ކުރެއްވިއެވެ!!
އެއަށް ފަހު، ދެގައުމުގެ ދެމެދުގައި ރަސްމީކޮށް ދެއްކެވުނު ވާހަކަތަކުގެ ތެރޭގައި، އެމްބީއެސް އަށް މުޚާތަބު ކުރައްވައި ބައިޑަން ވިދާލުވީ ސިއައިއޭ އިން ހިންގާފައިވާ ތެދު ތަހުގީގުރިޕޯޓުން އެނގޭ ގޮތުގައި ސައޫދީ ނޫސްވެރިޔާ ޖަމާލް ޚަޝައުގީ މަރާލި ގާތިލަކީ ރަސްގެފާނު އޭ [ބޮޑުމަސް ކުޑަމަހަށް ބިރުދައްކާއި ފަހާއި ކާލާ ގޮތަށް] ބިރުދެއްކުމުގެ ގޮތުން ވިދާޅުވިއެވެ!!

ދާރާސިންގު ބައިޑަންގެ މިވާހަކައަށް ރަސްގެފާނު ވަރަށް ކެރި ހުންނަވައިގެން ރައްދު ދެއްވިއެވެ. އެއްވެސް ޖެހިލުމނެއް ބިރެއް ނެތި ވިދާޅުވިއެވެ. ތިމަންނާ މީހަކު ނުމަރަމެވެ. އެމެރިކާ ރައްޔިތެއް ކަމުގައިވާ ނޫސްވެރިޔާ ޝީރީން އަބޫއާގިލާގެ ގަތުލާއި އަބޫޣުރައިބު ޖަލުގެ އިންސާނިއްޔަތައި ޚިލާފު ވަހުޝީ އަނިޔާތަކާއި މަރުތަކުގެ ފަސްމަންޒަރު ނިކަން ދެކޭށެވެ!!
ކަލޭމެންގެ އިމޭޖުވަނީ މުޅިދުނިޔޭގައި ޚަރާބުވެފައެވެ. ތިޔައީ ދުނިޔޭގެ ބޮޑެތި ޒާލުމްނެވެ. އަނިޔާވެރިންނެވެ. އަހަންނާއއި ޚަޝައުގީގެ ވާހަކަ ނުދައްކާށެވެ. ރަނގަޅު ވާނެއެވެ!!
ފަހެ ދަންނައެވެ!!
އަހުރެމެން ދިވެހިން ދިވެހިރާއްޖޭގެ ވެރިއަކަށް ބޭނުމީ ރާއްޖެއަށް އެކިގޮތްގޮތުން ބިރުދައްކާއި އަޅުވެތިކޮށްފައިވާ ހިންދުތުވާ އިންޑިއާގެ ކުރުމަތީގައި ސައުދީ މުހައްމަދު ބިން ސަލްމާނު ރަސްގެފާނު ގޮތަށް ކެރިގެން ބިރެއް ޖެހިލުމެއް ނެތި ބަސް ބުނަން ކެރޭ ވެރިއެކެވެ. ދިވެހިލޭ ހުރި ދަރިއެކެވެ!!
ޑިޕްލޮމެޓިކު ހަމަތައް ފަހަނައަޅާއި ގޮސްފައިހުރި ސަފީރު ކަލޭގެ ހާޒިރުކޮށް ދިވެހި ދުސްތޫރުގެ އަމުރުމައުރޫފު އޭނާގެ ކުރިމަތީގައި ހިންގަން ކެރޭ ރައީސެކެވެ. އަދި ރާއްޖެއަށް ބާލާފައި ތިބި ބިދޭސީ ލަޝްކަރު ފަހާލަން ކެރޭ ބަތޮލެކެވެ!!
މާޒީގައި ދިވެހިންނަށް ކެރުނު ގޮތަށް، އިސްނަގާއި ނުކުންނަން ކެރޭ ޒުވާން #ދިވެހިތަކުރުން ނޭވެ!!
ރާއްޖެއަށް ޣައްދާރުވެ ބިދޭސީ އަސްކަރީން ރާއްޖޭގެ ފަސްގަނޑުގައި އަސްކަރު ކުރުވި ސިޔާސީ ޣައްދާރުންނާއި އިންޑިއާގެ ނުފޫޒާއި ބާރު ފޯރުވަމުން ގެންދާ ސީދާބާރުތަކާއި ނުސީދާބާރުތައް ލޮބުވެތި ދިވެހި މިނިވަން ފަސްގަނޑުން ބޭރު ކުރުމަކީ ކުރިޔަށް އޮތް މާތް މަތިވެރި ޖިހާދެކެވެ!!
ދިވެހިންގެ ޖިހާދަށް ތައްޔާރުވާށެވެ. #ހަގީގީމިނިވަންކަން ލިބިގަތުމަށެވެ!!
ދިވެހިރާއްޖެ….ދިރިދެމިއޮންނާނެ!!
🇲🇻⚔️🇲🇻

Leave a Reply

Your email address will not be published. Required fields are marked *