ޖެޒްއޭޓުސް ޖަމާއަތަކީ ކޮބައިތޯ؟

ދެހާސް ތޭރައިގައި ރައީސް ނަޝީގު ޑެންމާކަށް ވަޑައިގެން، “ތެދުވެ ހަރަކާތްތެރި ވުމަށް” ގޮވާލެއްވި ޖެޒްއޭޓްސް (JESUITS) ޖަމާޢަތަކީ ކޮބައިތޯ؟

ރައީސް ނަޝީދު ދައްކަވާ މިބާވަތުގެ ވާހަކަފުޅު ތަކަކީ ދިވެހިން، އަދި ވަކިން ޚާއްސަކޮށް ދިވެހި ކިޔަވާކުދިން ވަރަށް ރަނގަޅަށް ދަނެދިރާސާ ކުރަންޖެހޭނެ ވާހަކަތަކެއްކަން ކަށަވަރެވެ. ސަބަބަކީ އެވާހަކަތަކުގެ އަޑީގައި ފޮރުވިފަހުންނަ ބައިވަރު ކަންކަން ވާތީއެވެ. ދިވެހީންގެ ޒަމާންވީ އިސްލާމް ދީނާއި ސަގާފަތް ނެތިކޮށްލާއި އާވައްތަރެއްގެ އެހެން ދީނެއް ދިވެހީންނަށް ދަސްކޮށްދީ، އެހެންރާއްޖެ އަކަށް އެމަނިކުފާނުގެ ވިސްނުންފުޅު އަމާޒުކޮށްފައިވާ ދުވަސްވަރެއްގައި އެމަނިކުފާނު ދައްކަވާ ވާހަކަފުޅުތަކުގެ ހުރިހާ މާނައެއް އެކުއެކީގައި ދަނެތިބުމަކީ ކޮންމެ ދިވެއްސަކަށް ވާޖިބުވެގެންވާ ކަމެކެވެ.

އާދެ! ޖެޒްއޭޓުންނަކީ، ދަސޮސައިޓީ އޮފް ޖީސަސް މިޖަމާޢަތުގެ މެންބަރުންނެވެ. ދަސޮސައިޓީ އޮފް ޖީސަސް އުފައްދާފައިވަނީ، 1534 އޮގަސްޓް 15 ގައި St Ignatius Loyola އެވެ ކިޔުނު ޢަސްކަރީ ފަހަތެއްއޮތް ބޭފުޅެކެވެ.

މީނާއަކީ، ސްޕެއިން ޢަސްކަރިއްޔާގައި މަސައްކަތްކުރެއްވި އަދި ހަނގުރާމަ ތަކުގައި އަމަލީ ގޮތުން ބައިވެރިވި އިލްމީ ފަންނުތަކަށް ހޭލުންތެރި ކުޅަދާނަ ސޯލްޖަރެކެވެ. ހަނގުރާމައެއްގައި މީނާގެ އެއްފައިގައި، ބޮޑުބަޑީގެ އުންޑައެއް ކަމުގައިވާ، ކެނަންބޯޅައަކުން ޖެހި ބޮޑެތި ޒަޚަމްތަކެއް ލިބިގެން އެފަރުވާގައި ގިނަ ދުވަސްތަކެއް ވަންދެން އޮތްދުވަސްވަރު މީނާ މުތާލިއާ ކުރަމުން ގެންދިޔައީ، ވިޓާ ކްރައިސްޓް (ލައިފް އޮފް ކްރައިސްޓް) މިފޮތެވެ.

މިފޮތަކީ، 1374 ގައި Ludolph of Saxony 1300 – 1378 (ލުޑޮލްފް) ލިޔުއްވާފައިވާ ކަލަކުވާކަމުގެ ސައިންސާ ބެހޭ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ފޮތެކެވެ.

އާދެ! މީނާ (St. Ignatius Loyola) މިފޮތް މުތާލިއާ ކުރައްވަމުން ގެންދެވި ދުވަސްވަރު ފިކުރީގޮތުން ރޫޙާނީ ތަޖްރިބާތަކެއް ކުރަމުން ގެންދިޔައެވެ. ނަފްސާނީ ތަމްރީނު ތަކެއް ހަދަމުން ދިޔައެވެ.

އަދި މިއީ ފިކުރީގޮތުން ސިކުޑިއަށް ދެވޭ ތަމްރީނުތަކެއް ކަމުގައި ދެކި، ސްޕިރިޗުއަލް އެކްސަސައިޒް ތަކެއް ފަރުމާކޮށް ކަރުދާހެއްގެ ސިފައިގާ ތަޙުރީރު ކުރެއްވިއެވެ. ސިކުނޑީގެ މިފަރުވާއަކީ، 4 ހަފްތާއަށް ބަހާލައިގެން، 28 ނުވަތަ، 30 ދުވަހުން ނިންމާލަންޖެހޭ ރޫޙާނީ ފަރުވާއެކެވެ. ތަމްރީނެކެވެ. ޒަމާނީ ގޮތަށް ދަންނަވަނީ ނަމަ، ރިޓްރީޓެކެވެ. ނުވަތަ މެޑިޓޭޝަނެކެވެ.

