އިންޑިއާއައުޓު ކުރުމުގެ ޖިހާދަކީ ކުރަންޖެހޭ ޖިހާދެކެވެ!

މެދުއިރުމައްޗަށް އެމެރިކާއިން ގެނައި ރަބީއުމޫސުމަށް ފަހު، އޭޝިއާ ގައުމުތަކަށް ސިޔާސީގަނޫރޯޅިއެއް ސިފައިގައި ގެންނަމުން މިދަނީ ނުވިސްނައި ތިބެގެން ވާނެ ޚަރާބުކުރުމުގެ މޫސުމެއް ނޫނެވެ!!
އަޅުވެތިކަމުގެ އެންމެ ބޮޑު ފަސާދައެވެ. ހަންފެތުރުމުގެ ސިޔާސަތެވެ. ދިވެހިރާއްޖެއަށް ވަނީ އެފަސާދަ އަރާފައެވެ. އަބަދު ވެސް ރާއްޖެއަކީ ކުޑަގައުމަކަށް ވާތީ، އެފަދަ ތަޖުރިބާ ކުރަން ފަށަނީ ރާއްޖެއިންނެވެ!!

މެދުއިރުމައްޗަށް ރަބީއު ގެނައުމަށް ކުރީ ތަޖުރިބާ އަކީ ރައީސް ނަޝީދުގެ ވެރިކަން ގެނައުމެވެ. މިފަހަރުގެ ރަބީއަކީ ޗައިނާ އާއި ރަޝިއާ އިން ގެންގުޅޭ ދުނިޔެބިނާކުރުން ފަނާކޮށްލުމުގެ އޭޝިއާވީ މޫސުމެވެ. ޕާކިސްތާނުގައި އިތުބާރު ނެތްކަމުގެ ވޯޓެއް ގެނެސް ވެރިކަން ބަދަލު ކުރަން ފާޅުގައި އުޅެފިއެވެ!!
ސުރީލަންކާ އަށް މިތޫފާނުގެ އަސަރު ގަދައަށް ކޮށްފިއެވެ. އަދި އަނބުރާ މެދުއިރިމައްޗާ ދިމާއަށް މިތޫފާނު ވަނީ ފޯރުވާފައެވެ. ޕާކިސްތާނާއި ސުރީލަންކާ ފަދައިން ސައޫދިއާ އާއި ޔޫއޭއީ އިން ޗައިނާގެ އިގުތިސާދީ ބެލްޓު އެންޑު ރޯޑު އިނިޝިއޭޓިވް އައި ގުޅުމުންނެވެ. އަދި އެމަގުން އެދުއިރުމަތީގެ ގިނަ ގައުމުތައް އެނބުރިގެން ހިނގައިދާނެ ކަމުގެ ބިރަށް ކުވައިތަށް މިތޫފާނު ވަނީ މިސްރާބު ޖަހާފައެވެ!!
މިކަމަށް އެކިނަންނަމުގައި އެމެރިކާގެ ކުޅަދާނަ ގީދަޅު މުވައްޒަފުން ހޮވައިގެން ކަނޑައަޅާފައި ތިބެއެވެ. އޭގެ ތެރޭގައި މިސަރަހައްދަށް ފާހަގަ ކުރެވިފައި ތިބޭ މީހުންގެ ތެރޭގައި އިސްކޮށް ފާހަގަކުރެވޭ މީހުންނަކީ، ޑޮނަލްޑު ލޫ އާއި ޚަލީލްޒާދާ އެވެ. މިމީހުންނަކީ ކަނޑިބަޑީގެ ހަނގުރާމައަކައި ނުލާއި ފައިސާއިން ކުޅެ އެތެރެއިން ރިޖީމްތައް ބަދަލުކޮށް ލުމުގެ ހުނަރުވެރި މޭސްތިރިންނެވެ!!
