އެމެރިކާއަށް ޗައިނާގެ ފުރަތަމަ އިންޒާރު!

ލިޔުނި 2021 ގައި
އިލްޔާސް ހުސައިން އިބުރާހީމް
އެމެރިކާގެ ސްޓޭޓުޑިޕާޓުމެންޓުގެ ސްޕޯކުސްޕާސަން ނެޑުޕުރައިސް ދެއްވި ބަޔާނަކުން ޗައިނާ ވަރަށް ހޫނު ޖަވާބެއް ރައްދުގައި ދީފިއެވެ.
ނެޑުގެ ބުނެފައިވަނީ، ޗައިނާގެ ސިންޖިއާންގުގެ ޔުވީޣޫރު ދަރިކޮޅު މުސްލިމުންގެ ނަސްލުނައްތާލުމުގެ ޖަރީމާތައް ޗައިނާއިން ހިންގަމުންދާތީ، އިންސާނީ ހައްގުތަކުގެ ރެކޯޑުހުރީ އިންތިހާ ދަށުދަރަޖައަށް ވެއްޓިފައެވެ. އަދި މިހާތަނަށް އެކުޅިވަރުތަކުގައި އެމެރިކާއިން ބައިވެރިވާނެކަން އަންގާފައެއް ނެތެވެ.
އެހެންވެ، 2022 ގައި ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވިންޓާ އޮލިންޕިކްސް ކުޅިވަރުތަކުގައި އެމެރިކާ އާއި އެމެރިކާގެ ބައިވެރިންނައި އެކުގައި، ބޮއިކޮޓުކުރުމަށް ވިސްނަމުންދާ ކަމަށެވެ.

ދުނިޔޭގެ ގިނަގައުމުތަކުން ބައިވެރިވާ މިފަދަ ކަންކަމަކީ، ޗައިނާއިން އެމީހުންގެ ފަހުގެ ހުނަރުތަކާއި ޒަމާނީ ކުރިއެރުންތަކުގެ އުކުޅުތައް ދައްކާލުމަށް އަބަދުވެސް ދެކެމުންދާ ހުވަފެނެވެ.
ޗައިނާގައި މިފަދަ ކުޅިވަރެއް އަދިބޭއްވިފައި ވަނީ އެންމެފަހަރަކު އެވެ. އެއީވެސް ފިނިމޫސުމުގެ އޮލިންޕިކު ކުޅިވަރެވެ. އެފަހަރު ވެސް ދުނިޔެ ހައިރާންކޮށްލި ހުނަރުތަކާއި އުކުޅުތައް ޗައިނާއިން ދައްކާލިއެވެ.
ވީމާ، އަދުގެ ޗައިނާ މިފަހަރު އޮންނާނީ އެތައް ގުނައެއް ކުރީގައިކަން އެމެރިކާއިން ރަނގަޅަށް ދަނެއެވެ. މިއީ ބަލަން އޮންނަން، އެމެރިކާއަށް މާފަސޭހަ މަންޒަރެއް ނޫނެވެ. ހޫނުމޫސުމެގެ އޮލިމްޕިކުސް ކުޅިވަރު ބޭއްވުމުގެ ފުރުސަތު މިހާތަނަށް ޗައިނާއަށް ލިބިފައެއް ނެތެވެ.
އެމެރިކާގެ އިންޒާރީ މިވާހަކަ ތަކަށް ޗައިނާގެ ފޮރިން މިނިސްޓުރީއިން ރައްދު ދިނީ ވަރަށް ހޫނުކޮށް ވަރަށް ނުރައްތެރި ސިފައެއްގައެވެ. ބާރާއި ނުފޫޒު ބޭނުންކޮށްގެން ބޮޑެތިޖަރީމާތައް ހިންގައި ތަންފީޒުކުރާ ގައުމެއްގެ ގޮތުގައި ދުނިޔެއަށް ހެއްކާއެކު ބިނެދެމުންނެވެ.