މިކަރުދާސް ފޮތެއްގެ ސިފައިގައި އެޕްރޫވް ކުރެއްވީ އޭރުގެ ޕޯޕް ޕޯލް 3 އެވެ. މިޕޯލްގެ ނަންފުޅަކީ، Alessandro Farnese އެވެ. ޕޯޕްކަމުގައި ހުންނެވީ، 1534 ން 1549 ށެވެ. ދުނިޔެއަށް އުފަންވީ، 1468 ފެބްރުއަރީ 29 ގައެވެ. އުމުރުން، 81 އަހަރުގައި އަވަހާރަވީ، 1549 ނޮވެމްބަރ 10 ގައެވެ. ކޮންމެއަކަސް މިޕޯޕްގެ އަރިހުގައި މީނާ ވެގެންދިޔައީ ވަރަށް ގަދަރު ކުރެވޭ އިސް ބޭފުޅަކަށެވެ.

އާދެ! މީނާގެ މިމަސައްކަތުގެ މައްޗަށް ބިނާކޮށް މީނާއާއެކު، ޔުނިވަރސިޓީ އޮފް ޕެރިސްގައި ކިޔަވަމުންދިޔަ، 6 މީހަކާ ގުޅި ހަތްމީހުން ވެގެން، ދަސޮސައިޓީ އޮފް ޖީސަސް ވުޖޫދަށް ގެނައެވެ.
ޕެރިސް ޔުނިވަރސިޓީއަކީ، 1150 ހުންފެށިގެން ހިނގަމުން ދިޔަ މުސްކުޅި ޔުނިވަރސިޓީއެކެވެ.

މިހާރު މިޖަމާޢަތުގައި ސައުވީސްހާސް ހަތަރުސަތޭކަ މެންބަރުން (ޖެޒްއޭޓްސް) ތިބެއެވެ. މިއަދާ ހަމައަށް، ހަކޮންޓިނެންޓުގެ، 112 ގައުމުގައި 1825 ގެއަށް ވަދެ، އަވަދިނެތި ހަރަކާތް ތެރިވަމުން ގޮސްފައި ވެއެވެ. މިވީ، 455 އަހަރު ތެރޭގައި މިޖަމާޢަތުގެ މީހުން ކަމުގައިވާ ޖެޒްއޭޓުން ވަނީ މަތީދަރަޖައިގެ ކާމިޔާބު ތަކެއް ހާސިލްކޮށްފައެވެ.

ދަސޮސައިޓީ އޮފް ޖީސަސް ހިންގަނީ، ރޯމްގައި ގާނޫނީ ބާރުތަކެއް ލިބިގެން، ރަސްމީ ބައްދަލުވުންތައް ގަވައިދުން ބާއްވަމުންނެވެ. މިވަގުތު އެންމެ އިސް ފާދަރ ޖެނެރަލް އަކަށް ހުންނެވީ، ސްޕެއިންގެ ބޭފުޅެއްކަމުގައިވާ، އެޑޮލްފް ނިކޮލަސް އެވެ. މީނާ މިއޮފިހާ ހަވާލުވެލެއްވީ، 2008 ޖެނުއަރީ 19 ގައެވެ. މިއީ މިޖަމާޢަތުގެ ތިރީސްވަނަ ރޫޙާނީބަފައެވެ. އެންމެ ފުރަތަމަ ފާދަރ ޖެނެރަލް އަކަށް ހުނެވީ ބާނީއެއް ކަމުގައި ބެލެވިފައިވާ، ލޮޔޯލާ އެވެ.

މިހިނދުގައި ދަންނަވާލަން އޮތީ، މިރާއްޖޭގައިވެސް މިޖަމާޢަތުގެ މެމްބަރުން އެކިނަންނަމުގައި ހަރަކާތްތެރި ވަމުންދާ ވާހަކައެވެ.

ވީމާ ރައީސް ނަޝީދު މިގޮވާލެއްވީ ބިރުވެރި ޖަމާޢަތަކަށް ދިވެހިރާއްޖޭގައި ތެދުވުމަށެވެ. އެހެންވުމުން އެހަރަކާތަކީ ފުދޭވަރެއްގެ ބިޔަފަންޑެއް ބޭރުދުނިޔެއިން ލިބިގެން އެކިއެކި ކަންކަމަށް މުޖުތަމައު ތެރޭގައި ޚިދުމަތްކުރާ ޖަމާއަތްތައް ނަމުގައި ފާޅުވާނެ ބައެކެވެ. ދިވެހިން ހޭލާތިބުން ވަރަށް މުހިންމެވެ.

ނިމުނީ.

Leave a Reply

Your email address will not be published. Required fields are marked *