ސުރީލަންކާގެ ޚަރާބީއާއި ޕާކިސްތާނުގެ ޚަރާބީގެ އަޑީގައި ހުރީ ޑޯނަލްޑުލޫ އެވެ. މިގައުމުތަކަށް އިންޑިއާ އާއެލު މީނާ ވަނީ ދަތުރުތަކެއް ކުރައްވާފައެވެ!!
ޕާކިސްތާނު ފަދައިން ސުރީލަންކާ ގައި ވެސް ހިންގަމުން އެދަނީ ހަމައެއް ކަމެކެވެ. އަދި ކުވައިތަށް ފޯރާފައި އެވަނީ ހަމައެއް ޚަރާބު ކުރުމެވެ. ސީދާ ފަނާ ކުރުމެވެ. ފަހަތުގައި އޮތީ އެމެރިކާ އާއި އިސްރާއީލެވެ. ބޭނުމަކީ ކުރިއަރާއި ދުނިޔޭގެ ބާރަކަށް ވަމުންދާ ޗައިނާ ރަޝިޔާގެ އިގުތިސާދީ ގުޅުމުގެ ބާރު ހުއްޓުވާ ލުމެވެ!!
އިންޑިއާ އިން މެދުމިން ގަނޑެއްގައި ރަޝިއާއައި އެކު ވިޔަފާރި ކުރަމުން ދާއިރު ވެސް އެކުވެރި ބާރުވެރި އަތެއްގެ ގޮތުގައި ގެންގުޅެމުން އެދަނީ މާސިންގާބޮޑު ސަބަބެއް އޮވެގެންނެވެ. ޗައިނާ އާއެކު ހަނގުރާމަ ކުރެވޭނީ އިންޑިއާ ބޭނުންކޮށްގެން ކަމުގައިވާތީއެވެ!!
ޕާކިސްތާނާއި ލަންކާގައި ވެސް ބޭނުންވަނީ، މިމީހުންގެ ގޮނޑިކޮއްކޮ ސަރުކާރެއް ގައިމުކޮށްފައި ބާއްވާށެވެ. ރާއްޖޭގެ ވެރިކަން ބަދަލުކޮށްލި ގޮތަށް ފައިސާއަޅައިގެން ޕާކިސްތާނާއި ސްރީލަންކާގެ ވެރިކަމަށް އެމީހުންގެ ގޮނޑިކޮއްކޮ ސަރުކާރެއް ސަވާރުކުރާށެވެ!!
އިމްރާންޚާނުގެ ހިތްވަރުން އިތުބާރުނެއްކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށް ލުމުން ސުޕްރީމްކޯޓު މެދުވެރިކޮށް ވެސް، އެކިގޮތްގޮތުން އެބަލަނީ އެކަން ރުޖޫއަކޮށްލެވޭތޯއެވެ. އަނބުރާލެވޭތޯއެވެ. ޕާކިސްތާނުގެ ސިފައިންގެ ޗީފައި ޚަލީލްޒާދާ ބައްދަލު ކުރައްވައިފިއެވެ. އަދިމޕާކިސްތާނުގައި އިމްރާނުޚަނަށް އިތުބާރުނެތްކަމުގެ މައްސަލަ އެޖެންޑާކުރި އިރު ޑޮނަލްޑުލޫ ހުންނެވީ އިންޑިއާގައެވެ!!
ތައްޔާރުވެ ހުންނެވި ޕާކިސްތާނަސް އާބޮޑުވަޒީރު ސަވާރުވުމުން ކުރަންޖެހޭ މުހިންމު ކަންކަން ކުރައްވާށެވެ. އެހެނަސް އެދުވަހު އިމްރާނުޚާން ކުޅުއްވި ކުޅިއަކުން އާސަރުކާރަށް އާދެވޭގޮތެއް ނުވިއެވެ. އެނބުރިދާން ޖެހުނީ އާ އިންތިޚާބަކައި ދިމާއަށެވެ!!