ފަހެ، މިހާރުގެ ޗައިނާއަކީ ކުރިންމަޑުން އޮތްގޮތައް ކޮންމެކަމެއް ވެސް ހެޔޮކަމަށް ދޫކޮށްލައިގެން އޮންނާނެ ގައުމެއްނޫނެވެ. މިހާރުގެ ޗައިނާއަކީ، އަސްލުޗައިނާ ދައްކާލުމަށް ތައްޔާރުވެފައިވާ އެންމެ ބާރުގަދަ ކުޅަދާނަ ކަމުގެ އަހުލުވެރި ގައުމެކެވެ. މިއަދު ޗައިނާއިން ވަނީ، ފުރިހަމަ އިގުތިސާދަކައި އެކު، އަމިއްލަ ފައިމައްޗަށް ތެދުވެ ހިންދަމާލާފައެވެ.
އެމެރިކާއިން މިދިން އިންޒާރަކީ، ޗައިނާއިން ގަބޫލުކުރާ ވާހަކައެއް ނޫނެވެ. އަމުދުން ކުޅިވަރަކީ މިހާތަނަށް ދުނިޔޭގައި ބޮއިކޮޓުކުރެވޭފަދަ އެއްވުމެއް ނޫނެވެ. އެއީ އެންމެންނަށް ވެސް އެމީހެއްގެ ހުނަރު ދައްކާލުމަށް ލިބޭ ފުރުސަތެވެ. އެހެންވެ އެއީ ކުޅުންތެރިން ރުހޭނެކަމެއް ނޫނެވެ. އަމުދުން ގައުމަކުން ކޮށްފިނަމަ އެއީ އެކުޅުންތެރިންގެ މައްޗަށް ކުރެވޭ ބޭއިންސާފު އަނިޔާއެކެވެ.
އާދެ! އެހެންވެ ޗައިނާގެ ފޮރިންމިނިސްޓީން ދުނިޔެއަށް ހާމަކޮށްދީފައި ވަނީ، އެމެރިކާއިން މިހާތަނަށް ހިންގާފައިވާ އެންމެބޮޑު ނުލަފާ ފަސްޖަރީމާ އެވެ. އެއީ ވަރަށް ބޮޑުތެދެކެވެ. ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ.
އެފަސްޖަރީމާ ކުރުކޮށް ބުނެލާނަމެވެ.
މިއީ ކުރީގެ ސޯވިއެޓުޔުނިއަން ނަގާފައި މިހާތަނަށް އެމިރިކާއަށް ގައުމަކުންދޭ އެންމެ ވަރުގަދަ، ދޫނުކުރުމުގެ އިންޒާރީ ބަސްތަކެވެ. ކެރިގެން އެމެރިކާއައި ދެކޮޅަށް މިފެންވަރުގައި ގައުމަކުން އަނގަހުޅުވާލި މިއީފުރަތަމަ ފަހަރެވެ.
އެމެރިކާއިން ބައިނަލް އަގުވާމީ އުސޫލުތަކައި ޚިލާފަށް ދުނިޔޭގައި ހިންގާ މާސިންގާ ފަސްޖަރީމާ:-
***އެކެއް:
ކޮލަމްބަސް އެމެރިކާ ހޯދުމަށް ފަހު ހިނގި ފުރަތަމަ ގަރުނުގައި އައު އާބާދީ ނިޒާމް ގައިމުކުރުމަށޭ ކިޔާފައި އެމެރިކާގައި ވަރަށް ފުޅާދާއިރާއެއްގައި އެބިމުގެ އަސްލު އަހުލުވެރިންނަށް އަނިޔާކޮށް ގަތުލުއާންމުތައް ހިންގާފައިވެއެވެ.
އަސްލު އެމެރިކާގެ ރަށް ވެހިން ކަމުގައިވާ އިންޑިއަންސް ނުވަތަ ރެޑުއިންޑިއަންސް ދަރިކޮޅު އެކީގައި ހެން ކަތިލާއި އެ ނަސްލު ނައްތާލުމުގެ އެތައް އެތައް އަނިޔާވެރި ވަހުޝީ ޖަރީމާތަކެއް އެމެރިކާއިން ހިންގިއެވެ.
