އެމެރިކާއިން ޕާކިސްތާނަށް ހަދަންބޭނުންވާ ގޮތް އިންޑިއާއިން ދިވެހިރާއްޖެއަށް ހަދަން ބޭނުންވެއެވެ!

ލޮބުވެތި ރައްޔިތުންނޭވެ!!
ރަނގަޅަށް ދަންނާށެވެ. މިވާގޮތްތައް ދަސްކުރާށެވެ!!
އެމެރިކާއިން ޕާކިސްތާނަށް ސިޔާސީއަވަ ލާފައި އޮންނަ ފަދައިން އިންޑިއާއިން ދިވެހިރާއްޖެއަށް ވަނީ ސިޔާސީއަވަ ލާފައެވެ!!
ރައީސް ނާސިރު އިންޑިއާ ވޯރާވެރި ތާޖަރުންތައް ފަހާލި ހިސާބުން އިންޑިއާގެ ރޭވުންތައް އިސްލާހުކޮށް އާބަދަލު ތަކަކައި އެކު އެމީހުންގެ ރޭވުންތައް ވަނީ، ހުއްޓުމެއްނެތި ކުރިޔަށް ގެންގޮސް ފައެވެ!!
މިހާރު މޮއޮތީ އެތެރެއިން ކުޅެ ރަނގަޅަށް އަވަލައި އެމީހުންގެ ބާރުތައް ދިވެހި ފަސްގަނޑަށް އަރާފައެވެ!!
އާދެ، އެމެރިކާގެ ފޮރިން ޕޮލިސީ ޕުރޮފިސަރެއް ކަމުގައިވާ ޑެނިއަލް މާރކޭ ލިޔުއްވި “ނޯ އެގްޒިޓު ފުރޮމް ޕާކިސްތާން، “No Exit From Pakistan” މިފޮތުގައި ބުނެފައި ވާގޮތުން ތިން ސަބަބަކާ ހެދި އެމެރިކާއަށް ޕާކިސްތާނު ދޫކޮށްލެވޭކަށް ނެތެވެ!!
ފަންސަވީސް އަހަރުވަންދެން މިފޮތްލިޔުމުގެ މަސައްކަތް މުސައްނިފު ކުރައްވާފައިވެއެވެ. އިންޑިއާ އާއި ޕާކިސްތާނުގައި މީނާ ގުލޯބަލް ޕޮލިސީތައް ދިރާސާ ކުރުމުގެ ނަމުގައި މަސައްކަތް ކުރެއްވިއެވެ!!
މިފޮތް ކިޔާލުމުން އެމެރިކާ އިން ޕާކިސްތާނުގައި ކުރަމުންދާ ކަންތަކާއި ރޯލައި މެދު އަންތަރީސްވެ އަޖައިބު ވާނެއެވެ. ޕާކިސްތާނުން ދުވަހަކު ވެސް އެމެރިކާއަށް އިތުބާރު ނުކުރާކަމަށް ލިޔުއްވައެވެ. ޕާކިސްތާނީންނަށް ވީހާގިނަ ފައިސާ ދިންވަރަކަށް އެމީހުން އެމެރިކާ އާ މެދު ނުރުހުންވެ ނަފުތަރުކުރުން ވަނީ އިތުރެވެ!!
މިކަން ރަނގަޅަށް ދަނެހުރެ އަހުރެން ބުނަން އޮތީ އަހުރެމެން އެމެރިކާއަށް ޕާކިސްތާނައި ދުރަށްދެވެން އެއްގޮތަކަށް ވެސް ނެތްކަމަށެވެ. އޭގައި ތިންސަބަބެއް ވެއެވެ. ފޮތުގައި ބުނެދީފައި އޮވެއެވެ!!
އެކެއް:
އެޓަމީހަރިޔާރާއި މިސައިލް އުފެއްދުމުގެ ޕުރޮގުރާމް ވަރުގަދަވެފައި ކުރިޔަށް ގެންދާލެއް ބިޔަކަމެވެ!!
ދޭއް:
ޗައިނާ އާއެކު ސިވިލް އަދި މިލިޓުރީ ގުޅުން މުޅިދުނިޔޭގައި އެންމެ ގަދައަށް ބަދަހިކޮށް ހިންގާ ގައުމަކީ ޕާކިސްތާނަށް ވުމާއި ޗައިނާއަށް ނަޒަރު ހިންގުމަށްޓަކައި ޕާކިސްތާނާ އެކު ގުޅުން ބޭއްވުމަކީ ހެސްކިޔާފަ ބޭނުންތެރި އެހާމެ މުހިންމު ކަމެކެވެ!!
ތިނެއް:
ޕާކިސްތާނު ސިފައިންގެ ހިއްވަރާއި ބުންވަރާއި ބާރަކީ ސަރަހައްދުގެ އިތުރަށް މުޅި ދުނިޔެއަށް ވެސް އަރާފާނެ ވަރުގަދަ ލަޝްކަރެކެވެ!!
މިތިން ނުކުތާގެ ބޭނުމުގައި ޕާކިސްތާނަށް ވަންނާހެ ގޮތްތައް ބުނެދީފައި ވެއެވެ. އަދި އެމަގުފަހި ކުރުމަށް އެތެރެއިން ކުޅޭނެ ގޮތާއި ޕާކިސްތާނު ބޮޑުން ގަނެލެވޭ ގޮތްތަކާއި ޕާކިސްތާނަށް ސަވާރު ވާނެ ގޮތްތައް ބުނެދީ އެއީ ދުނިޔޭގެ ސަލާމަތަށް މުހިންމު ކަމެއް ކަމުގައި ކިޔައިދެއެވެ!!
ލޮބުވެތި ރައްޔިތުންނޭވެ. ފަހެ ދަންނައެވެ!!
އަވަށްތެރި އިންޑިއާ އިން ވެސް ރާއްޖެއާ މެދު ގެންގުޅެނީ މި ވިސްނުމާއި ދާދިއެއް ނަޒަރިއްޔާއެކެވެ. އެއް ގޮތްތަކެކެވެ. ރާއްޖެ އަމިއްލަފައި މަތީގައި އޮވެ ތަރައްގީ ވެއްޖެނަމަ، ސަރަހައްދުގައި މާވަރުގަދައަށް ކުރިއަރާފައިވާ ގައުމަކަށް ވެދާނެއެވެ!!
ވީމާ ދިވެހިން އޮއްބާފައި ބޭތިއްބުމަކީ އިންޑިއާގެ އެންމެ ބޮޑު އަމާޒެވެ. ދިވެހި ސިފައިންގެ ބާރު ކަނޑުވާލާފައި އިންޑިއާގެ ގޮނޑިކޮއްކޮ ސަރުކާރެއް އަބަދު ވެސް ރާއްޖޭގައި ބޭއްވުމަކީ އެމީހުންގެ ޒަމާންވީ ދުރު ވިސްނުމެވެ!!
މިއަދު މިވަނީ އެތެރެއިން ކުރަމުން ގެންދިޔަ މަސައްކަތުން ގިނަބަޔަކު ގަނެލައިގެން އަވަށްޓެރި އިންޑިއާއިން އިންފޯޓުކޮށްފައިވާ ސަރުކާރެއް ގެނެސްފައެވެ!!
އިންޑިއާ ގޮނޑިކޮއްކޮ ޣައްދާރު ކޯލިޝަން ސަރުކާރު ފުނޑާލާއި #އިންޑިއާއައުޓު ކުރެވޭނީ ހަމަ އެކަނި ރައްޔިތުންނަށެވެ. ރައްޔިތުންގެ ބާރަށެވެ. ޕާކިސްތާނުގައި ބޮޑުވަޒީރު އިމްރާން ޚާން ރައްޔިތުންނަށް އެންމެން އެކުގައި ނުކުތުމަށް އެ ގޮވާލައްވަނީ އެ ނޫންގޮތަކަށް އެމެރިކާ ބޭރުކޮށް ލެވެން ނެތީމައެވެ. ހުރިހާ ބޮޑުން ގަނެލށާފައި ވާތީއެވެ!!
ރާއްޖޭގައި މިހާރު އެވަނީ މުދިންބެ ބަންގި ގޮވާފައެވެ. ދެން އޮތީ ރައްޔިތުން ނުކުމެ މިސްކިތާއި މަގުތައް ފުރާލުމެވެ. ނަމާދަށް ނުކުމެ ނަމާދު ކުރުމެވެ. އެކުގައި ޖަމާއަތް ހަދާއި ޣައްދާރުންނައި އެކު، އިންޑިއާ ބޭރު ކޮށްލުމަށް ތައްޔާރު ވާށެވެ!!
ފަސްނުޖެހި ނުކުންނާށެވެ. މިސްރާއި ތުރުކީގައި ރައްޔިތުން ނުކުތްގޮތަށް މަގުތައް ފުރާލުމުން ޣައްދާރުންނާއި އިންޑިއާ ފަހާލެވުނީއެވެ!!
🇲🇻⚔️🇲🇻

You and MD Mofazzel Hossain
1 Share

Leave a Reply

Your email address will not be published. Required fields are marked *