ފަހެ، ދަންނައެވެ!!
މިކަން ބިނާވެފައި އޮތީ ރިޖީމްބަދަލުކޮށްލާއި އިދިކޮޅަށް ވެރިކަން ހޯދައިދިނުމާ ހަމައަށް އެކަންޏެއް ނޫނެވެ. އޭގެ ފަހަތުގައި މާބޮޑެތި ސިއްރުތައް އެކުލެވިފައި އެބަހުއްޓެވެ. ރާއްޖޭގެ ޣައްދާރު ސަރުކާރުން ބުނަމުންގެންދާ ގޮތަށް ޕާކިސްތާނުގެ އިދިކޮޅުގައި ތިބި ބޮޑެތި ޣައްދާރުން ވެސް ބުނަމުން ދަނީ ހަމަ އެކައްޗެކެވެ. ކިޔަނީ އެއްރިވާޔަތެކެވެ!!
ބޮޑުބާރެއް އަހަރުމެން ފަހަތުގައި ނެތި އަހުރެމެން “ސަލާންޖަހާ ފަގީރުންނަށް ސާހިބުންނަކަށް ނުވެވޭނެ” އެވެ. ވަރަށް ހެއްވައެވެ. އެމީހުންދޭ ވެންޓިލޭޓަރުތަކުގެ އެހީގައި ނޭވާލައިގެން ނޫނީ ދިރި ނުތިބެވޭނެއެވެ. އެމީހުންދޭ ބިހާއި ފިޔާއަލުވި ކޮޅު ނުލިބޭނަމަ ފުރާނަމުއްތި ނުވާނެއެވެ!!
ހަމަ މިރާގަށް ޕާކިސްތާނުގައި ނަވާޒުޝަރީފު ޕާޓީންނާއި ބުއްޓޫޕާޓީން ރައްޔިތުންނަށް ބުނެދެމުން ދަނީ ހަމަ މިވާހަކަތަކެވެ. ކިޔައި ދެމުންދަނީ މިރިވާޔަތްތަކެވެ. ޖަހަމުންދަނީ މިލަވައެވެ. ރާއްޖޭގެ ޣައްދާރު ކޯލިޝަން މާފިއާއިން ރައްޔިތުންނަށް ހުތްލައިދޭ ރިވާޔަތްތަކައި ހަމަހިލާ އެއްވެސް ތަފާތެއް ނެތެވެ. އެއްފަސާނާއެކެވެ!!
ހަމަ ކަށަވަރުން ސާފުކޮށް އެނގޭއެއްޗަކީ، އަރައިގެން މިއުޅޭ ސިޔާސީ ނަގޫރޯޅިއަކީ އެމެރިކާ އާއި އިސްރާއީލާއި ނޭޓޯއިން އީޖާދުކޮށް ގެން އުޅޭ ރޯޅިއެއްކަމެވެ. ޚަރާބީއެއް ކަމެވެ. މިއަވާގައި ޖެހިފައި ތިބޭ ޣައްދާރުން ރައްޔިތުންގެ ހިތްތަކަށް ވައްދައިދޭނީ މިބާވަތުގެ ރިވާޔަތްތަކެވެ. ފަސާނާތަކެވެ. ފޮރުވިފައި އޮތީ ފަނާކުރުމެވެ. ބިނާކުރުމެއް ނޫނެވެ!!
ޗައިނާ އާއި ރަޝިޔާ މާކުރިން މިކަން ދަނެ އިސްނަގައި ފަށާފައި ވަނީ ގުޅިގެން ދުނިޔެ ބިނާކުރުމެވެ. އެއީ “ބީއާރުއައި” ބެލްޓު އެންޑުރޯޑު އިސްނެގުމެވެ އެއީ ބިނާކުރުމެވެ. ފަނާކުރުމެއް ނޫނެވެ!!