އޭގެ ތެރޭގައި އެކިޒާތުގެ ކުދިބޮޑެތި އަނިޔާތައް އެމީހުންނަށް ކުރިއެވެ. ފިރިހެނުން އަޅުންނަށް ހަދާއި އަންހެނުން ޖާރިޔާއިންނަށް ހަދައިގެން ގެންގުޅެ ކުދިއަނިޔާދީ މަރާހެދިއެވެ.
ކޮލަމްބަސް ދަތުރުކޮށް ހޯދި ގައުމެއް ކަމުގައި ބުނެވުނަސް އެބައްރަކީ، އާދެ، ފަސްގަނޑަކީ މާކުރިންސުރެ އާބާދުވެފައިވާ އިންސާނީ ދަރިކޮޅެއް ދިރިއުޅެމުން ގެންދިޔަ ތަރޯތާޒާކަން އޮތް ފަސްގަނޑެކެވެ.
ކޮލަމްބަސްގެ ބަސްތަކަށް ބަލާއިރު އޭނާ އެރަށަށް، އޭނާގެ ނަވުގައި ކައިރިވާން ފެށުމުން ޖިސްމުގައި ބުރަސޫރަ ހުރި ރީތި ފުރިހަމަ އިސްކޮޅެއްގައި ތިބި ދުޅަހެޔޮ ސިއްހަތެއް ލިބިފައިވާ ގިނަބަޔަކު އަތިރިމައްޗަށް ނުކުމެ އެއްބަޔަކު މޫދަށް އެރިތިބެ ހަދިޔާތައް ފަދަތަކެތި ހިފައިގެން އިސްތިގުބާލަށް އައިސް ތިއްބެވެ.
ހަދިޔާގެ ގޮތުގައި ދޫނިސޫފާ ސޫތްޕާއި އޭގެ ފަތުންހަދާފައިވާ ގަހަނާއާއި ބައެއް މައުދަނުގެގަހަނާފަދަ ސާމާނު ހަދިޔާއަށް ގެނެސްފައި ހުއްޓެވެ.
އާދެ، އެއީ އެއްގޮތަކަށް ވެސް ހަނގުރާމަތީ ހަތިޔާރު ނުގެންނުޅޭ ބައެއް ނޫނެވެ. އެހެނަސް ގަސްގަހާއި ގެއްސާއި ޖަނަވާރުން އާލާކޮށް ގެންގުޅޭ ބައެކެވެ. އެޖަނަވާރުތަކުގެ ހަމުންނާއި ފަތްތަކުންނާއި ކެހެރިން އެކިސިފަސިފައިގައި ޒީނަޔްޔެރިވެގެން ތިބޭ ރީތިމާތް އަޚުލާގެއްގެ މަތިވެރި ބައެކެވެ.
ހަށިގަނޑުން ވަރުގަދަ މަސައްކަތަށް އެހާމެ މުރާލި ކުޅަދާނަ ބުންވަރު ހުރި ހަކަތަ ރަނގަޅު ރީތި ބައެކެވެ. ޝިކާރަވެރި އަދި ދަނޑުވެރިކަންކޮށް އުޅޭ ބައެކެވެ. އަމިއްލަ ސަގާފަތެއްގެ އަހުލުވެރި ބައެކެވެ.
މިމަންޒަރުތައް ފެނިފައި ކޮލަމްބަސް އުފަލުން އެނބުރި އޭނާގެރަށް ސްޕޭއިނަށް ގޮސް، ސްޕޭނުގެ ރާނީ އަރިހުގައި މިވާހަކަތައް ދަންނަވައިފިއެވެ. ދެން އޭނާ އެނބުރި އޭނާހޯދި ބައްރަށް އައީ، ސްޕޭނުގެ އެންމެ ނުލަފާ ޒާތުބެ ހަރުބީ ހަނގުރާމަވެރި، އަދި ޖިނާއީކުށްތައް ކުރުމަށް އަހުލުވެވެރިވެފައިވާ، ބާރަހާސް މީހުން ގޮވައިގެން ސަތާރަ ނަވުގައެވެ.
