ވެދާވޯ

ކުރީގެ އިލްމުވެރިން “ފަހުޒަމާނުގެ ދައްޖާލު ފިތުނައިގެ ތެރެއިން ވާރޭވެއްސާނޭ” ވިދާޅުވުމުން މީހުން މަލާމާތްކޮށް ހީހެދިއެވެ. އެހެނަސް މިހާރު ވެދާ ވޯ WEARTHER WAR “މޫސުމުގެހަނގުރާމަ” ދުނިޔޭގައި ދަނީ، ބޮޑެތި ސިޓީތަކާއި ކުދި ޖަޒީރާ ތަކުގައި ދުނިޔޭގެ ސިއްރު ދައުލަތް އިސްވެ އޮވެގެން ތަޖުރިބާ ކުރަމުންނެވެ!!

 
މިއީ ދުނިޔޭގެ އެންމެބޮޑު ހަނގުރާމަ އެވެ. މިހަނގުރާމަ ވަނީ މިހާރު ފެށިފައެވެ. ޗައިނާއަށް، ޕާކިސްތާނަށް، އަދި އިންޑިއާ އަށް ފާޅުގައި މިހަނގުރާމައިގެ އަސަރުތައް އެބަކުރެއެވެ. ބިރު އުފެދޭ ހިސާބަށް ބައެއް ސިޓީތަކާއި ޖަޒީރާތަކުގައި ފެން ބޮޑު ވެއެވެ!!
 
ޗައިނާ ސައިންސްވެރިން ބުނާ ގޮތުގައި އިންޑިވަރުގެ ސަރަހައްދެއް އެކުގައި ގިރާލާވަރަށް ވާރޭވެއްސުމުގެ ޓެކްނޮލެޖީ އެމީހުންގެ ލަޝްކަރުތަކުގައި އެބަހުއްޓެވެ!!
 
ބައެއް ސިޓީތަކާއި ރަށްތައް އާދަޔާޚިލާފަށް ފެންބޮޑުވެ އައްސޭރިފަށުގެ ރަށްތަކަށް މީސްތަކުންގެ ހިތްތަކުގައި ބިރު އުފެދޭ ވަރަށް އެބަ އުދައަރައެވެ. ކުދިބޮޑު ހުރިހާ އެއްޗެއް އޮއިވަރާ އެކު އެބަ ގިރާލައެވެ. ބަލަބަލާ ތިއްބައެވެ!!
 
ފަހެ، ސައެންސުގެ ރޮނގުން އިލްމީކުރިއެރުން މިހާހިސާބަށް ދިއުމަކީ ކުރީގެ ގައުމުތައް ނެތި ދިޔަގޮތަށް، ރަށްތައް ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވާން ފެށުމެވެ!!
 
ވިއެޓުނާމް ހަނގުރާމައިގެ ދުވަސްވަރު އެމެރިކާ ސިފައިން މައްޗަށް، ހަވާއަށް، ފަޒާއަށް، އުޑަށް އެތައްހާސް ގުނައަކަށް ބާރުގަދަ ކެމިކަލް (ލޮނާއި ރިހި އެކުލެވޭ ވިހަ ތާސީރެ) އެއް، އެކުލެވޭ ވަޒަންތަކެއް، ވާރޭވެއްސުވާއި ވިއެޓުނާމު ސިފައިންގެ ލަޝްކަރަށް ދަތުރު ނުކުރެވޭ ވަރަށް ބިންގަނޑު ކިސަޑުކޮށް ޗަކަހައްދާއި ހަލާކުކޮށް ލުމުގެ ބޭނުމުގައި ފޮނުވާލާއި ވާރޭ ވެއްސުވިކަމަށް، ފިޒިކްސް އިލްމުގެ ފުންނާބު އުސް، މިހާރުގެ ސައިންސު ވެރިއެއް ކަމުގައިވާ މިޗިއޯ ކާކޫ ވަނީ އޭނާގެ އިލްމީ ހާމަކުރެއްވުން ތަކުގައި ބުނެދެއްވާފައެވެ!!
 
އާދޭހެވެ!!
 
އިންސާނުންގެ އިލްމީ މަސްނޫއީ ކަންކަމުން މިންޖުވުމަށް އޮތް ހަމަ އެކަނި މަގަކީ، ﷲއަށް ރުޖޫއަ ވުމެވެ. އަދި އަމިއްލަ ދީނާއި ފޮތާއި ގޮތުގައި އަޚުލާގުގައި ދެމި ތިބެ، ލޮބުވެތި ގައުމާއި ފަސްގަޑު ބިދޭސީ ބާރުތަކުން އާޒާދުކޮށް މިނިވަން ކަންމަތީ ތާއަބަދަށް ބޭއްވުމެވެ!!
 
އަދި، އަމިއްލަ ދަހިވެތިކަމާއި އެދުންތަކެއް ހާސިލުކުރުމުގެ ބޭނުމުގައި ޒަމާނުއްސުރެ އަޅުގަނޑުމެންގެ ކުޑަކުޑަ ދިވެހިރާއްޖެއާ ތޮޅެމުން އައި ހިންދުތުވާ އިންޑިއާއިން “ބޮޑުބަހާރަތު” އުފެއްދުމުގެ ފިކުރުގެ ދަށުން ރާއްޖެއަށް އަރާތިބި ހަތިޔާރުއެޅި ލަޝްކަރު ދިވެހިފަސްގަނޑުން ފަހާލެވިގެންނެވެ!!
 
އަދި، #އިންޑިއާއައުޓު ކޮށް #ހަގީގީމިނިވަންކަން ރާއްޖެއަށް ހޯދިގެންނެވެ. ލިބިގަނެވިގެންނެވެ!!
 
ދިވެހިރާއްޖެ….ދިރިދެމިއޮންނާނެ!!
 
#IndiaOut
 
#Expel_Indian_Ambassador
 
#DefendMaldives
 
🇲🇻⚔️🇲🇻

Leave a Reply

Your email address will not be published. Required fields are marked *