އަޅުވެތިކަމުގެ ފަސާނާ، މިރިވާޔަތް ތަކުގައި ރައްޔިތުން ރީތިކޮށް ޣަރަގުކޮށް ޖެއްސުމަށް ފަހު، ވެރިކަމަށް ގޮނޑިކޮއްކޮއެއް ގެނެސް ސަވާރު ކުރާނެއެވެ. ދެން ވޯލްޑުބޭންކާއި އައިއެމްއެފާއި އިންޓަނެޝެނަލް މުޖުތަމުގެ އެކިޖަމާއަތްތައް ލައްވާ ގައުމު ކުރިއަރުވާއި ޚިދުމަތް ދިނުމުގެ ނަމުގައި އިއާދަ ނުކުރެވޭ ވަރަށް ގައުމު ދަރުވާލާނެއެވެ!!
ހެސްކިޔާފަ ފަގީރުކޮށްލާނެއެވެ. ދައުލަތުގެ ބޮޑެތި އިމާރަތްތަކާއި އަގުހުރި އެސެޓުތައް ރަހުނު ކުރުވާނެއެވެ. އަދި ސިފައިންގެ ބާރު ކަނޑުވާލާއި އަމިއްލަފައިސާގެ އަގުވައްޓާލާއި ރައްޔިތުން ބަޑަށް ޖައްސާލުމަށް ފަހު، އެމީހުންގެ މަގުސަދުތައް ހާސިލުކުރުމުގެ މަގުކޮށާނެއެވެ!!
ދެން އެހާލަތުން އަރައިގަތުމަށް ކޮށްދޭ ކަންތައްތަކުގައި ގައުމުގެ މުސްތަގިއްލުކަމާއި މިނިވަންކަމުގެ ބާރު ގެއްލުވާލާނެއެވެ. ޕާކިސްތާނުގައި ނަމަ، އެޓަމީ ޕުރޮގުރާމުގައި ހުރި ނިއުކުލިހަތިޔާރަށް ޔުކުރޭނުގައި، 2014 ގައި ހެދިގޮތަށް ހަދާފައި ފައިނޭންޝަލް އެހީތަކާއި ލޯނުތައް ރީތިނަންނަމުގައި ދީ ގައުމު ތަރައްގީކޮށް ދޭނަމޭ ބުނެ އެސެޓުތަކާއި އެހަތިޔާރުރައް ފަނާކޮށް ނައްތާލާނެއެވެ!!
ފަހެ، ދަންނައެވެ!!
އެމީހުންގެ މަގުސަދު ހާސިލު ކުރަނީ މިފަދަ އެތައް ގެއްލުންތަކެއް މުސްލިމް ދައުލަތްތަކަށް ދިނުމާ އެކުގައި ފަނާކޮށްލާފައެވެ. އިއާދަވާން ގަރުނެއް ނަގާނެއެވެ!!
ހުރިހާ ވެސް ބޭނުމަކާއި އަމާޒަކީ މިނިވަން ގައުމުތައް އަޅުވެތިކޮށް އެމީހުންގެ ދަށުލާފައި ބޭތިއްބުމެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ މީސްތަކުން މުއްސަނދިވެ ކުރިއަރާއި ތަރައްގީ ވިޔަ ނުދިނުމެވެ. ރާއްޖެއަށް ވެސް އިންޑިއާ ލައްވާ ޖައްސާފައި މިވަނީ އެހާލަތެވެ!!
ވީމާ އަވަށްޓެރި އިންޑިއާގެ ޒަމާނީ އަޅުވެތިކަމުން ދިވެހިންނާއި ދިވެހިރާއްޖެ މިނިވަންވާޖެހެއެވެ. އެކަން ކުރެވޭނީ ރައްޔިތު އެންމެން ނުކުމެ #އިންޑިއާއައުޓު ކޮށްގެންނެވެ!!
🇲🇻⚔️🇲🇻

Leave a Reply

Your email address will not be published. Required fields are marked *