ދެން ފަހެ، އެފަސްގަނޑަށް އަލުންއަރައި މިދެންނެވި ހުރިހާ ޖަރީމާތަކެއް ހިންގައި އެފަސްގަނޑަށް ވެރިވެ އެމެރިކާއޭ މިކިޔާ ގައުމު ބިނާކޮށް އުފެއްއެވެ. މިއަދު އެއީ ދުނިޔޭގެ އެންމެވަރުގަދަ ބާރެވެ.
އާދެ! މިއީ މިހާރުގެ އެފެންނަ އެމެރިކާ އެމީހުން އުފައްދާއި ބިނާކުރިގޮތެވެ. އަސްލުގައި މިބައްރަށް ވެރިވި އެންމެންނަކީ ޔޫރަޕު މީހުންނެވެ. މިމީހުންނަކީ، އެފަސްގަނޑަށާއި އެފަސްގަނޑުގެ އަހުލުވެރިންނަށް ހެސްކިޔާފައި އަނިޔާވެރިވެ ގަދަކަމުން އެބިމަށް ވެރިވި ބައެކެވެ.
އާދެ! އެދުވަހުން ފެށިގެން އެމެރިކާ ހޯދި ކޮލަމްބަސްޓީމުގެ މަގުސަދާއި ވިސްނުމަކީ، އެވެރިންގެ ބޭނުންހިފައިގެން އެފަސްގަނޑު އިތުރަށް އާބާދު ކުރުމަށް ފަހު، އެވެރިން އެކުގައި ނައްތާލާނެ ގޮތަކާމެދު ރޭވުންތަކެއް ރޭވުމެވެ. އެވެރިން އަތަށް ފުރަތަމަ ފަހަރަށް ކަނޑި ދިނުމުން އެތައް ބައެއްގެ އަތްތަންތަން ކަޑައިގެން ދިޔަކަމަށް ލިޔެފައިވެއެވެ.
މިއީ ކޮލަމްބަސް އެރުމުގެ ފަނަރަހާސް އަހަރު ކުރިން އެމެރިކާގައި ދިރިއުޅެމުން ގެންދިޔަ އިންސާނީ ދަރިކޮޅުގެ ނަސްލެކެވެ. އެމެރިކާ މީހުން ނައްތާލި ދަރިކޮޅެކެވެ. އެމެރިކާގެ ފުރަތަމަ ފަނަރަ އަހަރު ތެރޭގައި ސާލީސްހާސް އިންޑިއަން ދަރިކޮޅުގެ މީހުންމަރާއި ހުސްކުރިވެ.
އާދެ ޗައިނާއިން މިތާނގައި އެބުނަނީ، އެވާހަކަ ތައެވެ.
ޗައިނާއިގެ ފޮރުންމިނިސްޓްރީން ބުނަނީ، އެފަސްގަނޑުގައި ދިރިއުޅެމުން ގެންދިޔަ ފަސްމިލިޔަނެއްހާ އިންޑިއަން ދަރިކޮޅުގެ އަސްލު އަހުލުވެރިން ފަނަރަވަނަ ގަރުނުން ފެށިގެން ގަތުލުކޮށް މަރަމުން އައިސް ވިހިވަނަ ގަރުނު އައިއިރު ދިރިތިބީ އެންމެ ދެލައްކަފަންސާސްހާސް މީހުނަށް މަދުކޮށްފައިވާ ކަމަށެވެ.
އަދި އެކިއެކި އުމްރާނީ މަސައްކަތްތައް ކުރުވުމަށް އެފުރިކާއިން އަޅުންގެ ގޮތުގައި ގެނައި ބަބުރުންނަށް ފުރިހަމަ ހައްގުތައް ނުދީ އެންމެދަށު ދަރަޖައިގެ އަޅުންނަށް ހަދައިގެން އެމީހުންގެ އާންމު ޚިދުމަތުގައި ގެންގުޅުނެވެ. މިއީ އެމެރިކާގައި އިންސާނިއްޔަތަށް އަރައިގަނެފައިވާ މިންވަރެވެ. ދަރަޖައެވެ.
***ދޭއް:
ތަފާތު ކުރުމާއި ރޭސިޒަމް އާއި ނަސްލަށް އަލުކަން ކުރުމުގެ ގޮތުން އެމެރިކާގެ އެހެން ނަސްލުތަކަށް އެމެރިކާއިން ދެމުންގެންދާ ބޮޑެތި އަނިޔާއެވެ. 1965 އައި ހަމައަށް އެފުރިކާ ނަސްލު އެމެރިކާ ދަރިކޮޅަށް ބޮޑެތިތަފާތު ކުރުންތަކެއް ފާޅުގައި ހުރިހާދާއިރާއެއްގައި ގެންގުޅެފައިވެވެ.
އަދި އެފުރިކާއާއި އޭޝިއާ ދަރިކޮޅުގެ އެމެރިކާ މީހުންނަށް ވަމުންދާ ނަފުރަތާއި ހޭޓު ކުރައިމުސްގެ އަދަދު، 150 ޕަސަންޓު އިތުރުވެފައިވާ ކަމަށް ޔޫއެންކަމާބެހޭ ކޮމެޓިއިން ބުނެފައިވެއެވެ.
މިއަދު ވެސް އެމެރިކާ ތެރޭގައި ކަޅުނަސްލާއި އޭޝިޔާ ނަސްލުގެ މީހުންނަށް ނަފުރަތާއި ރުޅިވެރި ކަމުގެ މިފަދަ ކަންކަމައި ކުރިމަތިލާން ޖެހެނީ މަދެއްކޮށެއް ނޫނެވެ. ދާދިފަހުންވެސް ކަޅު މީހަކު މަރާލައިގެން އެމަރާ ގުޅިގެން ބައިވަރު ކަންތައް އެމެރުކާގައި ފެނިފައިވެއެވެ.
***ތިނެއް:
އެހެންގައުމުތަކުގެ ސަލާމަތާއިއަމާންކަން ރާވައިގެން ނަގާލުމަށް ތަކުރާރުކޮށް ހިންގާ ޖަރީމާތަކުގެ ވާހަކައެވެ. 2001 އިން ފެށިގެން މިހާތަނަށް އަށްޑިހަ ގައުމެއްގައި އެންޓިޓެރަރިޒަމްގެ ނަމުގައި ހިންގި ހަނގުރާމައިގެ ތެރޭގައި އަށްޑިހަ ހާސް ފުރާނަ ވަނީ ނެތިކޮށް ލާފައެވެ.
މީގެ ތެރޭގައި ތިންލައްކަތިރީސް ހާސް ކުށެއްނެތް މައުސޫމު ސިވިލިއަނުން، ރަށްވެހިން ހިމެނެއެވެ. އަރަބިރަބީއުގެ ނަމުގައި އެތައްފަސާދައެއް އަރަބި އެތައްގައުމެއްގެ އެތެރޭގައި ރާވައިގެން ހިންގާއި އެތައް ރައްޔިތުންނެއް ވަނީ، މަރުވެ އަނެއްބަޔަކު މުހާޖިރުންނަށް ހަދާފައެވެ. އެތައް އާއިލާތަކެއް ބިކަކޮށްލާފައެވެ. ބަޣުދާދު ފަދަ ދިރިދިރިއޮތް ކުރިއަރަމުންދިޔަ ވެރިރަށްތައް ސުންނާފަތި ކޮށްލާފައެވެ. އަރަބި އެތައް ގައުމެއް ހަލާކުކޮށް ފުނޑުފުނޑުކޮށް ލާފައެވެ. ޖަރީމާއަކީ މިއީއެވެ.
***ހަތަރެއް:
އެހެންގައުމުތަކުގެ އެތެރެއަށް ދާޚިލީގޮތުން ވަދެގަތުމެވެ. ޔޫއެންގެ އާންމު އުސޫލުތަކުން އެހެންގައުމެއްގެ އެތެރޭގެ ކަމަކާ އެހެން ގައުމަކުން ނުބެހެވޭނެއެވެ. އެހެނަސް އެމެރިކާއިން ދަނީ އެހެން ގައުމުތަކުގެ ކަންކަމުގެ ތެރެއަށް އެކިއެކި އެއްބަސްވުންތައް އެމީހުންގެ އެޖެންޓުންލައްވައި ހަދުވައި ސޮއިކުރުވައިގެން ވަދެ، އެމީހުންގެ މަންފާއަށް ބާރުގެ ބޭނުން ކުރަމުންނެވެ.
އަދި، ދަތިކުރުމުގެ ފިޔަވަޅު އަލަމުންނެވެ. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހއްދަށް ވެސް ހުއްދައެއްނެތި ވަނީ ވަދެ ބޮޑެތި ޖަރީމާތައް ހިންގާފައެވެ. ކަނޑުގެ އަޑީގައި ހުރިއްޔާ ހުރިޚަޒާނާތަކަކާއި ގުދުރަތީ މައުދަނުތައް ޖަމާވެފައި ހުރިތަންތަން ވަނީ ޗާޓުކުރަހައި ދިނުމުގެ ނަމުގައި ހޯދާއި ފާހަގަކޮށް ފައެވެ. އަސްލުގައި ޖަރީމާ ހިންގުމަކީ މއީ އެވެ.
***ފަހެއްއް:
އަމިއްލައަށް ހީރޯއަކަށް ހެދިގެން ރީތިވާހަކަ ދައްކައި އުޅޭއިރު އެތެރެއިން ޑަބަލްސްޓޭންޑަޑުކަން ގެންގުޅުމުގެ ބޮޑުޖަހީމާއެވެ. އެމެރިކާގައި ހެސްކިޔާފައި މުސްލިމުންނައި ދެކޮޅަށް އަނިޔާކުރަމުން ދަތިކުރަމުން ދާއިރު އެހެން ގައުމުތަކުގައި މުސްލިމު ރަށްވެހިންނަށް އަނިޔާ ކުރާވާހަކަ ބޮޑުކޮށްގެން ނަގައި ދަތިކުރުމުގެ ފިޔަވަޅު އަލާނެކަމުގެ އިންޒާރު ދިނުމެވެ.
ޗައިނާގެ ސިންޖިއާންގު މުސްލިމުންގެ ވާހަކަ ނަގަނަގައިގެން ފަތުރާއި ދަތިކުރުމުގެ ވާހަކަ ދެއްކާއި އިންޒާރު ދިނުމެވެ. ބޮއިކޮޓުކުރުމުގެ އިންޒާރު ދިނުމެވެ.
މިހުރީ ބޮޑެތިވެގެންވާ ޖަރީމާތަކެވެ. ޔޫއެންގެ ގަރާރުތަކައި ޚިލާފަށް އެމެރިކާއިން ހިންގަމުން ގެންދާ ބޮޑެތި މާސިންގާ ޖަރީމާތަކެވެ. އެންމެންނަށް ހަމަހަމަ އިންސާފު ނުދިނުމަކީ އެމެރިކާއިން ގެންގުޅޭ އެންމެ ބޮޑުޖަރީމާއެވެ.
ވީމާ މިމީހުންގެ ބައިވެރިޔާ އިންޑިޔާ ލައްވާ ދިވެހިރާއްޖޭގެ މުޅި ސަރަހައްދު ވެސް ވަނީ މިމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ. އިންޑިޔާއިން ބެހެއްޓިރާޑަރުތަކުގެ މިލްކުވެރިންނަކީ ހަގީގަތުގައި އެމެރިކާއެވެ.
ދިވެހިގައުމަށް ޣައްދާރުވެ އިންޑިޔާސިފައިންނަށް ދިވެހިފަސްގަނޑު ދޫކޮށްލި ދިވެހިޣައްދާރުންނަށް ނޫނެކޭ ފާޅުގައި ބުނާށެވެ.
ފަހެ، އެއީ އެންމެމަތީ ޖިހާދެވެ.
އެޖިހާދު ކުރެވެންހުރި ހުރިހާގޮތަކަށް އަމަލީގޮތުން ކުރާށެވެ.
ވޯޓަކީ އެންމެލުއި ހަތިޔާރެވެ!!
ބޭނުންހިއްޕަވާށެވެ!!
🇲🇻💪❤💪🇲🇻

Leave a Reply

Your email address will not be published. Required fields are marked *